"އެއްވެސް ފޯނެއް ބޭނުންކުރަން ނުޖެހި 24 ގަޑިއިރު ﷲ އާ ގުޅިފައިވާއިރުވެސް" މީހުން ދެކެ ބިރުގަންނަނީ ކީވެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
"އެއްވެސް ފޯނެއް ބޭނުންކުރަން ނުޖެހި 24 ގަޑިއިރު ﷲ އާ ގުޅިފައިވާއިރުވެސް" މީހުން ދެކެ ބިރުގަންނަނީ ކީވެތަ؟

މީހަކު ތިބާއަށް ދެރައެއް ދޭން އުޅޭކަން އެނގޭނަމަ އެކަމަށް ރައްކައުތެރިވެގެން އުޅުމަކީ ބިރުގަތުމެއް ނޫނެވެ. ކަންކަމަށް ރައްކައުތެރިވެގެން އުޅުމަކީ ކުރަން ދީނުގައި އޮތްކަމެކެވެ. މައްސަލައަކީ ރައްކައުތެރިވުމުގެ މާނައިގައި ބިރުގަނެ، ކަންބޮޑުވެ ދިރިއުޅެން އުނދަގޫވާ ޙާލަތަށް ކަންކަން ގެންދެވޭކަމެވެ. އެއީ ޢަމަލުކުރަން ދީނުގައި އޮތްގޮތެއް ނޫނެވެ. 

މީހަކު ބަހެއް ބުނާއިރަށް ނުވަތަ ކިރިޔާ ކަމެއް ދިމާވާއިރަށް ބިރުގަންނަ މީހުން ދަނީ ގިނަވަމުންނެވެ. ބިރުން ތުރުތުރު އަޅައިގަނެއެވެ. ކަންބޮޑުވެ ތެޅިފޮޅިގަނެވެއެވެ. ކުރިން ބުނިފަދައިން މިއީ އަހަރެމެން މުސްލިމުންނަށް ކަންކަން ކުރަން އޮތްގޮތެއް ނޫނެވެ.  

އަހަރެމެންގެ އަޑު 7 އުޑުމަތިން ﷲ ތަޢާލާ އައްސަވައިވޮޑިގެންވެއެވެ. ބައްލަވައިވޮޑިގެންވެއެވެ. އަދި ވޮޑިގެންވަނީ އަހަރެމެންނާއިއެކުގައެވެ. ހަމައެއާއިއެކު ބޭނުން ކޮނަމެ ވަޤުތަކު ދަންނަވަން ބޭނުންވާ ކޮންމެ ވާހަކައެއް ދެންނެވެއެވެ. އެކަމަކަށް ފޯނެއް ބޭނުމެއް ނުވެއެވެ. ރޭންޖް ނުލިބިގެން އުޅޭކަށްވެސް ނުޖެހެއެވެ. ހަމައެކަނި ހިތަށް އަރުވައިލިނަމަވެސް ފުދެއެވެ.  

"އެކަލާނގެ ވަޙީ ކުރެއްވެވިއެވެ. ތިޔަ ދެބޭކަލުން ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އައްސަވާވޮޑިގެން، އަދި ބައްލަވާވޮޑިގެންވާ ޙާލް، ތިޔަ ދެބޭކަލުންނާ އެކުގައި ވޮޑިގެންވަމެވެ.:( 46-20) 

މިއީ ހަމަ އަހަރެމެންނަށްވެސް މިކަން އޮތް ގޮތެވެ. ހަމައެކަނި ތަފާތަކީ އަހަރެމެންގެ ކިޔަމަންތެރިކަމެވެ. ތަޤްވާވެރިކަމެވެ. އަހަރެމެންގެ ކިބައިގައިވެސް އެކަންކަން ބަހައްޓަންޖެހޭ ވަރަށް ބެހެއްޓޭނަމަ އެއްވެސް ތަފާތެއް ނެތެވެ. ޤުރްއާނުގައި ބަޔާންވެގެންވާ މިފަދަ އާޔަތްތައް ބަޔާންކުރައްވަވާފައިވަނީ ކިޔަވައި ޢަމަލުކުރާ އެންމެންނަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން