އަޅުގަނޑުގެ އެކުވެރި އަޚުންނާއި އުޚުތުން،
މިއަދު އަނެއްކާވެސް އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ އެއްހަގީގަތަކީ ދިރިހުރުމާއި މަރު އެއީ ހަމައެކަނި ﷲސުބްހާނަހޫ ވަތައާލާގެ އަތްޕުޅުމަތީގައިވާކަމެއް ކަމެއް ކަމެވެ.
މިސްރުގައި ހުސެއިން ކިޔާ ޒުވާނަކު، މާގިނައިރު މަސައްކަތުގައި އުޅުމުގެ ސަބަބުން ވަރުބަލިވެގެން ވެއްޓުނެވެ.ޑޮކްޓަރުން އޭނާބެލުމަށްފަހު ބުނީ އޭނާމަރުވެފައިވާ ކަމުގައެވެ.އެހެން ކަމުން އޭނާވަނީ ސަހަރާގައި ވަޅުލާފައެވެ. (މިޞުރުގެ އެރަށުގައި ވަޅުލަނީ ބިން ކޮނެގެނެއް ނޫނެވެ. ޤަބުރުލަނީ ޗޭންބަރަކަށެވެ. (ވަތްގަނޑަކަށެވެ)
އޭގެ ފަސް ދުވަސް ފަހުން އެހެން މީހެއްގެ ޖަނާޒާގައި ބައިވެރިވާން ފަސް ޒުވާނުން ސަހާރާޔަށް ދިޔައެވެ. އަދި އެތަނުން އެކަކު، މަރުވި އޭނަގެ ތިމާގެ މީހާގެ މަހާނަ (ޗޭންބަރު) ކައިރީ ހުއްޓާ އެހެން ތަނަކުން ހަލޭއްލަވާއަޑު އޭނާޔަށް އިވުނެވެ. "އަހުރެން މަރެއްނުވޭ! އަހުރެން މިތަނުން ނެރޭ!"
މިޒުވާނާ ބޭރަށް ނިކުމެ އޭނާގެ ރަހުމަތްތެރިންނަށް ގޮވާ މިވާހަކަ ބުނުމުން އެންމެންވެސް ހީކުރީ އެއީ ހީވި ގޮތެއް ކަމުގައެވެ. ނަމަވެސް ނުހުއްޓި ހަޅޭއްލަވާއަޑު އިވެމުން ދިއުމުން އެމީހުންގޮސް ޖަމާއަތްތެރިޔަކަށް ގޮވާ، އެމަހާނަ ހުޅުވާ ދިނުމަށް އެދުނެވެ. ނަމަވެސް އޭނަބުނީ ފުލުހުންގެ އަމުރު ލިބިގެން ނޫނީ ހުޅުވަން ނުކެރޭނެ ކަމުގައެވެ. އެހެން ކަމުން އެޒުވާނުން ފުލުސް އޮފީހަށް ގޮސް ފުލުހުންގެ ޓީމެއް ގޮވައިގެން ސަހަރާޔަށް ދިޔައެވެ.
ފުލުހުން އެތަނަށް ދިޔަފަހުންވެސް ހަޅޭއްލަވާ އަޑުއިވޭތީ އެތަން ހުޅުވަން ފުލުހުން އަމުރު ކުރިއެވެ.
މިސްރުގަ ގަބުރުސްތާން ހުންނަ ގޮތަކީ ވަތްގަނޑެއްކަހަލަ ތާކަށް ސަންދޯއް ލުމަށްފަހު ދޮރެއްލައްޕާ ތަޅުލުމަށްފަހު އަދި ތަޅުގަ ސިމެންތިވެސް އަޅާ ބަންދު ކުރާގޮތަށެވެ. ފުލުހުންގެ އަމުރަށް ހުސޭނު ވަޅުލާފަ އޮތްތަނުގެ ދޮރު ހުޅުވައިގެން ބެލިއިރު ފެނުނީ ހުސޭނު ދިރި އޮއްވައެވެ. ނަމަވެސް އޭނާވަނީ ވަރަށް ބޮޑަށް ހަށިގަނޑު އަނަރޫފަވެ ވަރަށް ބޮޑަށް ވަރުދެރަވެފައެވެ. ހަންތައް މަސްގަނޑުގައި ތަތްލައި ދެލޯވެސް ބޭރަށް ނުކުމެފައެވެ.
ފުލުހުންގެ އެހީގައި ހުސޭނު އަވަހަށް ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި ފަރުވާދީ ވާހަކަ ދެކެވޭ ވަރުވިއެވެ. ވާހހަކަދެކެވޭވަރުވީ 3 މަސްފަހުންނެވެ. ހުސޭނު ކިޔާދިން ގޮތުގައި ވަޅުލާފަ އޮތް ތަނުގަ ބާއްވާފަ މީހުން ދިޔަތަނާ އޭނަހޭއެރީ އެވެ. ވިސްނައިލުމުން އެނގުނީ ނޭފަތަށާއި ކަންފަތަށް ކަފަޖަހާފައިވާ ކަމެވެ. އެހެންވެ އެ ކަފަތައް އުފުރީއެވެ. އެއިރަކުވެސް މިއުޅެނީ ކިހިނެއްވެގެންކަމެއް ނުއެނގެއެވެ. ތަޅުވަމުންގޮސް ގައިގައި އޮޅާފައިހުރި ފޮތިތައް (ކަފުން) ނެޓުވުމުން މިހުރެވެނީ ފޭރާމެއްނެތިކަން އެނގުނެވެ. އަނަދިރިކަމުން އެއްވެސް ތަނެއް ނުފެނެއެވެ. އެހެން ކަމުން މީހަކަށް އަޑުއިވެންދެން އޭނަހަޅޭއްލެވީއެވެ.
ޙުސައިނު ދިރހުއްޓާ ފެނުނުވަޤުތު ގަތްބިރުން ޖަމާޢަތްތެރިޔާ ވަޤުތުން މަރުވިއެވެ. ޙުސައިން (ހޮސްޕިޓަލުގައި) ދިރިއޮއްވައި ބައްދަލުވުމުން ލިބުނު ޝޮކްގައި އޭނާގެ މަންމަ މަރުވިއެވެ.
ހުސޭނު ސަލާމަތްވި ގޮތުގެ ވާހަކައަކީ މުޅި ރަށް ވެސް ހައިރާން ކޮށްލުވި ވާހަކަ އެކެވެ. އަދި އެވާހަކަ ވަނީ ނޫސް ހެޑްލައިންތަކަށް އަރާފައެވެ. މިއީ 2002 ވަނަ އަހަރު މިޞުރުގައި ހިނގާފައިވާ ކަމެކެވެ.
އެދާދިސާއިން ހުސެން މަރުން ސަލާމަތްވިނަމަވެސް އެކަމުން އޭނާޔަށް ވަނީ ބޮޑެތި ދަތިތައް ކުރިމަތިކުރުވާފައެވެ.ހަށިގަނޑަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވުމާއި އެކުއެކީ ސޮސައިޓީގަވެސް އޭނާޔަށްވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. މިހުރިހާކަމެއްގެ އިތުރުން އޭނަކައިވެނި ކުރަން ތައްޔާރުވަމުން އައި އަންހެން ކުއްޖާވެސް ވަނީ ވޭނަޔާ ވަކިވެފައެވެ.
މިހާދިސާއިން ލިބުނު ޝޮކްގެ ސަބަބުން އެވަގުތު ސަހަރާގައި ހުރި ޖަމާއަތްތެރިޔާ ވަނީ މަރުވެފައެވެ.
މިވާހަކައިން ސާފުވާ އެއްހަގީގަތަކީ މަރުވުމާއި ދިރުއްވުމުގެ ބާރު ލިބިވޮޑިގެން ވަނީ ހަމައެކަނި ﷲސުބްޙާނަހޫ ވަޠައާލާއަށް ކަމެވެ. އަޅުގަނޑުމެން އާޚިރަތަށް ތައްޔާރުވާންޖެހޭނީ ފަރުޟު އަޅުކަންތައް ފުރިހަމަ ކުރުމާއިއެކު އިޚްލާސްތެރި ހެޔޮ އަމަލުތައް އިތުރު ކޮށްގެން ކަމެވެ.މިދުނިޔެ ދޫކޮށް ދިއުމަށްފަހު އެނބުރި އައުމެއް ނެތެވެ. އެހެން ކަމުން އަޅުގަނޑުމެންނަށް އޮތީ އީމާންތެރިކަމާއި އަގީދާ ވަރުގަދަކޮށް ، ވަގުތުގަ ފަރްޟު ނަމާދު އަދާކޮށް ، ދުނިޔެއާއި އާޚިރަތުގެ ނިއުމަތްތައް އެދިގެން ﷲ ހަނދުމަކުރުންމަތީ ދެމިތިބުމެވެ.
- ޝައިޚް މުޙައްމަދު ނަޤްވީ ދެއްވާފައިވާ ދަރުސެއްގެ ޚުލާޞާ ތަރުޖަމާއެއް