ޢާއިޝަތު ރަފާޙް ޢަލީ
· ޢީސާގެފާނުގެ ވާހަކަ:
ﷲ ތަޢާލާ ޒުޚްރުފް ސޫރަތުގެ 57 ވަނަ އާޔަތުން 65 ވަނަ އާޔަތައް ވަޙީ ކުރައްވާފައިވެއެވެ.
وَلَمَّا ضُرِبَ ابْنُ مَرْيَمَ مَثَلًا إِذَا قَوْمُكَ مِنْهُ يَصِدُّونَ ﴿٥٧﴾ وَقَالُوا أَآلِهَتُنَا خَيْرٌ أَمْ هُوَ ۚ مَا ضَرَبُوهُ لَكَ إِلَّا جَدَلًا ۚ بَلْ هُمْ قَوْمٌ خَصِمُونَ ﴿٥٨﴾ إِنْ هُوَ إِلَّا عَبْدٌ أَنْعَمْنَا عَلَيْهِ وَجَعَلْنَاهُ مَثَلًا لِّبَنِي إِسْرَائِيلَ ﴿٥٩﴾ وَلَوْ نَشَاءُ لَجَعَلْنَا مِنكُم مَّلَائِكَةً فِي الْأَرْضِ يَخْلُفُونَ ﴿٦٠﴾وَإِنَّهُ لَعِلْمٌ لِّلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَاتَّبِعُونِ ۚ هَٰذَا صِرَاطٌ مُّسْتَقِيمٌ ﴿٦١﴾ وَلَا يَصُدَّنَّكُمُ الشَّيْطَانُ ۖ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ ﴿٦٢﴾ وَلَمَّا جَاءَ عِيسَىٰ بِالْبَيِّنَاتِ قَالَ قَدْ جِئْتُكُم بِالْحِكْمَةِ وَلِأُبَيِّنَ لَكُم بَعْضَ الَّذِي تَخْتَلِفُونَ فِيهِ ۖ فَاتَّقُوا اللَّهَ وَأَطِيعُونِ ﴿٦٣﴾ إِنَّ اللَّهَ هُوَ رَبِّي وَرَبُّكُمْ فَاعْبُدُوهُ ۚ هَٰذَا صِرَاطٌ مُّسْتَقِيمٌ ﴿٦٤﴾ فَاخْتَلَفَ الْأَحْزَابُ مِن بَيْنِهِمْ ۖ فَوَيْلٌ لِّلَّذِينَ ظَلَمُوا مِنْ عَذَابِ يَوْمٍ أَلِيمٍ ﴿٦٥﴾
މާނައީ: مريم ގެފާނުގެ ދަރިކަލުންގެ ވާހަކަ مثال އެއްގެ ގޮތުގައި ކިޔައިދެއްވިހިނދު، އެހާރުން އެކަންތަކާމެދު ކަލޭގެފާނުގެ قوم ގެމީހުން މަލާމާތްކޮށް ހަޅޭލަވަތެވެ. (57) އަދި އެއުރެން ބުނޫއެވެ. ރަނގަޅީ، ތިމަންމެންގެ إله ންތައް ހެއްޔެވެ؟ ނުވަތަ އެކަލޭގެފާނު ހެއްޔެވެ؟ ކަލޭގެފާނާ جدل ކުރުމަށް މެނުވީ އެއުރެން އެ مثال ނުޖަހަތެވެ. އަދި ކިއެއްތަ! އެއުރެންނީ ހަމަދެކޮޅުވެރިކަން ބޮޑު ބަޔެކެވެ. (58) ތިމަންރަސްކަލާނގެ، އެކަލޭގެފާނަށް نعمة ދެއްވި އަޅަކުކަމުގައި މެނުވީ އެކަލޭގެފާނު ނުވެތެވެ. އަދި إسرآءيل ގެދަރިންނަށް عبرة އެއް ކަމުގައި އެކަލޭގެފާނު ލެއްވީމެވެ. (59) އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުންގެ ބަދަލުގައި ތިޔަބައިމީހުންގެ ފަހަށް، ބިމުގައި ملائكة ން ލައްވައިފީމުހެވެ. (60) އަދި ހަމަކަށަވަރުން، އެކަލޭގެފާނީ، قيامة ވުމުގެ ވަގުތަށް ހުރި علامة އެކެވެ. ފަހެ، ތިޔަބައިމީހުން އެދުވަހާމެދު شك ނުކުރާހުށިކަމެވެ! އަދި ތިޔަބައިމީހުން ތިމަންރަސްކަލާނގެ މަގަށް تبع ވާށެވެ! މިއީ ސީދާވެގެންވާ ތެދުމަގެވެ. (61) އަދި شيطان އާ ތިޔަބައިމީހުން (ތެދުމަގުން) އެއްކިބާކުރިޔަ ނުދޭހުށިކަމެވެ! ހަމަކަށަވަރުން، އެކަލޭގެއީ، ތިޔަބައިމީހުންނަށްހުރި ފާޅުވެގެންވާ عداوة ތެރިޔެކެވެ. (62) އަދި عيسى ގެފާނު، ފާޅުވެގެންވާ ހެކިތަކާއިގެން ވަޑައިގެންނެވިހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މިވަޑައިގަތީ، حكمة އާއިގެންނެވެ. އަދި ތިޔަބައިމީހުން އެކަންތަކާމެދު خلاف ވާ ބައެއް ކަންތައް ތިޔަބައިމީހުންނަށް ބަޔާންކޮށް ދެއްވުމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިމަންކަލޭގެފާނަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! (63) ހަމަކަށަވަރުން، اللَّه އެއީ، ތިމަންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަން ކުރާށެވެ! މިއީ ސީދާވެގެންވާ ތެދުމަގެވެ. (64) ފަހެ، އެއުރެންގެ މެދުގައި (އެބަހީ: نصارى އިންގެ މެދުގައި) އެކި جماعة ތައް (އެކަލޭގެފާނާމެދު) ދެބަސްވޫއެވެ. ފަހެ، އަނިޔާވެރިވީ މީހުންނަށް ވޭންދެނިވި عذاب ގެދުވަހު ހަލާކާއި ގެއްލުން ހުށްޓެވެ. (65)