އަހަރެމެން ކޮންމެ މީހަކުވެސް ބަލިވެއްޖެނަމަ ޑޮކްޓަރަށް ދައްކަމުއެވެ. ބައްޔަކީ ދިގު މުއްދަތަށް ފަރުވާކުރަންޖެހޭ ބައްޔެއް ނަމަ މުޅި އުމުރުގައިވެސް ބޭސްކަމުއެވެ. ކޮލޮސްޓްރޯލް މަތިވުން، ލޭމައްޗަށް ދިއުން، ހިތުގެ ބަލި ފަދަ ފަދަ ބަލިތަކުގައި ބޭސްކާން ވަރަށް ފަރުވާތެރިވަމުއެވެ.
ބެސްކެއުމުގައި ވަރުވާކުޑަކޮށްލައިފިނަމަ ބަލި ބޮޑުވެ ފުރާނައަށްވެސް ނުރައްކާވާތީ އެކަމުގެ ބިރަށެވެ.
ހަމަ އެފަދައިން މީސްތަކުންގެ އެސްފީނާ އާއި ސިހުރާއި ޖިންނި ޝައިޠޯނުންގެ ކިބައިން ސަލާމަތްކަން ލިބުންވެސް އޮތީ ހަމަ މިފަދައިންނެވެ. އެކަންކަމުން ސަލާމަތްވާން ކުރަންޖެހޭ މަސައްކަތްތައް ކުރުމަކީ މުޅި އުމުރުގައިވެސް ކުރަން ޖެހޭނެ މަސައްކަތެކެވެ. އެކަމަށް ކުރަން އޮތް މަސައްކަތަކީ ކީރތި ޤުރްއާން ކިޔެވުމާއި ޛިކުރުތައް ކުރުމެވެ.
ބައެއް ބަލިތަކުގެ ބޭހަކީ 2 އިރު ކާންޖެހޭ ބޭހެވެ. ހަމައެފަދައިން ޛިކުރުކުރުމަކީ މދުވެގެން 2 އިރުކުރަންޖެހޭނެ ކަމެކެވެ. ފަތިސްނަމާދަށްފަހުގަ އާއި ޢަޞްރު ނަމާދަށް ފަހުގައެވެ. ހެނދުނާއި ހަވީރުގެ ޛިކުރުތަކުގެ ނަމުގައި ބައެއް ޛިކުރުތައް ޢާންމުވެފައިވަނީ އެ ސަބަބަށްޓަކައެވެ. ޛިކުރުކުރުމަކީ އެމީހަކު ދުނިޔޭގައި ހުރިހާ ދުވަހަކު ކުރަންޖެހޭނެ ކަމެކެވެ. ދާއިމީ ގޮތެއްގައި ބޭސްކާފަދައިންނެވެ.
އަބަދުވެސް ހަނދާންކޮށްދޭން މިޖެހެނީ އެއްކަމެކެވެ. ބަލިވުމުން ބޭސްކެއުމަށް ފަރުވާތެރިވާ ފަދައިން މިބަޔާންކުރި ފަދައިން މިކަންކަމަށްވެސް ފަރުވާ ލިބިގަންނަމުން ދިއުމަށެވެ. އެއީ ބޭސްކެއުމަށްވުރެވެސް މާ މުހިންމު ކަމެކެވެ.
ދެން ބައެއް މީހުން ކުރާ ސުވާލަކީ "އަހަރެންނަކީ މުއްމިނެކެވެ. އަހަރެން މިހުރީ އެންމެ ފުރިހަމަގޮތުގައި ﷲ ތަޢާލާއަށް އީމާންވެގެންނެވެ. ވީއިރު މުޞީބާތްތައް ކުރިމަތިކުރައްވަވަނީ ކީއްވެގެން ހެއްޔެވެ؟"
މިސުވާލުގެ ޖަވާބަކީ އީމާންވެގެން ހުރިވަރަށް ބައްލަވައިވޮޑިގަންނަވާނެއެވެ. އެކަމަކުވެސް އިމްތިޙާން ކުރައްވަވާނެ އެވެ. ދުނިޔޭގައި ހުރިހާ ދުވަހަކު އިމްތިޙާންތައް ކުރިމަތިކުރައްވަވާނެ އެވެ. ކާމިޔާބު ލިބޭނީ އިމްތިޙާންތަކުން ފާސްވުމުން ކަމެވެ.
- މުފްތީ މެންކުގެ ދަރުސަކުން