ކުރެވޭ ފާފަތައް ފުއްސަވައިދެއްވަވައި ﷲ ތަޢާލާގެ ރުހިވޮޑިގަތުމާ ލޯބިވެވޮޑިގަތުންވެސް ލިބުން އެދިގެން ކުރަން އޮތް ޢަމަލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ކުރެވޭ ފާފަތައް ފުއްސަވައިދެއްވަވައި ﷲ ތަޢާލާގެ ރުހިވޮޑިގަތުމާ ލޯބިވެވޮޑިގަތުންވެސް ލިބުން އެދިގެން ކުރަން އޮތް ޢަމަލު-

ފާފަތައް ގުއްސަވައި ދެއްވެވުމާއި ޤިޔާމަތްދުވަހު ރަސޫލް (ﷺ)ގެ ޝަފާޢަތް ލިބުން ގުޅުފައިވަނީ ހަމަ އެންމެ ކަމަކާއެވެ! އެއީ ރަސޫލް (ﷺ) އަށް ފުރިހަމަ ގޮތުގައި ތަބަޢަވުމެވެ. ސުންނަތުގައި ހިފެހެއްޓުމެވެ. ސުންނަތަށް ޢަމަލުކުރުމެވެ.  

އެކަން އެނގޭ އެއް ކަމަކީ ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅެވެ.  

"ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، ﷲ އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ! އޭރުން، ﷲ، ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." (އާލްޢިމްރާމް: 31) 

ފުރަތަމަ ކަމަކަށް މިއާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައި އެވަނީ " ތިޔަބައިމީހުން، ﷲ އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ!"

ދެވަނަ ކަމަކަށް ވަޙީކުރައްވަވާފައި އެވަނީ " އޭރުން، ﷲ، ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ." 

މިބަސްފުޅަށް އިތުރަށް ބަލައިލަމާ ހިނގާށެވެ! އެނގިގެން މިދަނީ ފުރިހަމަ ގޮތުގައި ރަސޫލް(ﷺ) އަށް ތަބަޢަވުމުން އެމީހަކުދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާނެ ކަމެވެ. އަދި ރަޙްމަތެއްގެ ގޮތުން އެމީހަކަށް ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމެވެ.  

ދެން އޮތްބައަށްވެސް ބަލައިލަމާހިނގާށެވެ! " ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." 

މިވަޙީބަސްފުޅުން ލިބިގެންދަނީ ކިޔަމަންތެރިކަން އަދާކުރަން މަސައްކަތްކުރާނަމަ އެމީހަކަށް ކުރެވޭ ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމެވެ. އަދި ފާފަތައް ފުއްސަވައި ދެއްވެވުމުގައި އެކަލާނގެއީ ދީލަތިވަންތަ ރަސްކަލާނގެކަމެވެ.  

މީސްތަކުންނޭވެ! އެއްވެސް މީހަކީ އެމީހަކު މަރުވާނެ ވަގުތު އެނގޭ މީހެއް ނޫނެވެ! ވީމާ ކޮންމެ ކަމެއްގައިވެސް ރަސޫލް (ﷺ)ގެ ސުންނަތަށް ޢަމަލުކުރާށެވެ! ސުންނަތަށް ޢަމަލުކުރުން ދޫކޮށްނުލާށެވެ! ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބެން އޮތީވެސް، ފާފަތައް ފުއްސވައިދެއްވެވުން އޮތީވެސް އެގޮތުންކަން މިބަޔާންކުރި އާޔަތުން ވަރަށް ރަނގަޅަށް އެނގިގެން ހިނގައްޖެއެވެ.

 

- ޝައިޚް މުޙައްމަދު އަލް މާލިކީގެ ދަރުސަކުން

މިއަދު އޮންލައިން