ދެމަފިރިންވެސް އުފާވެރިކަން ހޯދަންވީ ބައިވެރިޔާގެ ކިބައިންކަން ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ދެމަފިރިންވެސް އުފާވެރިކަން ހޯދަންވީ ބައިވެރިޔާގެ ކިބައިންކަން ޤުރްއާނުން-

ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވެއެވެ. 

وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ ‎﴿٢١﴾‏

މާނައީ ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ نفس ތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. (21) 

މިއީ ދެމަފިރިންގެ ވާހަކައެވެ. އެއީ ވަކީމީހަކަށް ކަމަށް ބަލައިގެން ދިރިއުޅުމެއް ނުލިބޭނެއެވެ. " އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ." މިފަދައިން އޮތުމުންނެވެ. ވީމާ ދެމަފިރިންވެސް އުފާވެރިކަން ހޯދަންވާނީ ބައިވެރިޔާގެ ކިބައިންނެވެ. " ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ." އެނގިގެން މިދަނީ ދެމަފިރިންވެސް ދިރިއުޅުމާއިމެދު ފިކުރުކުރަންޖެހޭނެ ކަމެވެ.  

ދިރިއުޅުމާއިމެދު ފިކުރުކުރާކަމަށްވާނީ ދެމަފިރިންވެސް ދިރިއުޅުން އާރާސްތުކުރަން މަސައްކަތްކުރުމުންނެވެ. އެކަމުގައި ދެމަފިރިން ބައިވެރިނުވެ ދިރިއުޅުން ކާމިޔާބެއް ނުކުރެވޭނެއެވެ.  

ﷲ ތަޢާލާގެ ދީންމަތީގައި ޘާބިތުވެ ތިބެ ކުރިއަށްދާން މަސައްކަތްކުރާ ކޮންމެ ދެމަފިރިއަކަށްވެސް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން