އެހީއެއް:
ފަރުޟް ކުރައްވަވާފައިވަނީ ފަތިސްނަމާދެވެ. ޢީދުނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ސުންނަތް ނަމާދެކެވެ. ވީމާ އިސްކަންދީގެން ކުރަންއޮތީ ފަތިސްނަމާދެވެ. ފަތިސްނަމާދުކުރުމަށް ސަމާލުކަންދެއްވާށެވެ!
މިއަހަރުގެ ފިޠުރު ޢީދު ދުވަސް ތައްޔާރުވަނީއެވެ. ގިނަ ބައަކު ފޭރާން އެތެރެކުރަނީ ބޭރުންނެވެ. އޯޑަރުކޮށްގެންނެވެ. ހެދުން (ފިރިހެނުންނާ އަންހެނުންގެ) ފަހައިދޭ އެތައް ސަތޭކަތަނެއް ހުރިއިރު ހުރިހާ ތަނެއްގެ ހުރިހާ ފަހާފޮށިތައް މެދުކެނޑުމެއްނެތި މަސައްކަތްކުރާތާ އެތައް ދުވަހެކެވެ. މީގެ އިތުރުން އަމިއްލައަށް ފަހާ މީހުންވެސް ބައިވަރެވެ.
މިކަންކަމުން އެނގެނީ ޢީދު ދުވަހަށް ތައްޔާރުވެވޭ މިންވަރެވެ. އެކަމަކު ރެޑީ މިކުރަނީ ޢީދުނަމާދަށްދިއުމަށް ލާނެ ފޭރާމެވެ. އެންމެ މުހިންމު ކަންތަކަށް ތައްޔާރުވެވެނީ މަދު މީހަކަށެވެ. މިބުނަނީ ފަތިސްނަމާދުކުރުމުގެ ވާހަކައެވެ.
ގިނަ ބައަކަށް މިކަންކަން ގިނަ ބައަކަށް ނުވިސްނޭތީ ހަމަ ހަނދުމަކޮށްލައިދިނީއެވެ.
ކޮންމެ ދުވަހަކުވެސް އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ދެއްވާ 1 ކިޔުންތެރިއަކަށެވެ. ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އިނާމުލިބުމަށް ހޮވޭ ކިޔުންތެރިއަކަށް ފޭސްބުކް މެސެންޖަރުން މެސެޖެއް ލިބިލައްވާނެއެވެ. މެސެޖް ލިބިލެއްވުމުން 7788020 އަށް ގުޅާލަދެއްވާށެވެ. ނޫނީ 7788020 އަށް ވަޓްސްއަޕުން މެސެޖެއް ކޮށްލަދެއްވާށެވެ.