ދުނިޔޭގެ ދިރިއުޅުން އުފާވެރިކޮށް އަދި އާޚިރަތް ލިބިގަންނަން އެދޭމީހާ ފުރަތަމަ ކަމަކަށްވެސް ކުރަން އޮތްކަމަކީ މިފަދަ ޙަދީޘްފުޅުތައް ދަސްކޮށް ޢަމަލުކުރުމެވެ.
މީސްތަކުންގެ ބަސް އޮޅުންފިލުވަން އޮތީ އެއިގެ ފަހުންނެވެ. ސަބަބަކީ މީސްތަކުން ދައްކާ ވާހަކައިގައި އުނިކަންކަން ހުންނާނެއެވެ. ނަމަވެސް އެއްވެސް ޙަދީޘްފުޅެއްގައި އުނިކަމެއް ނުވެއެވެ. އޮންނާނީ އެންމެ ފުރިހަމައަށެވެ.
ދުނިޔޭގައި ހޭދަކޮށްލަން ލިބޭ މަދު ދުވަސްކޮޅުގެ ބޭނުން ﷲ ތަޢަލާ އަންގަވާފައިވާ ފަދައިން ނުހިފޭނަމަ އެމީހަކީ ޤިޔާމަތް ދުވަހުން އިންސާނެއްގެ ގޮތުގައި ތިމާ ދުނިޔެއަށް ފޮނުއްވެވީތީ އެކަމަށް ހިތާމަކުރާނެ މީހެކެވެ. ޖަނަވާރުތަކަށް ދެއްވަވާނެ ޢިނާޔަތްވެސް ލިބޭނެ މީހަކަށް ނުވާނެތީއެވެ.
އެޙާލަތުން ސަލާމަތްވެވެން މިއޮތީ ޤުރްއާނާއި ސުންނަތަށް ޢަމަލުކޮށްގެންނެވެ. ވިސްނުންތެރިކަމާއިއެކު ވިދާޅުވެލައްވާށެވެ!
أَلْحَمْدُ للهِ رَبِّ الْعَالَمِيْن وَالصَّلاَةُ وَالسَّلاَمُ عَلَى أَشْرَفِ الْأَنْبيَاءِ وَلْمُرْسَلِيْن ، نَبِيِّنَا مُحَمَّدُ وَعَلَى آلِهِ وَصَحْبِهِ أجْمَعِيْن، وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَي يَوْمِ الدِّيْن : أمّا بَعْد ،
السّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبِرَكاتُه
عَنِ اِبْنِ عُمَرَ رَضِيَ اَللَّهُ عَنْهُمَا- قَالَ: أَخَذَ رَسُولُ اَللَّهِ - صلى الله عليه وسلم - بِمَنْكِبِي, فَقَالَ: { كُنْ فِي اَلدُّنْيَا كَأَنَّكَ غَرِيبٌ, أَوْ عَابِرُ سَبِيلٍ } وَكَانَ اِبْنُ عُمَرَ رَضِيَ اللهُ عَنْهُمَا يَقُولُ: إِذَا أَمْسَيْتَ فَلَا تَنْتَظِرِ اَلصَّبَاحَ, وَإِذَا أَصْبَحْتَ فَلَا تَنْتَظِرِ اَلْمَسَاءَ, وَخُذْ مِنْ صِحَّتِكَ لِمَرَضِك, وَمِنْ حَيَاتِكَ لِمَوْتِكَ. رَوَاحُ اَلْبُخَارِيُّ.
عَبْدُ الله بْنِ عُمَرَ رَضِيَ اَللَّهُ عَنْهُمَا ގެ އަރިހުން ރިވާވެގެންވެއެވެ. قَالَ: أَخَذَ رَسُولُ اَللَّهِ - صلى الله عليه وسلم - بِمَنْكِبِي އެކަލޭގެފާނު ވިދާޅުވިއޭ ﷲ ގެ ރަސޫލާ صلى الله عليه وسلم ތިމަންކަލޭގެފާނުގެ ދެކޮނޑުފުޅުގާ ހިއްޕަވާފަ ވިދާޅުވިއެވެ. عَبْدُ الله بْنِ عُمَرَ ، އޭރުއެއީ ވަރަށް ޒުވާން ބޭފުޅެއް ޒުވާނުންނަށް ދެއްވާ އަހަންމިއްޔަތު މީގެން އެގެނީ، ކީރިތި މާތް ނަބިއްޔާ ﷺ ޒުވާނުންނަށް ދެއްވާފައިވާ އަހަންމިއްޔަތު . އެލޭގެފާނުންގެ ދެކޮނޑުފުޅުގާ ކީރިތިމާތް ނަބިއްޔާ ﷺ އަތްޕުޅު އަޅުއްވާ ހިފަހައްޓަވާފާ މި ޙަދީޘްފުޅު ކުރައްވަނީ،
އެއީ އެގޮތަށް އެކަލޭގެފާނު ކަންތައްތައް ކުރެއްވީމާ، އަޑުއަހާމީހާ އެކަމަށް ޝައުޤުވެރިވާނެ. އެކަމަށް ކަނުލާ އަޑުއަހާނަމަ، އެކަމަށް ހުޝިޔާރުވާނަމަ، އޭރުން އޭނާ އެކިޔާދެވޭ އެއްޗަކާމެދުގާ އޭނާ މާބޮޑަށް ވިސްނާނެ. އެ ރައްކާތެރި ކުރާނެ.
އެހެންވީމާ ﷲ ގެ ނަބިއްޔާ ﷺ އެގޮތަށް އެ ޢަމަލުފުޅު ކުރެއްވީ، އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވަނީ" فِى الدُّنْيَا كَأَنَّكَ غَرِيْب " އޭ ޢަބްދުﷲ އޭ ތިބާ ދުނިޔޭގާ ވާށޭ ބީރައްޓެއްސެއް ފަދައިން. ތިމާގެ ވަޒަން ދޫކޮށްފަގޮސް އެހެންތަނަކަށް ގޮސްއުޅޭ މީހެއްފަދައިން. އަބަދަކު ދެމިހުންނާނެ މީހެއް ނޫނޭ ތިއަކީ" أَوْ آخِرُ سَبِيْلِ " ނުވަތަ ދަތުރެއްގެ މަތީގަވާ މީހެއްފަދައިން. ނުވަތަ ފުރަތަމަ އެއަކީ ބީރައްޓެއްސެއް ފަދައިން ވާށޭ، ބީރައްޓެއްސަކު ނުވަތަ ތިމާގެ ވަޒަން ދޫކޮށް ތަނަކަށް ގޮސްއުޅޭ މީހަކު އޭނަ އެތާގާ ދެމިހުންނާނެ ކަމަކަށް އޭނައެއް ނުބަލާނެ އެމީހާ ބޭނުންވާ ކަންތައްތައް ކޮށްލައިގެން އޭނަ ދާނީ އޭނަގެ ވަޒަނެއްކަމަކަށް ނުބަލާނެ ހިތްހަމަ ޖެހިގެން އެތާކު، ދެން އެއަށްފަހު ޙަދީޘްފުޅު ކުރެއްވީ، نُعَاتَ މާނައަކި ކޮބޭ؟ ފަހަރެއްގާ ވަޒަންދޫކޮށްފާ އެހެންވަޒަނަކަށް ގޮސްއުޅޭ މީހާވެސް ބީރައްޓެއްސެއް ފަދައިންވާ މީހާވެސް އޭނަ އެހުންނަ މުއްދަތު އެތާގަ ހުރުމަށްފަހު ފަހަރެއްގާ އޭނަ ބޭނުންވެދާނެ އެތާގަ އިތުރަށް ހުރެލަންވެސް އޭނަގެ ވަޒަނަކަށްވެސް ހަދާފާނެ ފަހަރެއްގާ މިހާރުވެސް ކިތައް މީހުންތޯ އެމީހުންގެ އަމިއްލަ ވަޒަން ދޫކޮށް ގޮސް އެހެންތަންތާނގަ އެވަޒަންވެރިވަނީ.
އެހެންވީމާ އެއަށްވުރެވެސް އަދި މާ ޚާއްޞަ ގޮތެއްގެވާހަކަ މި ޙަދީޘްފުޅު ކުރައްވަނީ أَوْ އެއީ ބަދަލު މިވަނީ އެއް ޙާލަތުން އަނެއް ޙާލަތަށް "أَوْآخِرُ سَبِيْلِ" ނުވަތަ ދަތުރެއްގެމަތީވާ މީހާ، މަގެއް ހުރަސްކޮށްލަނީ މުސާފިރެއް އެމުސާފިރަކު ކިހާވަގުތެއް ހޭދަކުރާނެ ތަނެއް ހުރަސްކޮށްލައިފިނަމަ ކިހާވަޤުތެއް ހޭދަކުރާނެ އެމީހަކު ބޭނުންވާނެ އޭނަގެ ދަތުރަށް ބޭނުންވާމިންވަރު އުފުލަން އެއަށްވުރެ ބަރުކޮށް ބޭނުމެއްނުވާނެ އުފުލާކަށް އޭނަގެ ދަތުރަށް ބޭނުންވަނީ ކިހާވަރެއްތޯ؟ ކިހާހެދުމެއްތޯ؟ ކިހާ ކާނާއެއްތޯ؟ އޭނަގެ ދަތުރަށް ވާނެ މިންވަރު އޭނަ އުފުލާނީ އެއަށްވުރެ ބޮޑުކޮށެއް އޭނަ ބޭނުމެއްނުވާނެ އުފުލާކަށް.
އެހެންވީމަ ދުނިޔެއަކީ އެފަދަ ތަނެއްކަމުގައި ބަލާށޭ ތިމާ އަބަދުމެ ދިރިއުޅޭނޭ ތަނެއްނޫނޭ، ތިމާގެ ޙަޤީޤީ ވަޒަނެއް ނޫނޭ އެއްޔަކީ، ޙަޤީޤީ ވަޒަނަކީ އާޚިރަތް، އެހެންވީމާ އެޔަށް މަސައްކަތްކުރާށޭ ތިބާގެ ތަނަވަސްކަން ތިބާގެ ހިތަށްނުލާށޭ ތިމާގެ އަތުގަ ބާއްވާށޭ ބޭނުން ވަގުތަކު ތިމާއަށް އޭގެން ސަލާމަތްވެވޭނޭ. އެކަމު ހިތުގަ ބާއްވައިފިއްޔާ ސަލާމަތް ނުވާނެ. އެހެންވީމާ އެނަޞޭޙަތް މިދެއްވަނީ ޢަބްދުﷲ ބުނު ޢުމަރު ރަޟިޔަﷲ ޢައްހުމާއަށް.
މިނަޞޭޙަތްޕުޅު އެރުވިއެއްކަމަކު މީ މުޅި އުންމަތަށް އޮތް ނަޞޭޙަތެއް އެހެންވީމާ ޢަބްދުﷲ ބުނު ޢުމަރު ރަޟިޔަﷲ ޢަންހުމާ، ޢަބްދުﷲ ބުނު ޢުމަރަކީ ޢުމަރުގެފާނުގެ ދަރިކަލުން ކީރިތި މާތް ނަބިއްޔާ ﷺ ގެ އަރިހުން އެންމެ ގިނައިން ޙަދީޘް ރިވާކުރެއްވި ހަބޭކަލުންގެ ތެރެއިން އެއްބޭކަލަކު އެއީ ޢަބްދުﷲ ބުނު ޢުމަރު، ޞަޙާބާއިންގެ ތެރޭގާ ފިޤުހުވެރި ބޭކަލެއް ފަސް ޢަބްދުﷲ އެކަމުގާ މަޝްހޫރުވެގެންދިޔަ އަރާ ތިއްބެވި އޭގެ ތެރެއިން އެއް ޢަބްދުﷲ ، އެއީ، ޢަބްދުﷲ ބުނި ޢުމަރާއި، ޢަބްދުﷲ ބުނު ޢަމްރާއި، ޢަބްދުﷲ ބުނު ޒުބައިރާއި، ޢަބްދުﷲ ބުނު ޢައްބާސް އާއި، ޢަބްދުﷲ ބުނުމަސްޢޫދު، މިހުރިހާ ބޭފުޅުންނަކީ މިއަދު މިކިޔަނީ ކީކޭ " އަލްޢަބާދިލަ " އެހެންވީމާ މިފަސް ބޭފުޅުންނަކީ ވެސް އެހާމެ ޢިލްމުވެރި އެހާމެ ޤަދަރު މަތިވެރި ވެގެންވާ ޞަޙާބީން، އޭގެ ތެރެއިން އެއްބޭކަލެއްމީ.
ކީރިތި މާތް ނަބިއްޔާ ﷺ މިޙަދީޘްފުޅު ބަޔާންކޮށްދެއްވީމާ، ޢަބްދުﷲ ބުނު ޢުމަރު ވިދާޅުވާކަމަށްވަނީ "إِذَا أَمْسَيْتَ فَلا تَنْتَظِرِ الصَّباحَ،" ތިބާ ހަވީރުކޮށްފިނަމަ ހެނދުނަށް އިންތިޒާރު ނުކުރާށެ. މީގެ ދެމާނައެއް އެބަކުރެވޭ އެއީ ތިބާ ހަވީރު ކޮށްފިއްޔާ ހަވީރަށް ކުރަންހުރި ކަމެއް ހެނދުނަށް ނުބާއްވާށޭ. އަނެއް މާނައަކީ މިޙަދީޘްގެ ލަފްޟު ތަކަށް ބަލާއިރުގާ އެންމެ ކައިރި މާނައަކީ އެއީ، ތިބާ ހަވީރުކޮށްފިނަމަ އިންތިޒާރު ނުކުރާށޭ ހެނދުނު ވަންދެން ތިބާ ދުނިޔޭގަ ހުރެދާނެ ކަމަށް. ޢަމަލު ކުރާށޭ ހެޔޮކަން ކަންތައްތައް ކުރާށޭ، ހެޔޮޢަމަލުތައް ގިނަކުރުންމީ ތިމާއަށްލިބިގެންވާ ޢުމުރު، ހީނުކުރާށޭ ދެމިގެންދާނެ ކަމަށް އެތައް އަހަރަކަށް
الله سُبْحَانَهُ وَتَعَالَى ވަތަޢާލާ ތިބާއަށް މިދެއްވާފައިވާ މިޢުމުރު މީ އިސާހިތަކުން ތިބާ އެޢުމުރަށް އަލްވަދާޢު ކިޔާން ދާން ޖެހިދާނެ ޢުމުރެކޭ ނުވިސްނާށޭ އެންމެ ހިނދުކޮޅަކަށްވެސް ތިމާއަށް ހުރެވިދާނެ ކަމަށް އެއީ ޣައިބުގާވާ ކަމެއް "وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ" އެއްވެސް ނަފްސަކަށް ކޮންތަނެއްގަކަމެއް އޭނަމަރުވާނީ ނޭނގޭ އެވަޤުތެއް ނޭނގެ އެހެންވީމަ ކޮންމެ ވަޤުތަކުވެސް މަރު އަތުވެދާނެ އެހެންވީމަ ތައްޔާރުވެ ހުންނާށޭ. މިތާނގަ މިދުނިޔަވީ ޙަޔާތަކީ އަބަދު މީހާ އެތަނެއްގާ ހުންނާނޭ ކަމަށް ބަލައިގެން އުޅޭތަނަކަށް ނުހަދާށޭ، އެއީއެއް ނޫނޭ މުއުމިނުންގެ ޙަޤީޤީ ވަޒަނަކީ ޙަޤީޤީ ވަޒަނަށްޓަކާ ތިބާ ތައްޔާރުވާށޭ، ހެޔޮ ޢަމަލުތައް ގިނަކުރާށޭ
ނިކަން ވިސްނާލަބައްލަވާ މިޙަދީޘްގެ މަދު ލަފްޟުކޮޅާ އެކުގަވެސް މިހާގިނަ މާނަތަކެއްދޭ ޙަދީޘްފުޅެއްތޯ ކިހާ މަތިވެރި ޙަދީޘްފުޅެއްތޯ. އެހެންވީމަ މީހާއަށް ލިބިފައިވާ ޢުމުރަކީ ކަނޑައެޅިފައިވާ އެއްޗެއް އެމީހެއްގެ އަޖަލު ލިޔުއްވާފަ ހުންނާނީ އެއެއް އަޅުގަނޑުމެންނަކަށް ނޭނގޭނެ އެހެންވީމާ އަޅުގަނޑުމެން ޢަމަލު ކުރަންވީ ނިކަން ވިސްނާލަ ބައްލަވާ ދެން މިވިދާޅުވަނީ ޢަބްދުﷲ " إِذَا أَصْبَحْتَ فَلا تَنْتَظِرِ المَساءَ،" އަދި ތިބާ ހެނދުނު ކޮށްފިއްޔާމުން ހަވީރުވާނެ ކަމަށްވެސް އިންތިޒާރު ނުކުރާށޭ ކުރަންޖެހޭ ކަންތައް ކުރާށޭ، ފަހަށް އެއްވެސް ކަމެއް ނުބާއްވާށޭ.
- ޝައިޚް މުޙައްމަދު ލަޠީފްގެ ދަރުސަކުން