އެއްވެސް ޝައްކެއް ނެތެވެ. ސޯޝަލްމީޑިއާގައި ތިބާކުރި އެންމެ ޝެއާއަކީ ތިބާއަށް ނަރަކައަށް ވަންނަން ޖެހޭނެ ސަބަބުކަމަށްވެސް ވެދާނެއެވެ. އެއީ އެޝެއާއެއްގެ ސަބަބުން ބައަކު މަގުފުރެދި ފާފަކުރުމުންނެވެ.
ދީނުގެ ޙުކުމެއް މީހަކަށް ނުވަތަ ބައަކަށް އޮޅުމުންވެސްމެއެވެ. އެކަމުގެ ޒިންމާ އުފުލަން ތިބާއަށް ޖެހޭނެތީއެވެ.
ކުރިން މިބުނީ ބިރުވެތިވެ ސަމާލުކަންދޭންވީ ކަންތަކެވެ. ދެން މިބުނަނީ އުފާކޮށް ޢަމަލުކުރަން އޮތް ބައެވެ. އެއީ ތިބާކުރާ އެންމެ ޝެއާއެއްގެ ސަބަބުންވެސް ތިބާއަށް ސުވަރުގެ ޙައްޤުވެދާނެ ކަމެވެ. އެޝެއާގެ ސަބަބުން ހިތާމަތަކެއްގައިހުރި މީހަކަށް ހިތްހަމަޖެހުން (ﷲ ގެ މަގުގަ) ލިބުނީތީއެވެ. އެޝެއާގެ ސަބަބުން މީހަކު ނުވަތަ ބައަކު ފާފަކުރަން ބިރުވެތިވީތީއެވެ. އެޝެއާގެ ސަބަބުން ހެޔޮ ޢަމަލުރަން ކަންނެތްވެފައި ތިބި ބައަކަށް ހޭލުންތެރިވެވި ހެޔޮ ޢަމަލުތައް ކުރަން ފެށީތީއެވެ.
ޙަދީޘްފުޅުގައި އޮތީ ތިބާގެ ސަބަބުން މީހަކު ހެޔޮ ކަމެއް ކޮށްފިނަމަ އެމީހަކަށް އެއްވެސް މިންވަރެއް ނުކުރައްވަވައި ތިބާއަށްވެސް ހެޔޮކަން (ޘަވާބު) ދެއްވަވާނެ ކަމަށެވެ. ވީމާ ޛިކުރުކުރުން ފަދަ ކަންކަން ކުރަން އިނދެ ވަރުބަލިވުމުން ފޯނުނަގައި ކުރަން އޮތް އެންމެ ފައިދާހުރި ކަމަކީ ތިބާއަށް އެކަމަކުން ރަޙްމަތް ލައްވަވާނެ ލިޔުންތަކާއި ވީޑިއޯތައް ޝެއާކުރުމެވެ.
ހިތާމައަކީ ގިނަބައަކަށް އެކަން ނުކުރެވި ތިމާއަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަންކަން ކުރެވޭކަމެވެ. ފާފަވެރިވާނެ ކަންކަން ކުރެވޭ ކަމެވެ. ވީމާ އަހުރެންގެ މިކުރު ނަޞީޙަތްކޮޅު ޤަބޫލުކޮށް އަވަހަށް ޢަމަލުކުރަންފަށާށެވެ. ތިމާއަށް ޘަވާބު އިތުރުވާނެ ކަންކަން ކުރާށެވެ. އެއީ ތިމާއަށް ސުަވރުގެ ޙައްޤުވާ ސަބަބުކަމަށްވުމަށްއެދިގެންނެވެ.
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން