ނަމާދުކުރުމާ އެހެންވެސް އަޅުކަމަކީ ތިމާއަށް ހަމަޖެހިލައިގެން ހުރެވޭ ދުވަސްތަކުގަ ކުރާ ކަމަކަށް ހަދައިފި މީހަކީ ސުވަރުގެ ލިބިގަތުމުގަ ފޭލްވެފައިވާ މީހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ނަމާދުކުރުމާ އެހެންވެސް އަޅުކަމަކީ ތިމާއަށް ހަމަޖެހިލައިގެން ހުރެވޭ ދުވަސްތަކުގަ ކުރާ ކަމަކަށް ހަދައިފި މީހަކީ ސުވަރުގެ ލިބިގަތުމުގަ ފޭލްވެފައިވާ މީހެއް!

ދުނިޔޭގެ ޙަޔާތުގައި ހަމަޖަހިލައިގެން ހުންނަން ލިބޭނީ މަދު ދުވަހެކެވެ. ކޮންމެ ދުވަހަކީވެސް ކޮންމެވެސް ކަންތައްތަކެއް ކުރިމަތިވާނެ ދުވަހެކެވެ. ހަށިގަނދަށް ވަރުބަލިކަންވެސް ލިބޭނެއެވެ. ޠަބީޢަތުގެ މައްސަލަތައްވެސް ނުކުންނާނެއެވެ. އެއީ އެމީހަކު އެދުވަހުކުރަންޖެހޭ ކަންކަން ނުކޮށް ހުންނަ ސަބަބަކަށް ހަދާ މީހަކަށް އޮންނާނީ ދުނިޔޭގެ ޙަޔާތްވެސް ކާމިޔާބުނުކުރެވިފައެވެ،  

އެމީހުންނަށް ކޮންމެ ބައަކު ކޮންމެ ނަމެއްވެސް ކިޔައިފާނެއެވެ. ޙަޤީޤަތަކީ ދުނިޔޭގެ ދިރިއުޅުން ކާމިޔާބުކުރެވޭނީވެސް އަދި އާޚިރަތް ކާމިޔާބުކުރެވޭނީވެސް އެމީހެއްގެ ޒިންމާ އަދާކުރަން ފަސްނުޖެހި ތައްޔާރަށް ތިބޭ މީހުންނަށް ކަމެވެ.  

މިޘާލަކަށް ނިދައިހޭލެވޭއިރު މޫޑްހުންނަ ގޮތަކުން، ވިއްސާރަވުމުން، ނުވަތަ ހޫނުގަދަވުމުން އެދުވަހު ކުރަންހުންނަ ކަންކަން ކުރަން ފަސްޖެހޭ މީހަކަށް ދިރިއުޅުމުގައި އެއްވެސް ކުރިއެރުމެއް ނުލިބޭނެއެވެ. ދިރިއުޅުމުގައި ކުރިއެރުން ލިބޭނީ މޫޑް ކޮންމެ ގޮތަކަށް ހުރިނަމަވެސް އަދި ކިތަންމެ ދަތިޙާލުގައި ނަމަވެސް، ވޭން އަޅަމުން ނަމަވެސް އެމީހަކު އެދުވަހަކު ކުރަންޖެހޭ ކަންކަން ކުރަން މަސައްކަތްކުރާ މީހުންނަށެވެ.

ކޮންމެ މީހަކަށްވެސް ކޮންމެހެން ކުރަންޖެހޭނެ އެންމެ އަސާސީ 2 ކަމަކީ ވަޒީފާ އަދާކުރުމާއި (ދިރިއުޅެން މަސައްކަތްކުރުމާއި) ފަރުޟު ނަމާދުތަކަށް ރައްކައުތެރިވުމެވެ. މިއިން އެއްވެސް ކަމެއް ކަމެއް މޫޑާއި ނުވަތަ އުފުލަންޖެހޭ ތަކްލީފާއި ގުޅުވައިގެން ނުކުރާ މީހަކަށް ދުނިޔެވެސް އަދި އާޚިރަތްވެސް ކާމިޔާބުކުރެވޭނީ ކިހިނަކުންހެއްޔެވެ؟  

ވަރަށް ޢާދައިގެ ކަމެއްގެ މިޘާލެއްވެސް ބުނެލާނަމެވެ. ވަޒީފާއަދާކުރާ މީހަކަށް ވަރަށް މުހިންމު ކަމެއް ޖެހިގެން ނޫނީ މަހަކު ސަލާމް ބުނެވޭނީ ވަކި ޢަދަދަކަށެވެ. މޫޑް ހުންނަ ގޮތަށް ބަލައި ސަލާމް ބުނާނަމަ ސަލާން ބުނަން ކޮންމެހެން ޖެހޭ ފަދަ ކަމެއް މެދުވެރިވެގެން ސަލާންބުނަން ބަލާއިރު އޮންނާނީ ފަސޭހައިން ސަލާން ބުނެވޭނެ ޢަދަދު ހަމަވެފައެވެ. އަދި މޫޑާއި އަޅުވައި ފަރުޟު ނަމާދު ފުރިހަމައަށް ނުކުރާ މީހަކަށް ހުންނަން ޖެހޭނީ ނަމާދުނުކުރާ މީހެއްގެ ގޮތުގައެވެ.  

ލޮބުވެތި އެކުވެރިންނޭވެ! މިދިން ނަބޭޙަތްކޮޅު ކިތަންމެ ކުރުނަމަވެސް މިބުނެދިނީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންކަމުގެ ވާހަކައެވެ. މިކަންކަމުގެ މުހިންމުކަން ބޮޑުކަމުން މިއީ ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރެވުމުގެ ތަޅުދަނޑީގެ ގޮތުގައިވެސް ބައެއް ޢިލްމުވެރިން ފާހަގަކުރައްވައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން