ފުރަތަމަ ކަމަކަށް ގިނަގިނައިން "އަސްތަޣްފިރުﷲ" ކިޔައި ތިމާގެ ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވެވުމަށް އެދޭށެވެ.
ދެވަނަ ކަމަކަށް ﷲ ތައާލާ ތިބާއަށް ދެއްވަވާފައިވާ ނިޢުމަތްތަކުގެ މަތިން ހަނދުމަކޮށް ޝުކުރުވެރިވާ އަޅަކު ކަމުގައިވާށެވެ.
ތިންވަނަ ކަމަކަށް އެންމެންނަށް ހެޔޮކޮށްހިތާށެވެ! ހެޔޮކޮށްހިތުން ވާޖިބު އެންމެންނަށް ކޮށްދޭންޖެހޭ އެއްވެސް ކަމަކަށް އިހްމާލް ނުވާށެވެ!
ހަތަރުވަނަ ކަމަކަށް ދުލުން ނުބައި ބަސްތައް ނުބުނާށެވެ. ހިތްހަމަނުޖެހޭ ޙާލަތުގައިވެސް ރިވެތި ގޮތުގައި މުޢާމަލާތުކުރާށެވެ.
ފަސްވަނަ ކަމަކަށް ކިތަންމެ ކުޑަނަމަވެސް ފާފައަކަށް އަރައި ނުގަނެ ހުންނަން ގަދައަޅައި މަސައްކަތްކުރާށެވެ. ހަމައެއާއިއެކު ކިތަންމެ ކުޑަނަމަވެސް ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމަށް އަވަސްވެގަނެ، ވިއްދައިގެން ހެޔޮ ޢަމަލެއްވެސް ކުރާށެވެ.
ފަރުޟްތަކަށާއި ސުންނަތްތަކަށް ރައްކައުތެރިވަމުން މި 5 ކަންތައް ކުރުމުގައި ދެމހުރެއްޖެ މީހަކު ސުވަރުގެ ވައްދަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން