މުހިންމީ ދެމަފިރިންގެ ގުޅުން ހެއްޔެވެ؟ ފައިސާ އިތުރުކުރުން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
މުހިންމީ ދެމަފިރިންގެ ގުޅުން ހެއްޔެވެ؟ ފައިސާ އިތުރުކުރުން ހެއްޔެވެ؟

ސުވާލެކެވެ؟ އެހާގިނަ ފައިސާ ބޭނުންވަނީ ކީއްކުރަން ހެއްޔެވެ؟ ޢާއިލާއަށް ޚަރަދުކޮށް އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވެގެން ކަމަށްވާނަމަ ކިތަންމެ ގިނަ ފައިސާ ހޯދިޔަސް ދިރިއުޅުމުގެ އުފާވެރިކަން ގެއްލިއްޖެނަމަ ހޯދި ފައިސާއިން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެހެންވެ ތަޖުރިބާކާރު ޢިލްމްވެރިން ވިދާޅުވަނީ ތަނަވަސްކަމަށްވުރެ މުހިންމުކަން ބޮޑީ ދެމަފިރިންގެ ގުޅުމުގެ ކަމަށެވެ.  

ވިސްނުމުގައި މިކަން މިގޮތަށް ބަހައްޓަވައިގެން އިތުރަށް ވިސްނަވައިލައްވާށެވެ!  

ކޮންމެ މުޖުތަމަޢުއަކަށް ބެލިނަމަވެސް ދިރިއުޅެން ކުރަންޖެހޭ ޚަރަދުތައް މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. އާމްދަނީ އިތުރުކުރަން މިވަނީ މަސައްކަތްތަކެއް ކުރަން ޖެހިފައެވެ. ކައިވެންޏަށްފަހު ޚަރަދުތައް ބޮޑުވެގެންދެއެވެ. އެހެންވެ އިތުރު އާމްދަނީ ހޯދަން އިތުރަށް މަސައްކަތްކުރަންވެސް ޖެހެއެވެ.  

ނަމަވެސް އެއީ ކައިވެނީގައި ވާންޖެހޭ އެންމެ ބޮޑު ޤުރްބާނީކަމަށް ބަލައިގެން ކައިވެނި ކާމިޔާބެއް ނުކުރެވޭނެއެވެ. ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް ދެމަފިރިން އެކުގައި ވަޤުތު ހޭދަކުރަން މަސައްކަތްކުރަންޖެހޭނެއެވެ. ދެމީހުންގެ މެދުގައި ވާހަކަ ދައްކައިލާނެ ވަޤުތު ހުސްކުރެވެންޖެހޭނެއެވެ. ޚާއްޞަކޮށް ދެމީހުންނަކީ އެކުގައި ނިދަން އޮށޯންނަ ބައަކަށްވާންޖެހޭނެއެވެ. ހަމައެފަދައިން ދެމީހުންނަކީ އެކަކު އަނެކަކަށް ތެދުވެރި ވަފާތެރިން ކަމުގައިވެސް ވާންޖެހޭނެއެވެ.  

މިކަންކަމަކީ ކައިވެނީގައި ވާންޖެހޭ އެންމެ މަތިވެރި ޤުރްބާނީއެވެ. މިޤުރްބާނީ ނުވެ ހަމައެކަނި ފައިސާ އިތުރުކުރަން މަސައްކަތްކޮށްގެން ޒަވާޖީ ޙަޔާތް ކާމިޔާބެއް ނުކުރެވޭނެއެވެ. ނުހަނު ލޯބިން އެހައިމެ ގިނަ އުންމީދުތަކާއިއެކު ކުރި ކައިވެނި ފޭލްވާންޖެހިއްޖެނަމަ ބުރަ މަސައްކަތްކޮށްކޮށްގެން ހޯދި ފައިސާތަކުން ލިބޭނީ ކޮން އުފާވެރިކަމެއް ހެއްޔެވެ؟

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން