އަބަދުވެސް މީހުންނާ ގުޅެން ބޭނުންވާތީ ފޯނަށް ސަމާލުކަންދިނުމަށްވުރެ މުހިންމީ އަބަދު ﷲ ތަޢާލާއާއި ގުޅިގެންހުރުން! މިއޮތީ އެކަމަށް އޮތް މަގު! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
އަބަދުވެސް މީހުންނާ ގުޅެން ބޭނުންވާތީ ފޯނަށް ސަމާލުކަންދިނުމަށްވުރެ މުހިންމީ އަބަދު ﷲ ތަޢާލާއާއި ގުޅިގެންހުރުން! މިއޮތީ އެކަމަށް އޮތް މަގު! އިން ޝާ ﷲ

އަބަދުވެސް ﷲ ތަޢާލާ އާއި ގުޅިފައި ހުންނަން ބުނެވޭ އަޑު އިވެއެވެ. އެއީ ކިހަނަކުން ކުރެވެން އޮތް ކަމެއްތޯ؟  

ކިޔުންތެރިޔާ ތިއަ ސުވާލުކުރެއްވީ ވަރަށް ބޮޑުކަމެއްގެ ވާހަކައިންނެވެ. ގިނަ ބައަކަށް އެކަމުގެ މާނަ އޮޅިފައި އޮންނަ ކަމެއްގެ ވާހަކައިންނެވެ.  

ﷲ ތަޢާލާ އާއި އަބަދު ގުޅިފައިހުރުން ޢިލްމުވެރިން ތަފާތު ގޮތްގޮތަށް މާނަކުރައްވައެވެ. އެއިގެ ތެރެއިން އެއްގޮތަކީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަމެއް ނުކޮށް އަބަދުވެސް ކިޔަމަންތެރިކަމުގައި ހުރުމެވެ.  

އެހެންނަމަވެސް ގިނަ ޢިލްމުވެރިން މާނަކުރައްވަނީ ކިޔަމަންތެރިކަން އަދާކުރުމާއިއެކު ވީހާ ގިނައިން ﷲ ތަޢާލާ ހަނދުމަކުރުންމަތީގައި ހުރުމެވެ. ޛިކުރުކުރުންމަތީގައިހުރުމެވެ. މަތިވެރި ޛިކުރުތައް ކިޔުންމަތީގައި ހުރުމެވެ.  

އެއިގެ މާނައަކީ 24 ގަޑިއިރު ޛިކުރު ކިޔުމެއް ނޫނެވެ. ހުސްވަޤުތެއް ލިބޭއިރަށް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމާއި ޛިކުރުތައް ކިޔުމެވެ. ދުލުން ނުކިޔުނު ކަމުގައިވީނަމަވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަކީވެސް ޛިކުރުކުރުމެވެ.

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ. ފައިދާހުރި މަޢުލޫމާތުކޮޅެއް ލިބިވަޑައިގަންނަވާނެއެވެ. އިން ޝާ ﷲ   

މުސްލިމުން އަބަދުވެސް ވިސްނަންވާނީ ކޮންމެ ވަގުތަކުވެސް މަރު އައިސް ބައްދަލުކޮށްފާނެ ކަމަށެވެ. ވީހައި ގިނަ ހެޔޮ އަމަލުތައް ހިފައިގެން އާޚިރަތަށް ދެވިގެން ނޫނީ އެއްވެސް ސަލާމަތްކަމެއް ނެތް ކަމެވެ.  

އެކަމަށް ބިރުވެތިވެ ސަމާލުކަދޭމީހާ އެންމެ ގިނައިން ކުރަންއޮތް އެއް ކަމަކީ އެންމެ މަތިވެރި ކަލިމަތައް ކިޔައި ވީހައި ގިނައިން ޛިކުރުކުރުމެވެ. ތިމާއަށް އެއްވެސް ފައިދާއެއް ނުކުރާނެ ވާހަކަތައް ދެއްކުމާއި އެފަދަ ކަންކަމަށް ވިސްނުމުގެ ބަދަލުގައި ޛިކުރުކުރުން ފަދަ ތިމާއަށް ދުނިޔެއާ އާޚިރަތުގައި ފައިދާކުރާނެ ކަންކަން ކުރުމުގައި ވީހައި ގިނަ ވަގުތުތައް ހޭދަކުރުމެވެ. ހުސްވަގުތެއް ލިބޭއިރަށާއި ވަގުތު ހޯދައިގެންވެސް ޛިކުރުކުރުންމަތީގައި ދެމިހުރުމެވެ.  

ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ކަލިމައަކީ

1۔ سبحان الله 2. الحمد لله 3. لا إله إلا الله 4. الله أكبر 

ދޫމައްޗަށް ކިހައި ފަސޭހަހެއްޔެވެ؟ ކިޔޭ ޢަދަދު ގުނަން މަސައްކަތްކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. މަލާއިކަތުން އެކަން ބަރާބަރަށް ބަލަހައްޓަވާނެތެވެ! ގިނަގިނައިން ކިޔަމުން ގެންދަންވީއެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ޛިކުރުންމަތީގައި ހުންނަ ވަގުތުތަކުގައި ﷲ ތަޢާލާވެސް އެމީހަކުމަތިން ހަނދުމަފުޅު ކުރައްވަވާނެތެވެ! އެއީ ކީރިތި ޤުރްއާނުން އެނގެން އޮތްކަމެކެވެ. އެމީހެއްގެ މަތިން ﷲ ތަޢާލާ ހަނދުމަފުޅުކުރެއްވެވުމަށްވުރެ މަތިވެރި ނިޢުމަތަކީ ކޮބައިހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން