ނަރަކައަށް ވެއްދެވުމާ މިންޖުކުރެއްވެވުން! ސަމާލުވާން އޮތީ މިއަދު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ނަރަކައަށް ވެއްދެވުމާ މިންޖުކުރެއްވެވުން! ސަމާލުވާން އޮތީ މިއަދު!

كَفَّارة އެއް لاَزِم ވާޒާތުގެ عَمد ން قتل ކުޅައުންފަދަ ކުށެއްކޮށްފައި އެކަންކަމުގެ كَفَّارة އާއި قِصَاص ނުފުއްދައި ހުރެއްޖެއީ ވިއްޔާ އެދުވަހަށް ބިރުގަނެގެން ހުންނަހުށިކަމެވެ. اهـ

މިފަދަ ބޮޑުފާފަވެރީންނަށްވެސް އެތައް ޒަމާނަކަށް ނަރަކައިން عَذَاب ލިބި خَلاَص ވުމަށް ފަހުގައި އެމީހުންނަށްވެސް شَفَاعَة އެދެވިގެން ވެއެވެ. އެއްހާސް އަހަރަށްފަހު ނަރަކައިން ނުކުންނާނޭ މީހުންވެސް ތިބޭހުއްޓެވެ. 

اَلْإِمَامُ حَسَنُ الْبَصِرِى މި خبر އައްސަވާފައި ވިދާޅުވިއޭ. އެމީހާއީ އަހުރެންކަމުގައި ވާނޭނަމަ ކޮންފަދަހެއްޔެވެ. ޝައްކެއްނެތެވެ. އެކަލޭގެފާނީ آخرة ގެ حُكُمْ ތައް ދެނެވަޑައިގެން ހުންނެވި ބެއިކަލެކެވެ. 

قِيَامَة ދުވަހުގައި އެކިއެކިމީހުން مِيزَان ދޮށަށްގެނެވި އެމީހުންގެ ހެޔޮ عَمَل އާއި ނުބައި عَمَل ކިރޭ ހިނދުގައި ދެކޮޅު ހަމަވެ އެއްވަރުވެދާހުއްޓެވެ. އެއިން ބައެއް މީހުނަށް އަންގަވާނެޔޭ ކަލޭގެ މީސްތަކުންގެތެރެއަށް ނުކުމެ ކަލޭގެ ހެޔޮކަމުގެ ތިލަފަތް ބުރަކުރާނޭ ހެޔޮކަމެއްދޭނޭ މީހަކުވޭތޯ ހިގައިބަލާށެވެ. ދެން އެމީހާގެ ގާތްމީހުންގެ ގާތަށް ހިނގައި އާދޭސްކޮށް އުޅޭނެއެވެ. 

ހަމަ ކޮންމެ މީހަކުމެ ބުނާހުށީ އަހުރެންވެސް މިހުރީ އަދިވެސް ހެޔޮކަމަކަށް ބޭނުން ވެގެންނެވެ. މިގޮތްމަތީން އެކަކު ހިނގަނިކޮށް އަނެކަކު ބުނެފާ ހުއްޓޭ އަހުރެންގެފަތުގައި އޮތީ އެންމެ ހެޔޮކަމެކެވެ. ދެންހުރީ ހުސް ނުބައި عَمَل އެވެ. މިހެންވީއިރު އެންމެ ހެޔޮކަމަކުން ކުރާނީ ކިއެއްހެއްޔެވެ. ކަލޭގެ އެންމެ ހެޔޮކަމަކަށް ބޭނުންވެގެން އުޅޭމީހާއަށް އެކަން ދީފީމެވެ. ދެން އެމީހާ އުފާވެގެން ދިއުމުން އަރަހުށި މާތްރަސްކަލާނގެ ހެޔޮކަންދިންމީހާ ގެންނަވައި އެމީހާޔަށް تَعْرِيف وَحِى ކުރައްވައި އެއިގެދެމީހުން އެކުގައި ސުވަރުގެ ދިއުމަށް އަމުރުކުރައްވައިފާ ހުއްޓެވެ.

 

- ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން

 

މިއަދު އޮންލައިން