ފަހުދިހައިގަ ޘަވާބު އިތުރުކުރަންވެސް އަނބިމީހާއަށް ހެޔޮކޮށްހިތުން އިތުރުކުރާށެވެ! އަނބިމީހާ ފިރިމީހާއަށް އިޙްތިރާމްކުރުން ބޮޑުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ފަހުދިހައިގަ ޘަވާބު އިތުރުކުރަންވެސް އަނބިމީހާއަށް ހެޔޮކޮށްހިތުން އިތުރުކުރާށެވެ! އަނބިމީހާ ފިރިމީހާއަށް އިޙްތިރާމްކުރުން ބޮޑުކުރާށެވެ!

ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު މީހަކަށްވުމަށްޓަކައި އަނބިމީހާއަށް ހެޔޮކޮށް ހިތުން އެންމެ ބޮޑަށް އިތުރުކުރަންޖެހޭކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.

ޙަދީޘްފުޅުގައި އެގޮތަށް އޮތުމުން އެނގެނީ އަނބީމީހާ އޭނާގެ ފިރިމީހާއަށް އެންމެ ބޮޑަށް ހެޔޮކޮށް ހިތުމުން އަނބިމީހާއަށްވެސް ހަަމއެދަރަޖަ ދެއްވަވާނެ ކަމެވެ. އަދި މިއީ މިޙަދީޘްފުޅުގެ ލަފްޒީ މާނައެވެ. ފުރިހަމަ މާނަ މާފުޅަލެވެ. ދަރިންނާއި މައިންބަފައިންނާއި ޢާއިލާގެ މީހުންނަށް ހެޔޮކޮށް ހިތުންވެސް ހިމެނެއެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ރަމަމާން މަހުގެ ފަހުދިހަ ލައިގަތީއެވެ. މިއުޅެނީ ކުރަންވާވަރާއި ގާތަކަށްވެސް އަޅުކަން ނުކުރެވިގެންނެވެ. މުޞްޙަފުން ދުވާލަކު ފޮތެއް ކިޔުނީވެސް މަދުމީހަކަށެވެ. އެހެންކަމަށްވާއިރު އަނބިމީހާއަށާއި ޢާއިލާއަށް ހެޔޮކޮށް ހިތުން އިތުރުކޮށްލައިގެން އެކަމުން ލިބެން އޮތް ޘަވާބު ލިބިގަންނަން މަސައްކަތްކުރުން ވަރަށް މުހިންމު ނޫންހެއްޔެވެ؟  

ހަމައެއާއިއެކު ވަރަށް ގިނަ އަޅުކަން ކުރެވުނު މީހުންވެސް ތިބޭނެއެވެ. އެމީހުންވެސް މިކަމަށް ސަމާލުކަންދޭށެވެ. ވީހާ ގިނަ ޘަވާބު ހޯދަން ގަދައަޅައި މަސައްކަތްކުރާށެވެ. ޤިޔާމަތް ދުވަހު ކޮންމެ މީހަކަށްވެސް އުޅެންޖެހޭނީ ކުރެވުނު އަޅުކަން މަދުވެގެން އެކަމުގެ ހިތާމައިގައެވެ. ވީމާ ތިމާއަށް ވަރަށް ގިނަ އަޅުކަން ކުރެވުނު ކަމަށް ވިސްނޭނަމަ އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ.  

އަހުރެން މިދިން ނަޞީޙަތުގައި ހިފަހައްޓައި ޢަމަލުކޮށްފިނަމަ އެމީހަކަށް ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ. ގަދައަޅައި މަސައްކަތްކުރަންވީ ރަމަޟާން މަހު ވީހާގިނަ އަޅުކަންކޮށް މިރަމަޟާން މަހު ތިމާގެ ފާފަތައް ފުއްސައި ދެއްވަވައި ސުވަރުގެ ވައްދަވާ އަޅުންގެ ތެރޭގައި ތިމާ ހިމެނުމަށެވެ. ނޫންނަމަ އެމީހަކު ވާނީ އަބާއްޖަވެރިއަކަށްކަން ޙަދީޘްފުޅުން އެނގެން އެބައޮތްކަމާއިމެދު ވިސްނާށެވެ.

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން