ހޭލުންތެރިވަމާ!: ގިނަ ބައަކު ރޯދަހިފުމުގެ ބުރަ އުފުލާފައި ހަނދުމަނެތިކޮށްލަނީ ލިބެން އޮތް އެންމެ ބޮޑު ފައިދާ ލިބިގަންނަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ހޭލުންތެރިވަމާ!: ގިނަ ބައަކު ރޯދަހިފުމުގެ ބުރަ އުފުލާފައި ހަނދުމަނެތިކޮށްލަނީ ލިބެން އޮތް އެންމެ ބޮޑު ފައިދާ ލިބިގަންނަން!

ގިނަ ބައަކު ރޯދަހިފުމުގެ ބުރަ އުފުލިނަމަވެސް ރޯދަވީއްލާ ވަޤުތު ލިބިގަނެވެން އޮތް މިބޮޑު ނިޢުމަތް ހަނދާން ނައްތައިލައެވެ. މިބުނަނީ ރޯދަވީއްލާ ވަޤުތު އެމީހަކު ބޭނުންވާ ކަންކަމަށް އެދި ދުޢާކުރަން ހަނދުމަނައްތައިލާ ވާހަކައެވެ. ވީމާ ގިނަ ބައަކަށް އެނަގައިލެވެނީ ރޯދައިން ލިބެން އޮތް އެންމެ ބޮޑު ރަޙްމަތެވެ. ނިޢުމަތެވެ. ފުރުޞަތެވެ. 

ދުނިޔޭގެ ޙަޔާތުގައި ދަތިތައް ކުރިމަތިވެފައިވާ މީހުން އެމައްސަލަތަކަށް އަވަސް ހައްލަކަށް އެދޭނަމަވެސް މިއީ އެކަމަށް އޮތް ރަނުގެ ފުރުޞަތެވެ. އެހެނީ ރޯދަވެރިޔާގެ ދުޢާ ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެތެވެ. އިޚްލާޞްތެރިކަމާއިއެކު ރޯދަ ހިފާށެވެ! ދުޢާކުރުން ގިނަކުރާށެވެ! ހުރިހާ ކަންކަންވެސް ޙައްލުކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ 

ދުޢާކުރުމަކީ މީހާ ހަމަޖެހިގެން ހުރެ ކުރަން އޮތްކަމަކަށް ނުހަދާށެވެ! އެއީ އެންމެ ދަތިޙާލަތުގައި، އެންމެ ގަދައަށް ވޭން އުފުލަމުން ކުރަން އޮތްކަމެކެވެ. ވީމާ ރޯދައަށް ހުންނައިރު ވީހައި ގިނައިން ދުޢާކުރަމުން ގެންދާށެވެ!  

ﷲ ތަޢާލާގެ މަގަށް އެނބުރެން މިއަށްވުރެ ވަކިން ފައިދާހުރި ދުވަސްތަކެއް ނެތެވެ. ރަމަޟާންމަހުގެ ދުވަސްތަކަކީ ﷲ ތަޢާލާ އެންމެ ދީލަތިވަންތަކަމާއިއެކު ރަޙްމަތް ލައްވަވާ ދުވަސްތަކެވެ. ކުރިން އުޅެވެމުން އައިގޮތާއިމެދު ކަންބޮޑުނުވާށެވެ! ﷲ ތަޢާލާގެ މަގަށް އަވަހަށް އެނބުރޭށެވެ!  

ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ހުރެވޭނަމަ އެއޮތީ ތިބާގެ ބައި އަދާކުރެވިފައެވެ. ތބާގެ ބައި ފުރިހަމަކުރުމުން އެމީހަކު ނިކަމެތި ނުކުރައްވަވާނެތެވެ! އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން