ފާފަކުރަން ހިތަށް އަރައިފިނަމަ އެކަމުން ސަލާމަތްވުމަށް 3 ކަމެއް އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ!
1 ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން
(ކޮންމެ މީހަކު ކޮންމެ ކަމެއް ކުރިނަމަވެސް އެކަން ﷲ ތަޢާލާ ވަގުތުން ދެކެދެނެވޮޑިގެންވެއެވެ.
2 މަލާއިކަތް ބޭކަލުން ތިމާގެ ޢަމަލުތައް ލިޔުއްވަވާކަން
(ކުރާ ކޮންމެ ޢަމަލެއް އެމީހެއްގެ ފަތުގައި ﷲ ތަޢާލާ ލިޔުއްވަވައެވެ.)
3 ތިބާ ހީވެސް ނުކުރާހައި ގާތުގައި މަރުވާކަން
(މަރުވާނެ ވަގުތެއް ހަމައެކަކަށްވެސް ނުއެނގޭނެއެވެ. ހަމަކުއްލިއަކަށް މަރުވުން ދުނިޔޭގައި ދަނީ ގިނަވަމުންނެވެ.)
މި 3 ކަންތައް ހިތްމައްޗަށް ގެނެވިއްޖެ ނަމަ އެމީހެއްގެ ހިތުގައި ފާފަކުރަން ބިރުވެތިކަން އުފެދި ފާފަކުރުމުން ދުރުހެލިވެވޭނެއެވެ. އިން ޝާ ﷲ
- މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް