ހަނދުމަކޮށަދިނުމެއް!: ﷲ ގެ ލޯބިވެވޮޑިގަތުން ޙާޞިލުވާނެ ދިހަ ކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ހަނދުމަކޮށަދިނުމެއް!: ﷲ ގެ ލޯބިވެވޮޑިގަތުން ޙާޞިލުވާނެ ދިހަ ކަމެއް! އިން ޝާ ﷲ

އެއްވެސް މީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ޙާޞިލުކުރެވިއްޖެނަމަ އެއޮތީ ދެދުނިޔޭގެ އެންމެ ބޮޑު ނަޞީބުވެރިޔާ ކަމަށް ވެވިފައެވެ. ވީމާ އެއަށްވުރެ ބޮޑު އުފާވެރިކަމެއް ނެތެވެ. ނުވެސް އޮންނާނެއެވެ.  

ﷲ ގެ ލޯބި ޙާޞިލުވާނެ 10 ކަމެއް!  

1-     ކީރިތި ޤުރުއާނުގެ އާޔަތްތަކާއިމެދު ވިސްނާ ފިކުރުކުރަމުން ޤުރުއާން ކިޔެވުން

2-     - ސުންނަތް ނަމާދުތަކަށް ރައްކާތެރިވުން

3-     ﷲ ގެ ޒިކުރު ކުރުން ގިނަކުރުން

4-     ތިމާ ރުހޭ ކަންކަމުގެ މައްޗަށް، ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަންކަމަށް އިސްކަންދިނުން

5-     ﷲ ގެ އިސްމުފުޅުތަކާއި ސިފަފުޅުތައް މުޠާލަޢާކޮށް، އެޔާއި މެދު ވިސްނުން ހިންގުން

6-     ﷲ ގެ އިޙްސާންތެރިކަމާއި، އެއިލާހުގެ ނިޢުމަތްތަކަށް ބަލައި އިޙްސާސްކުރުން

7-      ﷲ ގެ ދަރުބާރުގައި ތިމާގެ ނިކަމެތިކަމާއި، އާރެއް ބާރެއް ނެތްކަމާއި، ބަލިކަށިކަމަށް އިޢުތިރާފުވުން

8-     ރޭގަނޑުގެ ފަހުބައިގައި ﷲ އަށް އަޅުކަންކޮށް، އިސްތިޣުފާރުކުރުން

9      ތަޤްވާވެރި ޞާލިޙު އަޅުތަކުންގެ މަޖިލިސްތަކުގައި ބައިވެރިވުން

10-ﷲ އާއި އަޅާއާއި ދެމެދު އޮންނަންޖެހޭ ގުޅުން ހީނަރުވާފަދަ އެންމެހައި ކަމަކުން ދުރުހެލިވުން

(مدارج السالكين - ابن القيم)

 

- ޝައިޚް އަޙްމަދު ރިމާޒް

މިއަދު އޮންލައިން