އަނބިމީހާ ހުޝިޔާރުވެއްޖެނަމަ ފިރިމީހާގެ ކަންކަން ބަދަލުކުރުވޭނެ! ނުރަނގަޅު ސިފަކުން ސަލާމަތްކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
އަނބިމީހާ ހުޝިޔާރުވެއްޖެނަމަ ފިރިމީހާގެ ކަންކަން ބަދަލުކުރުވޭނެ! ނުރަނގަޅު ސިފަކުން ސަލާމަތްކުރެވޭނެ!

މިމައުޟޫއަށް ޢިލްމްވެރިއެއްގެ ބަސްފުޅު ވަރަށްފަހުންވެސް ވާނީ ގެނެސްދެވިފައެވެ. މިއީ ދިރިއުޅުމަށް އެންމެ މުހިންމުމައުޟޫޢުކަމަށްވުމުން މިގެނެސްދެނީ އިތުރު ޢިލްމްވެރިއެއްގެ ބަސްފުޅެވެ.  

"ފިރިމީހާއަކީ ޢާއިލާގެ ބޮލެވެ. އެއީ އެއްވެސް މީހަކު ދެބަސްވާނެ ކަމެއް ނޫނެވެ.  އެހެންކަމަށްވީނަމަވެސް އަނބިމީހާ ހުޝިޔާރުވެއްޖެނަމަ ފިރިމީހާގެ ކަރަކީ އަނބިމީހާ ކަމަށް ވެވޭނެއެވެ."  

މިއީ މުސްކުޅި އަންހެނަކު ބުނެފައިވާ ވަރަށް ހަރު ބަހެކެވެ. މާނައަކީ އަނބިން ހުޝިޔާރުވެ އެކަމަށް މަސައްކަތްކޮށްފިނަމަ ޢާއިލާގެ ކަންކަން އަނބިމީހާ ބޭނުންވާ ގޮތަށް ކުރިއަށް ގެންދެވޭނެއެވެ.

ސިކުނޑި އިންނަނީ ބޮލުގައި ކަމަށްވެފައި ބޮލުގެ މުހިންމުކަން ކިތަންމެ ބޮޑުނަމަވެސް ބޮލަކަށް އެއިގެ އަމިއްލަ ޒާތުގައި ޙަރަކާތްތެރިއެއް ނުވެވޭނެއެވެ. ބޮލަށް ޙަރަކާތްތެރިވެވޭނީ ކަރު ޙަރަކާތްތެރިވެއްޖެނަމައެވެ. މިޘާލަކަށް ނާރުއެރުން ފަދަ ކަމެއް މެދުވެރިވެގެން ނަމަވެސް ކަރު ވަކިއަތަކަށް އެނބިރިއްގެނަމަ ބޮލަށް ޖެހޭނީ ކަރު އިން ގޮތަށް އެނބުރި އިންނާށެވެ.  

މިމިޘާލުން އެނގިގެން މިދަނީ ބޮލާއި ކަރު ގުޅިގެން އެކުގައި މަސައްކަތްކުރަންޖެހޭނެ މިންވަރެވެ. މާނައަކީ ކޮންމެ ދެމަފިރިއަކުވެސް މަސައްކަތްކުރަންވީ ވީހައި ބޮޑަށް ގުޅިގެން ކަންކަން ކުރަން ކަމެވެ. އަދި މިޘާލުން އަންގައިދެނީ ފިރިމީހާ ހަމަމަގަށް އެޅުވުމުގައި އަނބިމީހާއަށް ވަރަށް މުހިންމު ދައުރެއް އެބަ އޮތް ކަމެވެ.  

ޒަވާޖީ ޙަޔާތުގެ ކާމިޔާބީ ގުޅިފައިވަނީ ދެމަފަރިން އެކުވެރިވެ ގުޅިގެން އަދި އެކަކު އަނެކަކަށް އިޙްތިރާމްކޮށްގެން ކަންކަން ކުރަން މަސައްކަތްކުރި މިންވަރެއްގެ މައްޗަށެވެ. ދެމަފިރިން އެކަކު އަނެކަކަށް އިޙްތިރާމް ނުކޮށް އަމިއްލަ ވިސްނުމުގައި ކަންކަން ކުރަން އުޅޭނަމަ ގިނަފަހަރު ކާމިޔާބީގެ ބަދަލުގައި ކުރިމަތިވާނީ ނާކާމިޔާބީއެވެ. އަދި ކައިވެނީގެ އެންމެ މުހިންމު އެއް ބޭނުމަކީވެސް ދެމީހުން ގުޅިގެން ކުރިއަށްދާން މަސައްކަތްކުރުމެވެ.

 

- އުސްތާޛާ ހީނާ ޚާން މުޚްތާރުގެ ދަރުސަކުން

މިއަދު އޮންލައިން