ފަހުދިހައިގެ ރޭތަކުގަ ރޭއަޅުކަމަށް ދަރިން ހޭލައްވަން ޖެހޭތަ؟
އެހީއެއް :
ފަހުދިހައިގެރޭތަކުގައި ރޭއަޅުކަންކުރުމަށް ދެމަފިރިން އެކަކު އަނެކަކު ހޭލައްވަން ޖެހެއެވެ. އަދި ދަރިންވެސް ހޭލައްވަން ޖެހެއެވެ.
ޢާއިޝަތުގެފާނުގެ ބަސްފުޅަކުން އެނެގެން އޮތީ ރަމަޟާން މަހުގެ ފަހުދިހަ ފެށުމުން ރޭއަޅުކަން ކުރެއްވެވުމަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ "ޢާއިލާ" ހޭލެއްވެވިކަމެވެ. ވީމާ ގޭގައި ކުރިޔަސް މިސްކިތުގައި ކުރިޔަސް ރޭއަޅުކަންކުރުމުގައި ދަރިން ހޭލައްވައި ބައިވެރިކުރުވާށެވެ. އެކަމަށް ދަރިންގެ ނިދި ގެއްލުމަށްވުރެ ކުރާނެ ފައިދާ މާބޮޑުވާނެއެވެ.
It was narrated that ‘Aishah said:
“When the last ten days of Ramadan began, the Prophet (ﷺ) used to stay up at night, tighten his waist- wrap, and wake up his family (to pray).”
Reference
: Sunan Ibn Majah 1768
ކޮންމެ ދުވަހަކުވެސް އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ދެއްވާ 1 ކިޔުންތެރިއަކަށެވެ. ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އިނާމުލިބުމަށް ހޮވޭ ކިޔުންތެރިއަކަށް ފޭސްބުކް މެސެންޖަރުން މެސެޖެއް ލިބިލައްވާނެއެވެ. މެސެޖް ލިބިލެއްވުމުން 7788020 އަށް ގުޅާލަދެއްވާށެވެ. ނޫނީ 7788020 އަށް ވަޓްސްއަޕުން މެސެޖެއް ކޮށްލަދެއްވާށެވެ.