ތިބާގެ ވާހަކަ އުޑުތަކުގައި ގަދަވެގެންދާނެ ޢަމަލު! ކުރަން ފަސޭހަ ކުޑަކުޑަވެސް ޢަމަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ތިބާގެ ވާހަކަ އުޑުތަކުގައި ގަދަވެގެންދާނެ ޢަމަލު! ކުރަން ފަސޭހަ ކުޑަކުޑަވެސް ޢަމަލެއް!

ކިތަންމެ ސިއްރުން ހެޔޮ ޢަމަލުތައް ކުރިކަމުގައިވިޔަސް އެކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. އަދި މީސްތަކުން ޛިކުރުކުރުމުން އުޑުތަކުގައި ތިއްބަވާ މަލާއިކަތުންނަށް އިވިވަޑައިގަންނަވާކަން ޔޫނުސްގެފާނުގެ ސިޔަރަތުން އެނގިގެންދެއެވެ. ވީމާ މީހަކު ހެޔޮ ޢަމަލުކޮށް ޛިކުރުކުރާނަމަ އެމީހެއްގެ އަޑު އުޑުތަކުގައި އުފުލިގެންދާނެކަން އެއޮތީ އެނގޭށެވެ.  

އަބޫ ޠަލްހާގެފާނު ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައިވެއެވެ.  

"އެއްދުވަހަކު ރަސޫލް (ﷺ) މޫނުފުޅުމަތި އުފާވެރިކަމުން ފުރިގެންދިއައެވެ. އަދި އެފަދަ ބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ސަބަބު ރަސޫލް ﷺ ބަޔާންކޮށް ދެއްވަވައި ހަދީޘްފުޅު ކުރެއްވެވިއެވެ. "ދެންމެ ޖިބްރީލްގެފާނު ތިމަން ކަލޭގެފާނު ( ﷺ )ގެ އަރިއަހަށް ވަޑައިގެންނެވިއެވެ. އަދި ވިދާޅުވިއެވެ. އެއްވެސް މީހަކު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވައިފިނަމަ ﷲ ތައާލާ އެމީހަކަށް 10 ފަހަރު ޞަލަވާތް ލައްވަވާނެތެވެ. އަދި ޖިބްރީލްގެފާނު ވެސް މެއެވެ."  

ކޮންމެ މީހަކުވެސް އެންމެ ބޭނުންވާނެ އެއް ކަމަކީ ﷲ ތައާލާ އާއި ޖިބްރީލްގެފާނު އެމީހެއްގެ ނަމުން މުޚާޠަބްކުރެއްވެވުމެވެ. ނިކަން ބުނެބަލާށެވެ! އެންމެ ބޮޑަށް އެދޭނީ އެކަމަށް ނޫންހެއްޔެވެ؟ އެއީ ކޮންމެ މުސްލިމަކަށް ވެސް ވަރަށް ފަސޭހައިން ޙާޞިލުކުރެވެން އޮތް ކަމެކެވެ. ހަމައެކަނި ކޮށްލަންޖެހޭނެ ކަމަކީ ރަސޫލް (ﷺ) އަށް ޞަލަވާތާއި ސަލާމް ލެއްވެވުން އެދި ދުޢާ ކުރުމެވެ. ވީއިރު މިއީ ކިހައި ފަސޭހައިން ކުރެވެން އޮތް ކަމެއް ހެއްޔެވެ؟  

 

- އިމާމް ޢުމަރު - ސުލައިމާނުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން