ތައުބާ ޤަބޫލުފުޅުކުރެއްވެވުމާ ފާފަފުއްސަވައިދެއްވެވުމަކީ ދެކަމެއް! އެދެންވީ ފާފަފުއްސަވައިދެއްވެވުމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ތައުބާ ޤަބޫލުފުޅުކުރެއްވެވުމާ ފާފަފުއްސަވައިދެއްވެވުމަކީ ދެކަމެއް! އެދެންވީ ފާފަފުއްސަވައިދެއްވެވުމަށް!

ސުވާލަކީ ޒުވާން ޢުމުރުގަ ޒިނޭކުރެވި މީސްތަކުންނަށް ފަޟީޙަތްވެފައިވާ މީހަކަށް ތައުބާވެވޭނެހެއްޔެވެ؟ 

ޖަވާބު:  

ފުރަތަމަ ކަމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ބޮޑު ފާފައަކީ ޝިރުކުރުކުރުން ކަމުގައިވާއިރު ޝިރުކުރި މީހާވެސް ތައުބާވުމުން ﷲ ތަޢާލާ އޭނާގެ ތައުބާ ޤަބޫލުފުލުކުރައްވަވަތެވެ. ވީއިރު ޒިނޭކުރުން ކަމުގައިވީނަމަވެސް ތައުބާވުމުން އެއޮތީ އެކަން ނިމިފައެވެ. އެކަމާއި އިތުރަށް ވިސްނާކަށް ނުޖެހޭނެއެވެ.  

ދެން އޮތީ ފަޟީޙަތްވެފައިވުމެވެ.  

ފާފަފުއްސަވައި ދެއްވެވުމުގައި ދެގޮތެއް އޮވެއެވެ. އެއްގޮތަކީ އޭނާގެ ތައުބާ ޤަބޫލުފުޅުކުރައްވަވާފައި ވީނަމަވެސް އޭނާގެ ފަތުގައި ލިޔުއްވަވާފައި އޮތުމެވެ. އެހެންކަމަށްވެއްޖެނަމަ ޤިޔާމަތް ދުވަހު ސުވާލު ސުވާލުކުރައްވަވާނެތެވެ. ނަމަވެސް ޢަޛާބެއް ނުދެއްވަވާނެތެވެ.  

ދެވަނަ ގޮތަކީ ފާފަފުއްސަވައިދެއްވަވާފައި ވުމެވެ. ފާފަ ފުއްސަވައިދެއްވެވުމުން އެމީހެއްގެ ފަތުންވެސް އެކަން ފުއްސަވައިދެއްވަވާނެތެވެ. ޤިޔާމަތް ދުވަހު ސުވާލެއް ނުކުރައްވަވާނެތެވެ. އަދި އެކަން ހާމައެއް ނުކުރައްވަވާނެތެވެ.  

ތައުބާވެ ތައުބާ ޤަބޫލުފުޅުކޮށްދެއްވެވުން އެދިގެން ދެންނެވުމާއި ތައުބާ ޤަބޫލުފުޅު ކުރެއްވެވުމާއި ފާފަފުއްސަވައި ދެއްވެވުން އެދި ދެންނެވުމާއި އފާފަފުއްސަވައި ދެއްވެވުމާއި މިއީ ތަފާތު ދެކަމެކެވެ. އެމީހެއްގެ ފާފަ ފުއްސަވައިދެއްވަވާފައިވާނަމަ އެމީހަކަށް ކުރެވިފައިވާ ފާފަ ﷲ ތަޢާލާ ޤިޔާމަތް ދުވަހު ވަންހަނާކުރައްވަވައި ދެއްވަވާނެތެވެ. ވީމާ ދުނިޔޭގައި ފަޟީޙަތްވެފައިވުމަކީ ފާފަ ފުއްސަވައި ދެއްވެވުމަށް އޮތް ހުރަހެއް ނޫނެވެ.

 

- ޑރ. ޒާކިރް ނައިކުގެ ދަރުސަކުން

 

މިއަދު އޮންލައިން