ދެއްކުންތެރިކަމުގެ ނިޔަތްނެތި މީހަކު ކުރާ ހެޔޮ ޢަމަލަށް އެހެން މީހުން ތައްރީފްކުރުމަކީ މައްސަލައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ދެއްކުންތެރިކަމުގެ ނިޔަތްނެތި މީހަކު ކުރާ ހެޔޮ ޢަމަލަށް އެހެން މީހުން ތައްރީފްކުރުމަކީ މައްސަލައެއް ނޫން!

މީހަކު ހެޔޮ ޢަމަލުތައް ކުރުމުން އެމީހުންނަށް މީސްތަކުން ތަޢްރީފްކުރެއެވެ. އެތަން ފެނުމުން ބައެއް މީހުން ޙަސަދަވެރިވެ އަނެކާކުރި ޢަމަލު ބަދުނާމުވެސްކުރެއެވެ. އެއީ ދެއްކުންތެރިކަމުގެ ޢަމަލެއް ކަމުގައިވެސް ބުނެއެވެ. އެގޮތަށް އެކަން ނުކުރާށެވެ. އޭނާގެ ނިޔަތް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އެއްވެސް މީހެއްގެ ނިޔަތުގެ މައްޗަށް އެހެން މީހުން ވާހަކަ ދެއްކުމާއި ގޮތްކަނޑައެޅުމަކީ ޣީބަބުނުމުގެ ޢަމަލެކެވެ.  

މިފާފަކުރެވޭ މީހުން ވަރަށް ގިނައެވެ. މިއީ ހޭލުންތެރިވާންޖެހޭ ކަމެކެވެ. މީހަކު މީހަކަށް އެއްޗެއް ދިންކަން އެނގުމުން އެއީ މިވެނި ނިޔަތެއްގައި ދިން އެއްޗެއްކަމަށް ބުނުންފަދަ ބަސްތައްވެސް ހިމެނޭނީ ހަމަ މިބުނި ފަދައިންނެވެ. އަހުރެމެންނަށް އޮތީ ހެޔޮ ޢަމަލުތައް ކުރާ މީހުންނަށްޓަކައި ހެޔޮދުޢާކުރުމެވެ.

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ﷲ ގެ ވަޖުހުފުޅު އަދައިގެން އިޚްލާޞްތެރިކަމާއެކީ ޞާލިޙު ޢަމަލުކޮށް، އެއަށްފަހު ﷲ ތަޢާލާ، މީސްތަކުންގެ ހިތްތަކުގައި އެމީހަކަށްޓަކައި ރިވެތި ޘަނާ ލެއްވި މީހަކާމެދު ދަންނައެވެ. އޭނާ އެކަން ހޯދުމަށް މަސައްކަތްކޮށްފައި ނުވާ ޙާލު އެކަން މެދުވެރިވުމުން، ﷲ ގެ ފަޟްލުވަންތަކަމާމެދު އޭނާ އުފާކުރުމަކީ އެއީ ދެއްކުންތެރިކަމެއް ނޫނެވެ. އަދި އޭގެ ސަބަބުން އޭނާއަށް ގެއްލުމެއް ނެތެވެ.

އަބޫ ޛައްރު رضي الله عنه ވިދާޅުވިއެވެ.

މީހަކު ހެޔޮޢަމަލެއް ކުރުމުން މީސްތަކުން އެކަމާމެދު ޘަނާ ކިޔުމާ ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم އާ ސުވާލު ދެންނެވުނެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. 

«تِلْكَ عَاجِلُ بُشْرَى الْمُؤْمِن» [رواه مسلم 166 - (2642)]

މާނައީ: “އެއީ މި ދުނިޔެ މަތީގައި މުއުމިނު އަޅާއަށް ހުރި އުފާވެރިކަމުގެ ޚަބަރެވެ." 

"خطوات إلى السعادة لد. عبدالمحسن القاسم (ص: 34)"

 

- މަސްދަރު: ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން