ރަމަމާންމަސް ދެބައިވެގެން ދިއައީއެވެ. ދެން ފެންނާނީ ދާދިއަވަހަށް މަސްނިމޭތަނެވެ. އެކަމަކު މިފެންނަނީ ވަރަށް ދެރަ ކަންކަމެވެ.
ބަންގިގޮވާއިރުވެސް ގިނަ ބައަކު އުޅެނީ ކޮންމެވެސް ކަމެއްގައެވެ. ތަނެއްގައި އިންނަމަ ކުރާކަމަކީ ޓީވީ ބެލުމާއި ސޯޝަލްމީޑިއާ ބެލުމެވެ. އަނަހެންވެރިން އުޅެނީ އަވަދިނެތި ރޯދަވީއްލަން ތައްޔާރުކުރުމުގައެވެ.
މިއާދަ ދޫކޮށްލާށެވެ! އަހުރެން ބުނާނީ ރޯދަ ވީއްލަން 10 ވަރަކަށް މިނިޓަށް ގާތްވުމުން ތަނެއްގައި އިށީނދެލާށެވެ. އެންމެ ލަސްވެގެން 5 މިނިޓަށް ގާތްވާއިރު ތަނެއްގައި ހަމަޖެހިލައިގެން އިށީނދެލާށެވެ.
ހަމައެކަނި އިށީނދެލުމަކުން ނުފުދޭނެއެވެ. އެހެން ހުރިހާ ކަމެއް ބަހައްޓާފައި ކޮންމެވެސް ޛިކުރެއް ކިޔާށެވެ. ޤުރްއާނުން ކުރު ސޫރަތެއް ނަމަވެސް ކިޔަވާށެވެ. ދުޢާކުރާށެވެ! ރޯދަވެރިޔާގެ ދުޢާ ﷲ ތަޢާލާ ޢިޖާބްކުރައްވަވަތެވެ. އަދި ރޯދަވީއްލާ ދުޢާކުރަން އޮތް އެންމެ ޚާއްޞަ އެއް ވަޤުތެވެ. އެވަޤުތުގައި ކުރާ ދުޢާ ޢިޖާބަކުރައްވަވާނެތީއެވެ. އިން ޝާ ﷲ
‘Abdullah bin ‘Amr bin ‘As Radhyallahu Anhu narrated that Rasulullah Sallallahu Alihi Wasallam said: “When the fasting person breaks his fast, his supplication is not turned back.” Sunan Ibn Majah [1753]
- އިސްލާމީ ތިލަފަތުގެ ދަރުސަކުން