ދެސިފައެއް ހުރެއްޖެނަމަ ތިބާ މަރުވާނީ ހިނިތުންވަމުން! އިން ޝާ ﷲ-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ދެސިފައެއް ހުރެއްޖެނަމަ ތިބާ މަރުވާނީ ހިނިތުންވަމުން! އިން ޝާ ﷲ-: މުފްތީ މެންކް

މަރުވުމުގެ ވަޤުތަކީ ކޮންމެ މީހަކަށްވެސް ކުރިމަތިވާނެ އެންމެ ބިރުވެރި ވަޤުތެވެ. އެކަމަކު އެވަޤުތަކީ ތިމާއަށް އެންމެ އުފާވެރި ވަޤުތުކަމަށް ބަދަލުކޮށްލެވެން އެބައޮތެވެ. ކުރަން އޮތް ކަމަކީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އީމާންވުމާއި ހެޔޮ ޢަމަލުތައް ކުރުމެވެ.  

އެއިރުން ތިބާގެ ފުރާނަ ހިއްޕަވަން ވަޑައިގަންނަވާ މަލާއިކަތުން ތިބާއަށް ފެނުމުންވެސް ހިތްހަމަޖެހުން ލިބޭނެއެވެ. އެބޭކަލުން ވިދާޅުވާނެތެވެ. "ކަންބޮޑުނުވާށެވެ! ތިބާއަށް އޮތީ އުފާވެރިކަމުގެ ޚަބަރެވެ. ދުނިޔެއާއިމެދު ކަންބޮޑޫނުވާށެވެ. މަރުވުމުން ތިބާއަށްވަނީ ﷲ ތަޢާލާގެ ރަޙްމަތެވެ. ސުވަރުގެއެވެ."  

އެބަސްފުޅުތަކާއިއެކު މީހާއަށް ހިނިތުންވެވޭނެއެވެ. އުފަލުން ހިތްފުރިގެންދާނެތީއެވެ. ސުަވރުގެ ވައްދަވާނެކަމުގެ ޚަބަރުލިބުމުން ބޭނުންވެވޭނީވެސް އަވަހަށް މަރުވެ ސުވަރުގެ ލިބުމަށެވެ. ނަމަވެސް އެފަދަ މީހަކަށް ވެވެން މިއޮތީ ދެކަމެއްގައި ޘާބިތުވެ ހުރެގެންނެވެ. ކުރިން ބުނިފަދައިން އެއީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އީމާންވުމާއި ހެޔޮ ޢަމަލުތައް ކުރުމެވެ. 

ދުޢާއަކީ އަހުރެމެން ކޮންމެ މީހަކީވެސް އެމީހެއްގެ ފުރާނަ ހިއްޕެވުމަށްޓަކައި ރަޙްމަތުގެ މަލާއިކަތުން ފައިބައިވަޑައިގެން މިބުނި މަގުން އުފާވެރިކަމުގެ ޚަބަރު ދެއްވެވުމުން ހިނިތުންވެގެން އޮވެ މަރުވާނެ މީހަކު ކަމުގައި ލެއްވެވުމެވެ. އާމީން

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން