ދެމަފިރިންގެ މެދުގައާ ޢާއިލާގަ ހަމަޖެހުން އޮތުމަށާ ރިޒުޤް ތަނަވަސްވުމަށް އެދޭނަމަ އަވަހަށް މިކަން އިޞްލާޙްކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ދެމަފިރިންގެ މެދުގައާ ޢާއިލާގަ ހަމަޖެހުން އޮތުމަށާ ރިޒުޤް ތަނަވަސްވުމަށް އެދޭނަމަ އަވަހަށް މިކަން އިޞްލާޙްކުރާށެވެ!

ގޭތެރޭގެ ކަންކަން ރަނގަޅުވެ ދިރިއުޅުމުގެ އުފާވެރިކަން ލިބެން އެދޭމީހާ ފުރަތަމަ ކަމަކަށް ގޭގައި ވަޒަންވެރިބެގެން ތިބި ޝައިޠޯނުންތައް ގެއިން ނެރެލާށެވެ! އެކަން ކުރެވޭނީ ގޭގައި ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކޮށްގެންނެވެ. ގޭގައި ﷲ ތަޢާލާއަށް އަޅުކަންކުރުން ގިނަކޮށްގެންނެވެ. 

މަސައްކަތް ނިންމާފައި ގެއަށް ދެވުމުން އަދި ގޭގައި އަބަދު ތިބޭ ބައަކުވެސް އެމީހުންގެ ހުރިހާ ވަގުތަކީ ﷲ ތަޢާލާގެ މަތިން ހަނދުމަނުކޮށް ކުޅިވަރާއި މުނިފޫހިފިލުމުގެ ވަގުތުތައް ކަމުގައި ހަދައި ލަވައާއި މިޔުޒިކުގެ އަޑުއަހައިގެން ނުވަތަ ފިލްމްބަލައިގެން ނޫނީ ހިތްހަމަޖެހުން ނުލިބޭނެ ކަމަށް ޤަބޫލުކުރުން ހުއްޓާލަން އެބަޖެހެއެވެ.

ކަންފަތަށް އަޑުއިވުން ދެއްވެވީ ﷲ ތަޢާލާކަން ޤަބޫލުނުކޮށް ގޭގައި ލަވައާއި މިޔުޒިކްގެ އަޑު ކިތަންމެ ގަދަނަމަވެސް ކަންފަތަށް އުނދަގޫނުވެފައި ބަންގީގެ އަޑު އިވުމުން ކަންފަތަށް އުނދަގޫވެ ޝަކުވާކުރާކުރެވޭނަމަ މިކުރެވެނީ ކިހައިވަރެއްގެ ކަމެއް ކަމާއިމެދު ވިސްނާލަން އެބަޖެހެއެވެ.  

ބާރުއަޑުގައި ޓީވީގެ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ބަލަން ތިއްބައިވެސް ޓިވީން ބަންގީގެ އަޑުއިވޭއިރަށް ވޮލިޔުމް ކަނޑާލާއިރު ﷲ ތަޢާލާ ތިމާމެންނަށް ދެއްވަވާ ރިޒުޤާއި އެހެންވެސް ނިޢުމްތައް ކަނޑުއްވަވާލައްވަވައިފިނަމަ ވާނެ ގޮތަކާއިމެދު އެންމެފަހަރަކުވެސް ވިސްނައިލީމުހެއްޔެވެ؟  

މީސްތަކުންނޭވެ! ކޮންމެ ބާވަތެއްގެ ނަމަވެސް ކުޅިވަރު ކުޅުމާއި މިޔުޒިކް ކުޅުމަކީ އަދި މިޔުޒިކް އަޑުއެހުމަކީ ތިމާގެ ވިސްނުން އެކަންކަމަށް ހުސްވެގެންދާނެ ކަންކަމެވެ. ދުނިޔެއަށް ފޮނުއްވަވާފައި މިތިބީ ވީހައި ގިނައިން ﷲ ތައާލާގެ މަތިން ހަނދުމަކުރުމަށެވެ. ހެޔޮ ޢަމަލުތައް ކުރުމަށެވެ.  ޛިކުރުކުރުމަށެވެ. 

ގެތަކުގައި މިކަންކަން އާދަނުވެގެން މިއުޅެނީ ކުރިން މިބުނި ފަދަ ޢަމަލުތައް ގޭގައި ކުރާތީ ޝައިޠޯނުންތައް ގޭގައި ވަޒަންވެރިވެގެން ތިބޭތީއެވެ. ޝައިޠޯނުންތައް ގޭގައި ގެންގުޅެނިކޮށް ރަޙްމަތުގެ މަލާއިކަތުން އެގެއަކަށް ވަދެވަޑައެއް ނުގަންނަވާނެއެވެ. އެފަދަ ގޭގޭގައި ޢާއިލީ ހަމަޖެހުމާއި ޙަޤީޤީ އުފާވެރިކަމާއި ހިތްހަމަޖެހުން އޮންނާނީ ކޮންގޮތަކުން ހެއްޔެވެ؟ މިކަންކަމަށް އަމިއްލައަށް ވިސްނައި އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްކުރަން އަވަސްވެގަންނާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން