ޤުރްއާނުން ހިތުދަސްކުރާ މިންވަރު ހިތުގަ ހަރުލައްވަން އުނދަގޫވާނަމަ ނިކަން މިއެންމެ ކަންތަކަށް ސަމާލުކަންދީބަލަ! ކާމިޔާބުކުރެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ޤުރްއާނުން ހިތުދަސްކުރާ މިންވަރު ހިތުގަ ހަރުލައްވަން އުނދަގޫވާނަމަ ނިކަން މިއެންމެ ކަންތަކަށް ސަމާލުކަންދީބަލަ! ކާމިޔާބުކުރެވޭނެ! އިން ޝާ ﷲ

ދީނުގެ ކަންކަން އޮޅުފިލުވަން މަސައްކަތްކުރި ނަމަވެސް އަދި ދަސްކުރި ނަމަވެސް ހަނދާނުގައި ހަރުނުލާ ކަމަށް ބައެއް މީހުން ބުނެއެވެ.

ކީރިތި ޤްރުއާން ކިޔެވި ނަމަވެސް ހިތުދަސް ނުކުރެވޭ ކަމަށްވެސް ބައެއް މީހުން ބުނެއެވެ. އަދި ޛިކުރާއި ދުޢާތައް ހިތުދަސްކުރިނަމަވެސް ހަރުނުލާކަމަށްވެސް ބުނެއެވެ.  

މިކަންކަމުގައި އެކިމީހުންގެ ޤާބިލުކަން ހުންނާނީ އެކިވަރަށެވެ. އެންމެންނަކީ އެއްވަރަށް ތޫނުފިލިކަން ލިބިފައިވާ ބައަކަށް ނުވެދާނެއެވެ. ނަމަވެސް ގިނަ ފަހަރު އެގޮތަށް މެދުވެރިވަނީ ހިތުގައި އިޚްލާޞްތެރިކަމެއް ނެތި ކަމަކަށް ކަމެއް ކުރާ އުޞޫލުން ކަންކަން ކުރަން އުޅެވޭތީއެވެ. ވީމާ އޚްލާޞްތެރިކަން އިތުރުކުރާށެވެ! މައްސަލަތަކަށް ހައްލު ލިބޭނެއެވެ! އިން ޝާ ﷲ! 

މީގެ އިތުރުން ތިމާއަކީ ވަރަށް ގިނަ ދީނީ މައުލޫމާތު ލިބިގެން ހުރި މީހަކަށްވެދާނެއެވެ. ކީރިތި ޤްރުއާން އެކުގައި ނުވަތަ ބޮޑުބައެއް ހިތުދަސް މީހަކަށްވެސް ވެދާނެއެވެ. ނަމަވެސް ތިމާއަކީ އިޚްލާޞްތެރިއަކު ކަމުގައި ނުވާނަމަ އެއިން އެއްވެސް ކަމަކުން އެމީހަކަށް ކުރާނެ އެއްވެސް ފައިދާއެއް ނުއޮންނާނެއެވެ.  

ރަނގަޅަށް ވިސްނައިލާށެވެ! ދީނީ ޢިލްމު އުނގެނިގެން ތިބި ހުރިހާ ޢިލްމުވެރިން އިސްލާމް ދީނަށް ޚިދުމަތްކުރާނަމަ ދުނިޔޭގައި މުސްލިމުންގެ ހާލަތު މިހާރަށްވުރެ އެތައް ހާސް ގުނައަކަށް ކުރި ނާރަންވީ ކީއްވެގެން ހެއްޔެވެ؟ ކީރިތި ޤްރުއާން އުނގެނިގެން ތިބި އެންމެން އިސްލާމް ދީނަށް ޚިދުމަތް ކުރާނަމަ ޤްރުއާން ކިޔަވަން ނުއެނގޭ މުސްލިމުން މިހައި ގިނަވާނެ ހެއްޔެވެ؟ މިފެންނަނީ އިޚްލާޞްތެރިވުމުގެ މައްސަލަތަކެވެ!  

މުސްލިމުންގެ ތެރެއިން ބައެއް މީހުންނަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އިޚްލާޞްތެރިކަމަކީ ކޮބައިކަން ނުއެނގުމެވެ. ވީމާ ފުރަތަމަ ކަމަކީ އިޚްލާޞްތެރިކަމަކީ ކޮބައިކަން ދަސްކުރުމެވެ. ހިތުގެ އެންމެ މަތީ މަޤާމް އިޚްލާޞްތެރިކަމަށް ދިނުމެވެ.  

އަލަށް އިސްލާމްވާ ވަރަށް ގިނަ މީހުން އިސްލާމްވުމަށްފަހު އަމަލުތަކުގައި އިޚްލާޞްތެރިކަން އިތުރުކަން ފާހަގަކުރެވެއެވެ. އެއީ އެމީހުން އިސްލާމްވީ އިޚްލާޞްތެރިކަމާއިއެކުގައި ކަމަށްވާތީއެވެ. އެ އިޚްލާޞްތެރިކަމުގައި ދެމިތިބެން ގަދައަޅައި މަސައްކަތްކުރާތީއެވެ. ހަމަ އެއާއިއެކު އެމީހުން އިސްލާމް ވަނީ އިސްލާމް ދީނުގެ ކަންކަން ވަރަށް ރަނގަޅަށް ބަލައި އިސްލާމް ދީނުގައި ހުރި ރަނގަޅުކަންކަން ޤަބޫލުކުރެވިގެން ކަމަށްވާތީއެވެ. ނަމަވެސް މުސްލިމުންގެ ގޮތުގައި ތިބެ އިސްލާމް ދީނުގައި ހުރި ފައިދާތައް ދެނެގަންނަން މަސައްކަތްކުރަން މުސްލިމުން މިދަނީ ފަސްޖެހެމުންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން