ބައްޕައާ ނުލައި ކުދިން މިސްކިތަށްފޮނުވާއިރު ގެއިން މީހަކާއެކު ފޮނުވަން މަސައްކަތްކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ބައްޕައާ ނުލައި ކުދިން މިސްކިތަށްފޮނުވާއިރު ގެއިން މީހަކާއެކު ފޮނުވަން މަސައްކަތްކުރާށެވެ!

ގިނަބައަކު ޤަބޫލުކުރާގޮތުގައި ކުދިން އެކަނިގޮސްވެސް މިސްކިތުގައި އުޅެނީ ރަނގަޅަށެވެ. ގިނަފަހަރު މައްސަލަޖެހެނީ ނުރަނގަޅު ކުދިންނާއި ބައްދަލުވުމުންނެވެ. އެކުދިން އުޅޭ ގޮތަށް އުޅެވެންފަށާތީއެވެ. މިޙާލަތުން ދަރިން ސަލާމަތްކުރެވޭނީ އެކަނި މިސްކިތަށް ނުފޮނުވައި ގޮވައިގެން ބައްޕައަށް ދެވޭނަމައެވެ. ބައްޕައަށް ނުދެވޭނަމަ ގެއިގެ ކޮންމެވެސް މީހަކު ގޮވައިގެން ދިއުމުންނެވެ.  

ކުޑަކުދިން އެކަނި މިސްކިތަށް ފޮނުވުން:  

ކުޑަކުދިން ނަމާދަށް ހޭނުވުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު އެއް މަސްއޫލިއްޔަތެވެ. އޭގެ ތެރޭގައި ފިރިހެން ކުދިން ޖަމާޢަތުގެ ނަމާދަށް ހިތްޖައްސުވައި އެކަމަށް އާދަކުރުވުންވެސް ހިމެނެއެވެ. 

އެހެނަސް އެ ކުދިން ކުޑައިރުގައި އެކަނި މިސްކިތްތަކަށް ފޮނުވުމުން ބައެއް ފަހަރު އެކަމުގެ ނޭދެވޭ ނަތީޖާތައް ފެނެއެވެ. ބައްޕަ ނުވަތަ ބޭބެ ނުވަތަ އެ ނޫންވެސް އިތުބާރު ކުރެވޭ މީހަކާ އެކުގައި ފޮނުވާށެވެ.  

އަޅުގަނޑުމެންގެ މުޖުތަމަޢުގެ އަދުގެ ޙާލަތަށް ބަލާއިރު  އެކުދިން ޅަ ޢުމުރުގައި އެކަނި މިސްކިތަށް ފޮނުވުމުން މަގުމަތީގައި އުޅޭ ވިޔާ ނުދާ ކުދިންނާއި އެކި ފިކުރުތަކުގެ  އަހުލުވެރިންގެ ޝިކާރައަކަށް އެކުދިން ވެގެން ހިނގައިދާނެއެވެ. ‎ 

﴿ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا﴾ [سورة الفرقان ٧٤]

މާނައީ: "އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާ ވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!"

 

- ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ 

މިއަދު އޮންލައިން