ވަޒީފާގެ ސަބަބުން ނަމަވެސް ގިނަ ވަޤުތުތަކަށް މައިންނަށް ދަރިންނާ ދުރުގަ އުޅެން ޖެހޭނަމަ ދަރިންނަށް ލިބޭ ދެރަ ފޫނުބެއްދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ވަޒީފާގެ ސަބަބުން ނަމަވެސް ގިނަ ވަޤުތުތަކަށް މައިންނަށް ދަރިންނާ ދުރުގަ އުޅެން ޖެހޭނަމަ ދަރިންނަށް ލިބޭ ދެރަ ފޫނުބެއްދޭނެ!

އަޅުގަނޑުމެންނަށް ދަރިއަކު ލިބުމާއިއެކު އަނބިމީހާ ވަޒީފާއިން ވަކިކުރުވައިފީމެވެ. އެންމެ ބޮޑަށް ފުދިގެން ނޫންނަމަވެސް ދިރިއުޅެމުން މިއަންނަނީ ފުދިގެންނެވެ. ކުރަން ބޭނުންވާ ކަންކަން ކޮށްގެންނެވެ. އަނބިމީހާވެސް ހުންނަނީ އުފަލުންނެވެ. އެކަމަކުވެސް ބައެއް އެކުވެރިން ފުރައްސާރަކުރެއެވެ. އަޅުގަނޑު އުޅެނީ އަނބިމީހާ އަޅުވެތިކުރުވައިގެންކަމަށް އަނބިމީހާއަށް އެބަވިސްނައިދެއެވެ. އަޅުގަނޑުގެ ސުވާލަކީ އަޅުގަނޑަށް މިއުޅެވެނީ އަނބިމީހާ އަޅުވެތިކޮށްގެންތޯއެވެ؟  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ދީނުގައި އޮތްމަގުން ރިވެތި ގޮތުގައި އުޅޭނަމަ އެކަމަށް ހުރަސް އެޅޭނެ ގޮތަށް ވާހަކަތައް ދައްކާނެ މީހުން ވަރަށް ގިނަވާނެއެވެ. އެކަމަސް ވިސްނުމުގެ ބޭނުމެއްވެސް ނެތެވެ. ތިއަ ޢަމަލުކުރެވެނީ އެންމެ ރަނގަޅަށްކަން ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ  

ދުނިޔޭގެ ނުވަދިހަ ވަރަކަށް ދަތުރުކޮށްފީމެވެ. ކޮންމެ ޤައުމަކުންވެސް އަންހެނުންނާއިވެސް ބައްދަލުކޮށް ވާހަކަދައްކަމެވެ. މިގޮތަށް ދެކެވުނު ވާހަކަތަކުން ދަރިން ލިބުމަށްފަހު ދަރިން ދޫކޮށްލައި ވަޒީފާއަދާކުރަން ލޯބިކުރާ އަންހެނަކާއި ބައްދަލުވަނީ ވަރަށް މަދުންނެވެ.  

އެމީހުން ބޭނުންވަނީ ދަރިން ބަލަން ގޭގައި ތިބޭށެވެ. ނަމަވެސް ފިރިމީހާއަށް ލިބޭ އާމްދަނީ މަދުވެ ޚަރަދުތައް ދެކޮޅުޖައްސަން އުނދަގޫވާތީ ނުވަތަ އެހެން ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ވަޒީފާ އަދާކުރަން މަޖުބޫރުވަނީއެވެ.  

މިހުރިހާ އަންހެނުން އެހެން ބުނި ނަމަވެސް އެކަމުން ލިބޭ ހިތްހަމަޖެހުން ހޯދުމަށްޓަކައި ވަޒީފާއަދާކުރާހިތްވާ ބައަކުވެސް ތިބެދާނެއެވެ. ނަމަވެސް ޙަޤީޤަތަށް ބަލައިފިނަމަ އެއީ މައިންގެ ހިތުގައި އުފެދޭ ދަރިވަންތަ ކަމުގެ ކުލުނާއި ތަޢާރަޟްވާ ކަމެކެވެ.

ޢާއިލާއަށް ޚަރަދުކުރާނެ ފައިސާ ހޯދުމަކީ ﷲ ތަޢާލާ ފިރިހެނުންނާއި ޙަވާލުކުރައްވަވާފައިވާ މަސްއޫލިއްޔަތެކެވެ. ނަމަވެސް ކަންކަން ބަދަލުވެ، ޙާލަތު ބަދަލުވެ އަންހެނުންނަށް މިއަދު މިވަނީ ޢާއިލާއަށް ޚަރަދުކުރާނެ ފައިސާ ހޯދުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރަންވެސް ޖެހިފައެވެ.  

މިއީ ފިރިން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ކިރިޔާވެސް ގޮތެއް އޮތްނަމަ ދަރިން ލިބުމުން އދަރިފުޅާއި މައިމީހާ ގިނައިރުތަކަކަށް ވަކިވާނެ ގޮތަށް ކަންކަން ނުކޮށްވޭތޯ މަސައްކަތްކުރާށެވެ. ވަޒީފާއަށް ތަނަކަށް ފޮނުވުމުގެ ބަދަލުގައި ގޭގައި ތިބެގެން ކުރެވޭނެ މަސައްކަތެއް ކުރެވޭނެ މަގު އަނބިންނަށް ފަހިކޮށްދޭށެވެ. ދަރިންނަށް މައިންގެ ލޯބި އެންމެ ފުރިހަމަގޮތުގައި ލިބިލިބި ހުރުމަށްވުރެ މުހިންމު ކަމެއް ނެތެވެ.  

މިއީ ޢިލްމުވެރިއަކު ވިދާޅުވެފައިވާ ވާހަކަކޮޅެކެވެ. މުހިންމުކަން ބޮޑުކަމުން ހާމަކޮށްލީއެވެ.  

- އަލަފް / މިއަދުނޫސް 

މިއަދު އޮންލައިން