ޢީދު ކުޅިވަރެއްގައިވެސް ހިލޭ އަންހެނުންނާ ހިލޭފިރިހެނުން ގައިގޯޅިވެ ގައިގަ އަތްލުން ހުއްދަވާނެތަ؟
އެހީއެއް:
ޢީދު ކުޅިވަރެއްގައިވެސް ހިލޭ އަންހެނުންނާއި ހިލޭ ފިރިހެނުން ގައިގޯޅިވެ ގައިގަ އަތްލުން ހުއްދައެއް ނުވާނެއެވެ. ކުޅިވަރުކުޅެ އުފާކުރަން އޮތީ ދީނުގައި އޮތްމަގުންނެވެ. ރަމަޟާން މަހު ބުރަ މަސައްކަތުން ލިބިގަތް ޘަވާބުކޮޅު ގެއްލިގެން ދިއަނުދޭށެވެ! އަދި ކޮންމެ ކުޅިވަރެއްގައި އުޅުނަސް ފަރުޟް ނަމާދުތަކަށް ރައްކައުތެރިވާށެވެ!
ކޮންމެ ދުވަހަކުވެސް އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ދެއްވާ 1 ކިޔުންތެރިއަކަށެވެ. ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އިނާމުލިބުމަށް ހޮވޭ ކިޔުންތެރިއަކަށް ފޭސްބުކް މެސެންޖަރުން މެސެޖެއް ލިބިލައްވާނެއެވެ. މެސެޖް ލިބިލެއްވުމުން 7788020 އަށް ގުޅާލަދެއްވާށެވެ. ނޫނީ 7788020 އަށް ވަޓްސްއަޕުން މެސެޖެއް ކޮށްލަދެއްވާށެވެ.