ރަމަޟާން މަހު އެންމެ ބޮޑަށް ސަމާލުކަންދޭންވީ ކަންތައްތަކުގެ ތެރެއިންވެސް އެންމެ މުހިންމު ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރަމަޟާން މަހު އެންމެ ބޮޑަށް ސަމާލުކަންދޭންވީ ކަންތައްތަކުގެ ތެރެއިންވެސް އެންމެ މުހިންމު ކަންތައް!

ހިފާ ރޯދަ، ރޯދައަކަށް ހަދަން ބޭނުންނަމަވެސް ޢާއިލާއާ މުޖުތަމަޢުގެ ހަމަޖެހުމަށްވެސް އެންމެ މުހިންމީ މި ބޮޑު ވަބާއިން ސަލާމަތްވެ ހުރުން ކަމަށް ބުނީމާ އެއީ ކޮންވަބާއެއް ކަމާއިމެދު ސުވާލު އުފެދިދާނެއެވެ.   

އެވަބާއަކީ މިއަދު ފެތުރި ޢާންމުވެފައިވާ އެންމެ ބޮޑު އެއް ވަބާއެވެ! އެއީ އެހެން ހުރިހާ ބަލިމަޑުކަމަކަށްވުރެވެސް މާ ނުބައިކަން ބޮޑު ބަލިމަޑުކަމެކެވެ. އެބަލިމަޑުކަމުގެ ތެރެއަށް ގިނަ ބައަކު މިއަދު މިވަނީ ވެއްޓި ހަލާކުފައެވެ. އެކަމުގެ ޝިކާރައަކަށްވެފައެވެ.

އެއީ އެހެން މީހުންނަށް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތައް ދެކެން އުނދަގޫވުމުގެ ބައްޔެވެ! މިބަލި ޖެހެނީ މީހާގެ ހިތަށެވެ. މިބަލި ޖެހުމުން ހިތުގައި އުފެދޭ ޙަސަދަވެރިކަމުން ސަލާމަތްވެވެނީ ވަރަށް މަދު މީހަކަށެވެ. ހާހަކުން މީހަކަށެވެ.  

އެހެން ކޮންމެ ބައްޔެއް ޖެހިގެން މަރުވިނަމަވެސް މުސްލިމުން ދާނީ ސުވަރުގެއެވެ. އިން ޝާ ﷲ ނަމަވެސް ހަސަދަވެރިކަމުގެ ބަލީގައި ހުރެ މީހަކު މަރުވެއްޖެ ނަމަ އެމީހަކަށް ގާތީ ސުވަރުގެ ނުލިބުންކަން ދީނުގައި އެނގެން އެބައޮތެވެ! ޤިޔާމަތް ދުވަހު ސަލާމަތްކަން ލިބުންވަނީ ސަލާމަތް ހިތަކާއިގެން ދެވުނު މީހަކަށްކަން ވަޙީ ބަސްފުޅުން އެނގެން އޮތުމުންނެވެ!  

މީސްތަކުންނޭވެ! މިއީ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކެވެ. ވީމާ ފުރަތަމަ ކަމަކަށް ކޮންމެ ގޮތަކުން ނަމަވެސް މިނުބައި ބަލިން ސަލާމަތްވާން މަސައްކަތްކުރާށެވެ! ހިފާ ރޯދައިގެ ފުރިހަމަ ޘަވާބުވެސް ލިބުން އޮތީ އެއިރުން ކަމުގައިވާތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން