މާފަށް އެދެމުން ކުށް ތަކުރާރުކުރާ މީހަކު އިޞްލާޙެއް ނުވާނެ! އޭނާ އެހޯދަނީ އިތުރަށް އަނިޔާކުރާނެ ފުރުޞަތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
މާފަށް އެދެމުން ކުށް ތަކުރާރުކުރާ މީހަކު އިޞްލާޙެއް ނުވާނެ! އޭނާ އެހޯދަނީ އިތުރަށް އަނިޔާކުރާނެ ފުރުޞަތު!

ކޮންމެ މީހަކަށް ނަމަވެސް ކުށެއް ކުރެވިދާނެއެވެ.

ބައިވެރިޔާއަށްވެސް ކުށެއް ކުރެވިދާނެއެވެ. ކުށެއް ކުރެވުމުން މާފަށް އެދިއްޖެނަމަ މާފުކުރަންވެސް ވާނެއެވެ. ކުށެއް ނުކުރެވޭނެ ހަމައެކަކުވެސް ނުހުންނާނެތީއެވެ.  

އެކަމަކު މާފަށް އެދި މާފުހޯދަމުން ކުށްތަކުރާރުކުރާނަމަ އެއީ ވަރަށް ވަރުގަދަ ރަތް ދިދައެވެ. ނުވަތަ ރަތްކާޑެކެވެ. އޭނާ އެހުރަސްކުރަނީ ރަތްރޮނގެވެ. ސަބަބަކީ އޭނާ އެކުރާ ކަމަކީ އިތުރަށް އަނިޔާކުރުމުގެ ފުރުޞަތު ހޯދުންކަމަށްވާތީއެވެ.  

މާފުކުރާށެވެ! އެއްފަހަރު ދެފަހަރުވެސް މާފުކުރާށެވެ! ތިންވަނަ ފަހަރު މާފުކުރަންވާނީ އިންޒާރުދިނުމާއިއެކުގައެވެ. ތިބާ އޭނާއަށް ރަތްކާޑު ދައްކާނެ ކަމުގެ އިންޒާރެވެ. އަދި އެހިސާބުން ކުށް ތަކުރާރުކޮށްފިނަމަ ރަތްކާޑުދައްކާށެވެ. އެއީ ތިބާ ކިތަންމެ ބޮޑަށް ލޯބިވާ މީހަކު ކަމަށްވީނަމަވެސްމެއެވެ.  

ބައެއް މީހުންނަށް ދެރަ ލިބެނީ މިގޮތަށް ކަންތައް ނުކުރެވޭތީއެވެ. އަނެކާ ރަތްކާޑުދައްކަންދެން މަޑުކުރެވޭތީއެވެ. އެއިރުން އެކަންވާނީ އަމިއްލައަށް ލިބިގަތް އަނިޔާއަކަށެވެ. ރަތްކާޑު އަމިއްލައަށް ލިބިގެންފައި ދެއްކި މީހާ ކުށްވެރިކުރުމަކުން ކުރާނެ ފައިދާއެއް ނެތެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން