ކޮންމެ މީހަކުހެން މިއަދު މިއުޅެނީ ޙާޞިލް ކުރަން ބޭނުންވާ ގިނަވެފައި އެކަންތައްތައް ޙާޞިލް ނުކުރެވިގެންނެވެ. ގިނަ ބޭނުންތަކެއް ފުއްދަން ދަތިވެގެންނެވެ. އެހެންކަމުން ތިމާ އެދޭ ކަންކަން ﷲ ތަޢާލާ ފަހިކޮށް ދެއްވަވާނެ ގޮތަށް ޢަމަލުތައް ބަހައްޓަން އެބަޖެހެއެވެ. ގޮތްބަލައިލަން ނަމަވެސް ތިރީގައިވާ ލިޔުމަށް ޢަމަލުކުރަންފަށަމާތޯއެވެ؟
އިމާމް އިބްން އަލްޤައްޔިމް رحمه الله ވިދާޅުވެފައިވެއެވެ.
"މީހަކު ފަތިހު ނިދީން ހޭލީންސުރެ އޭނާ ކުރާ ކޮންމެ ކަމެއް ކުރުމުގައިވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެގޮތަށް ކަންކަންކޮށް، ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ގޮތަށް ކަންކަން ނުކުރާ މީހާގެ ބޭނުންތައް ﷲ ތަޢާލާ ފުއްދަވައިދެއްވަވާނެތެވެ. އޭނާއަށް ކުރިމަތިވާ ކަންބޮޑުވުންތަކުން ސަލާމަތްކަން ދެއްވަވާނެތެވެ.
އެފަދަ މީހާގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އިތުރުކުރައްވަވައި އެހިތް ﷲ ތަޢާލާއަށް ލޯބިން ފުރުއްވަވައިލަދެއްވަވާނެތެވެ. އޭނާގެ ދުލުން ގިނަގިނައިން ޛިކުރުކުރުމުގެ ކުޅަދާނަކަން ދެއްވަވާނެތެވެ. އަދި ﷲ ތަޢާލާއަށް ކިޔަމަންތެރިވުމުގައި ސާބިތުވުމުގެ ކުޅަދާނަކަންވެސް ދެއްވަވާނެތެވެ.
އަދި ނިދީން ހޭލައ ﷲ ތަޢާލާގެމަތިން ހަނދުމަނުކުރާ މީހާގެ ކަންކަން ދަތިކުރައްވަވާނެތެވެ. ހިތްދަތިކަމާއި ތަކްލީފްތައް ކުރިމަތިކުރައްވަވާނެތެވެ. އެމީހާ އެދޭކަންކަން އެމީހާ އަމިއްލައަށް ފުއްދަން ދޫކޮށްލައްވަވާނެތެވެ. (މާނައީ: އެމީހާ ކުރަން ބޭނުންވާ ކަންކަން ކުރަން ރަޙްމަތް ނުލައްވަވާނެކަމެވެ. އަދި ޙާޞިލްވާ ކަންކަމުގައި ބަރަކާތް ނުލައްވަވާނެކަމެވެ.)
އަދި އޭނާގެ ހިތަށް ދުނިޔަވީ ބޭނުންތަކަށް ދަހިވެތިވެ މަރުދިނުން ލައްވަވާނެތެވެ. އެމީހާއަށް ގެއްލުންހުރި ބަސްތައް ބުނެވޭނެތެވެ.
ޖަނަވާރުތައް އެތަކެތީގެ ބޭނުންތައް ފުއްދަން މަސައްކަތްކުރާފަދައިން ހަމައެކަނި އަމިއްލަ އެދުންތަކާއިގެން ދުނިޔޭގައި ތެޅިފޮޅޭ މީހަކު ކަމުގައިވެސް ލައްވަވާނެތެވެ."
އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Imam Ibn Al-Qayyim رحمه الله said: " When a servant awakens and spends his day with no concern except Allaah alone, then Allaah عزوجل will take care of all his needs and concerns. He will empty his heart for the love of Allah and his tongue for the remembrance of Allaah, and cause all of his faculties to be used in His obedience. However, if he awakens and spends his day with the world as his concern, then Allaah will make him bear its distress, anxiety and pain. He will leave him to the care of himself, cause his heart to be distracted from the love of Allaah towards the love of the creation, cause his tongue to only remember it, and cause his faculties to be used in its obedience, its servitude and its occupation. So he will strive hard, like the striving of an animal, in the service of other than Allaah." { Al Fawaa’id 159 } *** And Allaah عزوجل knows best ***