ސުވަރުގޭގެ މަތީދަރަޖަ ހޯދަން މަސައްކަތްނުކޮށް ތިބެން ހެޔޮވާނީ ކިހިނަކުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
ސުވަރުގޭގެ މަތީދަރަޖަ ހޯދަން މަސައްކަތްނުކޮށް ތިބެން ހެޔޮވާނީ ކިހިނަކުންތަ؟

ޢަބްދުﷲ ބުނު ޢުމަރު މިވިދާޅުވަނީ، "وخُذْ من صِحَّتِك لمرضِك "  ބަލިމަޑުކަން އައުމުގެ ކުރީގާ ތިބާއަށް ލިބިގެންވާ ޞިއްޙަތުގެ ޢާފިޔަތުގެ ދުވަސްތަކުގައި އެއިންފައިދާ ހޯދާށެވެ. " ومِنْ حَيَاتِكَ لِمَوْتِكَ " ތިޔަބައިމީހުނަށް ﷲ ދެއްވާފައިވާ ޙަޔާތު، މިދިރިއުޅުން، ދުނިޔޭގެ މިދިރިއުޅުމުން ތިބާ ތިބާގެ މަރު އައުމުގެ ކުރީގާ ތިބާ އެއިން ފައިދާ ލިބިގަންނާށޭ. އެހެންވީމާ ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވާފައިވާ މަގުގާ ހިނގާށޭ. ފާފަވެރިގޮތތަކަށް އަރައިނުގަންނާށޭ، ކިޔަމަންތެރިކަން އަދާކުރާށޭ،  

އެއީ މަރުވުމަށްފަހު ޢަމަލެއްނެތް، ޢަމަލުގެދުވަހަކީ މީ. ގޮވާން ކުރަންވީ ދުވަސްމީ. އާޚިރަތް ދުވަހަކީ ގޮވާންކަނޑައިގެން އޭގެ ނަތީޖާ ލިބޭދުވަސް. އެހެންވީމާ، އެކަމަށް ތައްޔާރުވާށޭ. މިއީ އާޚިރަތާ އަޅާ ބަލާއިރު އެއްވެސް ތަނެއްނޫން. މިއީ ކެހިވެރި ދިރިއުޅުމެއް. ދުނިޔޭގެ މުދަލާ ދުނިޔޭގެ އަރާމާ، ލައްޒަތާ މިކަންކަމަކީ ކެހިވެރި ކަމެއްކަމުގައި ﷲ ކަނޑައަޅުއްވާފައި ވަނީ،   الله سُبْحَانَهُ وَتَعَالَى  ކަނޑައަޅުއްވާފަ އެވަނީ  "وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ " އެހެންވީމާ މިކަމަށް އަޅުގަނޑުމެން  ހެއްލިގެން ނުވާނެ. މީގެ މާނައެއްނޫން އަޅުގަނޑުމެން ތަނަވަސްކަން ނުހޯދާށޭ.  ޙަލާލު ގޮތުގާ ތަނަވަސްކަން ހޯދިދާނެ، ނަމަވެސް އަޅުގަނޑުމެން އާޚިރަތް ބާއްޖަވެރި ކުރުވާނެ ކަމަކަށް އެކަން ކަން ހަދަންޖެހޭނީ، އެކަމަށްޓަކައި އަޅުގަނޑުމެން ހިތްމުޅިން އެކަމަށް ދޫކޮށްލައިގެން އެކަމަށް މަޝްޣޫލު ވެގެންއުޅެގެންނުވާނެ.  

އާޚިރަތް ބާއްޖަވެރި ކުރުވާނެ ކަންތައްތައް ދޫކޮށްލާފަ ހަނދާންނައްތާލާފަ ހަމައެކަނި ދުނިޔެއާއި ގެން އުޅެގެން ނުވާނެ. އަޅުގަނޑުމެން ދުނިޔެއިން ހޯދަންޖެހޭނީ އަޅުގަނޑުމެން އާޚިރަތް ބާއްޖެވެރި ކުރުވާނެ ކަންތައްތައް އާޚިރަތުން އެއްކިބާ ކޮށްފިއްޔާ ކޮބައިތޯ ސަލާމަތް، މީ އެއްވެސް މުދަލެއްނޫން ކިތަންމެ މުދަލެއް ދެއްވިއަސް އަގެއް ހުރި އެއްޗެއްނޫން ކީރިތި މާތް ނަބިއްޔާ ﷺގެ ޙަދީޘް ބަސްފުޅެއްގެ މާނާއިގާ އާދޭ ﷲ ގެ ޙަޟްރަތުގައި މަދިރިއެއްގެ ފިޔައެއްގެ މިންވަރު މިދުނިޔެއަށް އޮތްނަމަވެސް ވާހަކަޔަކީ އެހާވެސް އެވަރުގެ އަގެއްވެސް އޮތްނަމަ ﷲ ސުބްޙާނަހޫ ވަތަޢާލާ ކާފަރަކަށް އެންމެ ފެންކޯވަރެއްވެސް ނުދެއްވާނެ. އެއްވެސް އަގެއް ހުރި އެއްޗެއް ނޫން އެހެންވީމާ އެމީހުނަށްވެސް ދެއްވާނެ އަނެއްކޮޅުން އާޚިރަތުގެ ވާހަކަ ތަކުގައި ޙަދީޘްފުޅު ކުރައްވާފައިވޭ ތިޔަބައިމީހުންކުރެ މީހެއްގެ އަސާކޮޅު (ގެންގުޅޭ އަސާ) އެއަސާކޮޅުގެ ތަންކޮޅެއްވެސް ސުވަރުގެއިން ލިބުން ވެސް އޭނާޔަށް މުޅި ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ ހެޔޮ ކަންބޮޑެވެ. 

 

- ޝައިޚް މުޙައްމަދު ލަޠީފްގެ ދަރުސަކުން 

 

މިއަދު އޮންލައިން