ޢާއިޝަތު ރަފާޙް ޢަލީ
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ!
ރަސޫލުﷲ ﷺ ގެ މަޝްހޫރު ޙަދީޘެއްގައި އިރުޝާދު ދެއްވާފައިވެއެވެ: لَا تَقُومُ السَّاعَةُ حَتَّى يَتَقَارَبَ الزَّمَانُ - ޤިޔާމަތް ޤާއިމްނުވާނެއެވެ ވަގުތު ކުރުވެގެން ދިއުމާ ހަމައަށެވެ. ޙަޤީޤަތުގައިވެސް، ވަގުތު ކުރުވެގެންދާނެކަން ކަށަވަރެވެ.
ރަސޫލުﷲ ﷺ އިތުރަށް ބަޔާންކުރައްވާފައިވެއެވެ: فتكون السنة كالشهر - އަހަރެއް ހީވާނީ މަހެއްހެންނެވެ. والشهر كالجمعة- މަހެއް ހީވާނީ ހަފުތާއެއްހެންނެވެ. - ހަފުތާއެއް ހީވާނީ ދުވަހެއްހެންނެވެ. ويكون اليوم كالساعةދުވަހެއް ހީވާނީ ގަޑިއިރެއްހެންނެވެ. وتكون الساعة- އަދި ގަޑިއިރެއް ހީވާނީ އަނދާ ބުރެއްހެން ނުވަތަ އަލިފާނެއްގެ އަލިފަންގިޅިއެއްހެންނެވެ.
އަވަސްވެގެންދާ ދުވަސްތަކުގައި، ހުރިހާ އެއްޗެއް ވަރަށް އަވަހަށް ފާއިތުވެގެންދާނެއެވެ. މިއަދުގެ ދިރިއުޅުމުގައި ގިނަ މީހުން އިޙްސާސްކުރާ ޙަޤީޤަތަކީ ވަގުތުގައި ބަރަކާތް ނުފެނުމެވެ. މިކަން ޖަމާޢީ ފެންވަރުގައި އަދި ވަކިވަކި ފަރުދުންގެ ދިރިއުޅުމުގައިވެސް ފާހަގަކުރެވެއެވެ.
އަމިއްލަ ނަފްސަށް ބަލާއިރު، ގިނަ މީހުން އަމިއްލައަށް ސުވާލުކުރެއެވެ: "ވަގުތު މިދަނީ ކޮންތާކަށް؟" އަހަރެންގެ ވަގުތުގައި ބަރަކާތަކީ ކޮބާ؟
ރަސޫލުﷲ ﷺ އެހެން ޙަދީޘެއްގައި، ބުޚާރީގައިވެސް ރިވާވެފައިވާ ފަދައިން، ސީދާ ވަގުތު ކުރުވުން ގުޅުވާފައިވަނީ ހެޔޮ ޢަމަލުތައް މަދުވުމާއި، ވަކި ބާވަތެއްގެ ފަސާދަ އިތުރުވުމާއިއެވެ: يتقارب الزمان وينقص العمل - ވަގުތު ކުރުވެގެންދާނެއެވެ، އަދި ހެޔޮ ޢަމަލުތަކުގެ ނަތީޖާ މަދުވެގެންދާނެއެވެ. ويلق الشحر - ދަހިވެތިކަމާއި، ބަޚީލުކަމާއި، ހިތްދަތިކަން މީސްތަކުންގެ ހިތްތަކުގައި ބެހެއްޓޭނެއެވެ. ويكثر الحرج އަދި މީހުން މެރުން އާންމުވެގެންދާނެއެވެ.
އެހެންކަމުން، ވަގުތު ކުރުވުމާއި ހެޔޮ ޢަމަލުތައް މަދުވުމާ ދެމެދު ސީދާ ގުޅުމެއް ވުޖޫދުގައި އޮތްކަން އެނގިގެންދެއެވެ. ހަމަކަށަވަރުން، ވަގުތާއެކު ކުރާ ހަނގުރާމަ، ވަގުތު އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަކީ ޞަޙާބީންވެސް އިޙްސާސްކުރެއްވި ކަމެކެވެ. ނަމަވެސް، ގިނަ މީހުން އެމީހުންގެ ވަގުތުގެ އަގު ޙަޤީޤީ މާނައިގައި ވަޒަންނުކުރެއެވެ.
ގިނަ މީހުން އެމީހުންގެ ވަގުތުގެ އަގު ވަޒަންނުކުރެއެވެ، އެއްޗެހި ތަފާތުވަން ފަށަންދެން، ތިބާ ދުވަސްވަން ފަށަންދެން، ތިބާ ބިޒީވަން ފަށަންދެން، ތިބާގެ ޞިއްޙަތު ދަށްވަން ފަށަންދެން، ނުވަތަ ތިބާ ފަހުން ދިރިއުޅުމުގައި ބޭކާރުކޮށްލި ވަގުތުގެ ނަތީޖާތައް ފެންނަން ފަށަންދެން. އޭރުން ތިބާ އެނބުރި ބަލާފައި ބުނަނީ: "ސުބްޙާނަﷲ، އަހަރެން ކަންތައްތައް ތަފާތުކޮށް ކުރަން ޖެހުނީހެވެ."
އެހެންވެ ރަސޫލާ ﷺ ވިދާޅުވިއެވެ: نعمتان مغبون فيه ما كثير من الناس الصحة والفراغ- ދެ ނިޢުމަތެއް ވެއެވެ، ގިނަ މީހުން އޭގެ ބޭނުން ރަނގަޅަށް ނުހިފައެވެ. އެއީ ޞިއްޙަތާއި ހުސްވަގުތެވެ.
އެހެންވީމާ، ވަގުތުގައި ބަރަކާތް ހުރުމުގެ މާނައަކީ ކޮބާ؟ ފަންނީ މާނައަކީ العمل الكثير في الوقت القليل- މަދު ވަގުތުކޮޅެއްގައި ގިނަ ކަންތައްތަކެއް ކުރުމުގެ ޤާބިލުކަން. މިއީ އަބަދުވެސް އަދަދުގެ ގޮތުން ގިނަކަން މާނަކުރާކަށް ނޫނެވެ. ނަމަވެސް ގިނަ ކަންތައްތަކެއް ކުރުމަށެވެ.
ﷲ ޢައްޒަވަޖައްލަ ވަޙީކުރައްވައެވެ: لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ- أكثر عمل ނޫނެވެ. ތިޔަބައިމީހުންގެ ތެރެއިން ކާކުތޯ އެންމެ ރަނގަޅަށް ޢަމަލުކުރާނީ ބެއްލެވުމަށް ﷲ ތިޔަބައިމީހުން އިމްތިޙާންުކުރައްވަވައެވެ. ކޮންމެހެން އެންމެ ގިނައިން ނޫނެވެ. އެހެންވީމާ، މިއީ އަބަދުވެސް އަދަދުން ބެލޭ އެއްޗެއް ނޫނެވެ.
އިމާމް އިބްނު ޢަޠާއުﷲ ރަޙިމަހުﷲ ތަޢާލާ އެކަލޭގެފާނުގެ ޙިކުމަތްތެރި ބަސްފުޅުތަކުގެ ތެރެއިން ވިދާޅުވެފައިވެއެވެ: "ބައެއް މީހުން ވަރަށް ދިގު ޢުމުރެއް ދިރިއުޅެއެވެ، ނަމަވެސް ވަރަށް މަދު މޭވާއެއް ނެރެއެވެ. އަދި ބައެއް މީހުން ވަރަށް ކުރު ޢުމުރެއް ދިރިއުޅެއެވެ، ނަމަވެސް ގިނަ މޭވާ ނެރެއެވެ." އެހެންވީމާ، ދިގު ނަމަވެސް މޭވާއެއް ނުނެރޭ ދިރިއުޅުންތަކެއް ވެއެވެ، އަދި ކުރު ނަމަވެސް މޭވާ ގިނަ ދިރިއުޅުންތަކެއް ވެއެވެ. އެހެންވީމާ، މީހަކު ﷲ ސުބްޙާނަހޫ ވަތަޢާލާއާއެކު އިޚްލާޞްތެރިވެ، ވަގުތުގެ އަމާނާތް، ވަގުތުގެ ނިޢުމަތް ސީރިއަސްކޮށް ނަގައިފިނަމަ، އެމީހަކަށް ހަފުތާއެއްގައި ހާސިލުކުރެވޭނީ އެހެން މީހަކަށް ދުވަހެއްގައި ހާސިލުކުރެވޭވަރެވެ. މުޅި ވަގުތު ކުރުވެފައިވާ ޒަމާނެއްގައިވިޔަވެސްމެއެވެ.
- ޑރ. ޢުމަރު ސުލައިމާންގެ ދަރުސަކުން