ކައިވެނިކުރަން އުޅެން ފެށުމުން މާމަ ދިން އަގުބޮޑު ނަޞީޙަތެއް! ކޮންމެ އަންހެން ކުއްޖަކަށްވެސް ރަނަށްވުރެ އަގު ބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ކައިވެނިކުރަން އުޅެން ފެށުމުން މާމަ ދިން އަގުބޮޑު ނަޞީޙަތެއް! ކޮންމެ އަންހެން ކުއްޖަކަށްވެސް ރަނަށްވުރެ އަގު ބޮޑު!

"މާމަގެ ދެލޯ ފަދައިން ލޯބިވާ ދަރިފުޅާއެވެ!

ހަމައެކަނި ލޯބިވާތީ ކައިވެނިކުރުމަށް އަވަސްވެނުގަންނާށެވެ. މިއީ މާމަމެންގެ ޒަމާނެއް ނޫނެވެ. މިޒަމާނުގައި ކަންކަން މިވަނީ މާބޮޑަށް ބަދަލުވެފައެވެ. ޙަޤީޤަތަށް ބަލައިފިނަމަ ހަމައެކަނި ލޯބިވެގެން ކައިވެނިކުރެވުމުން މާމަމެންނަށްވެސް އެކަމުގެ ދެރަ ލިބުނެވެ. އެއީ އެޒަމާންކަމުން ދެރަ ލިބުނުވަރު ކުޑައީއެވެ.  

ދަރިފުޅާއެވެ! އަދި ތިއައުޅެނީ ކިޔަވައި ނުނިމިގެންނެވެ. ފުރަތަމަ ކަމަކަށް ކިޔަވައި ނިންމާށެވެ. ވަޒީފާއެއްވެސް ހޯދާށެވެ. ހުރިހާ ކަމެއްގައި ފިރިމީހާއަށް ބަރޯސާނުވެ އުޅެވޭނެ މީހަކަށްވާށެވެ. ފިރިމީހާއާއިއެކު އުޅެ ފުރިހަމަ އިތުބާރު ލިބުނީމާ ވަޒީފާ ދޫކޮށްލުމަކީ މައްސަލައެއް ނޫނެވެ.  

ދަރިފުޅާއެވެ! އެއްޗެއް ގަންނައިރު މުއްދަތުހަމަވާ ތާރީޚު ބަލަމުއެވެ. ބެލީމާ މުއްދަތުއެނގެއެވެ. ލޯބިވުމުގައި އޮތް މައްސަލައަކީ އެކަން ދެމިއޮންނާނެ މުއްދަތު ނުއެނގޭނެ ކަމެވެ. ކޮންމެ އިރަކުވެސް ލޯބިވުން ހުއްޓިދާނެއެވެ. ފިރިމީހާ ލޯބިވާނީ ކިހާދުވަހެއްވަންދެން ކަމެއް ނުއެނގޭނެއެވެ. އަދި ދިރިއުޅުމުގައި ދިމާވާ ގޮތަކުން ފިރިމީހާދެކެ ލޯބިވުން ހުއްޓާލަން ދަރިފުޅަށް ޖެހޭނީ ކޮންދުވަހަކު ކަމެއްވެސް ނުއެނގޭނެއެވެ.  

ދަރިފުޅާއެވެ! ވިސްނަންވީ އެދުވަހަށެވެ. ކައިވެނިކުރަންވާނީ އެދުވަހުން ތިމާ ބާކީނުވާނެ ގޮތަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. ކައިވެންޏަށްފަހުވެސް ކިޔެވިދާނެއެވެ. ހަމައެގޮތަށް ކިޔަވަން ފުރުޞަތު ނުލިބިވެސް ހިނގައިދާނެއެވެ. އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ މިހައިތަނަށް ތިއަކުރި ހުރިހާ މަސައްކަތެއް ބާކީވެގެންދާނެއެވެ. އަލުން އަނބުރައެއް ނުހޯދޭނެއެވެ. "

މިއީ އަންހެން ދަރިފުޅު ކައިވެނިކުރަން އުޅުމުން މާމައަކު ދިން ނަޞީހަތެވެ. މާމަގެ މިވާހަކަކޮޅަކީ ވަރަށް އަގުހުރި ނަޞީޙަތެކެވެ. ކައިވެނިކުރުމުގެ ކުރިން ކޮންމެ އަންހެން ކުއްޖަކުވެސް ވިސްނައިފިނަމަ ފައިދާކުރާނެ ނަޞީޙަތެކެވެ.

 

- މިއަދުނޫސް

މިއަދު އޮންލައިން