ގޭގެ އަހުލުވެރިން ގޭގަ ޖަމާޢަތް ހަދައިގެން ޛިކުރުކޮށް، ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުން ވެސް ހަމަ މިހައިގިނަ ޘަވާބު ދެއްވަވާނެ! މިބޮޑު ރަޙްމަތްވެސް ލައްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 11ސ
ގޭގެ އަހުލުވެރިން ގޭގަ ޖަމާޢަތް ހަދައިގެން ޛިކުރުކޮށް، ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުން ވެސް ހަމަ މިހައިގިނަ ޘަވާބު ދެއްވަވާނެ! މިބޮޑު ރަޙްމަތްވެސް ލައްވަވާނެ! އިން ޝާ ﷲ

ﷲ ތަޢާލާ މީސްތަކުންނަށް ވިސްނުމުގެބާރުދެއްވަވާފައި ވިސްނައި ފިކުރުކުރަން އެންގެވީމާ ގިނަ މީހުންނަށް ވިސްނެނީ ވިސްނައިގެން ނުވާނެ ކަންކަމާއިމެދުގައެވެ. ކޮންމެހެން ވިސްނަން ޖެހޭނެ ކަންކަމަށް ވިސްނެނީ ވަރަށް މަދު މީހަކަށެވެ.  

މިޘާލެއްގެ ގޮތުން މިޔުޒިކް ޝޯއެއް ނުވަތަ ކުޅިވަރު ހަފްލާއެއް ބާއްވާނަމަ ނުވަތަ ސިނަމާއެއްގައި ފިލްމެއް އަޅުވައިފިނަމަ ކިތަންމެ ބޮޑު ޚަރަދެއްކޮށްފައިވެސް އެކަންކަމުގައި ބައިވެރިވެއެވެ. އެކަންކަމުގައި ބައިވެރިވުމުން ޢާޚިރަތް ދުވަހު އެއްވެސް މަންފާއެއް ނުކުރާނެކަން ރަނގަޅަށް އެނގިތިބެއެވެ. ވާނީ ފާފަވެރިކަމާއި ލިބޭނީ ގެއްލުންކަން ވެސް ރަނގަޅަށް އެނގިތިބެއެވެ.

އަހަރެމެން އެންމެންވެސް (އެންމެހައި މުސްލިމުން) އަބަދުވެސް ބުނަނީ ﷲ ތަޢާލާގެ ރަޙްމަތްފުޅަށް އެދޭ ކަމަށެވެ. ނަމަވެސް ﷲ ތަޢާލާ މަތިވެރިކުރުމަށް ނުވަތަ ޛިކްރް ކުރުމަށް ބޭއްވޭ މަޖިލިސްތަކުގައި ބައިވެރިވަނީ މަދު މީހެކެވެ. އަމިއްލަ ޖީބުން އެއްވެސް ޚަރަދެއް ނުކޮށް ހިލޭ ބައިވެރިވެވޭ އިރުވެސްމެއެވެ.  

ނިކަން ވިސްނައިލަބަލާށެވެ.

"ބައަކު ތަނެއްގައި ތިބެ ﷲ ތަޢާލާގެމަތިން ހަނދާން ކުރާނަމަ، ޛިކްރް ކުރާނަމަ މަލާއިކަތް ބޭކަލުން އެތަނެއްގައި ތިބި މީސްތަކުން ވަށައިލައްވަވައެވެ. އެތަނުގައި ތިބި މީސްތަކުންގެ ވާހަކަ ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލަވައެވެ.  

އެތަނުގައި ހިނގައިދިއަ ކަންތައްތައް އެންމެ މޮޅަށް ދެނެވޮޑިގެންވުމާއިއެކުވެސް އެތަނުގައި ހިނގައި ދިއަ ކަންތައްތަކާއިބެހޭ ގޮތުން ﷲ ތަޢާލާ ސުވާލުކުރައްވަވަތެވެ. ޖަވާބުގައި މަލާއިކަތް ބޭކަލުން އެތަނުގައި ކުރި ކަމަކީ އިނބަ ﷲގެ މަތިން ހަނދުމަކުރުމާއި ޛިކުރުކުރުން ކަމަށް ދަންނަވާނެއެވެ.

އެއަށްފަހު އެބައިމީހުން ތިމަން ﷲ ގެ ޙަޟްރަތުން އެދެނީ ކޮންކްމެއްތޯ ވެސް ސުވާލުކުރައްވަވާނެއެވެ. އެހިނދު މީސްތަކުން އިނބަ ﷲ ގެ ޙަޟްރަތުން އެދެނީ އެމީހުންނަށް ސުވަރުގެ ދެއްވެވުން ކަމަށް ދަންނަވާނެތެވެ. އެހިނދު "އެމީހުން ސުވަރުގެ ދެކެފައިވޭތޯ" ﷲ ތައާލާ ސުވާލު ކުރައްވަވާނެތެވެ. ޖަވާބުގައި މަލާއިކަތުން ދަންނަވާނެތެވެ. "އެބައިމީހުންނަށް ސުވަރުގެ ފެނިފައިވީނަމަ އަދި މާބޮޑަށް ސުވަރުގެ އެދޭނެތެވެ."  

އެހިނދު "އެބައި މީހުން ތިމަން ﷲގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދެނީ ކޮން ކަމަކަށް" ތޯ؟ ﷲ ތަޢާލާ ސުވާލު ކުރައްވަވާނެތެވެ. ޖަވާބުގައި "އެމީހުން އިނބަ ﷲ ގެ ޙަޟްރަތުން އެދެނީ ނަރަކައިގެ އަލިފާނުން ސަލާމަތް ކޮށްދެއްވެވުމަށް" ކަމުގައި ދަންނަވާނެތެވެ.  

އެހިނދު "އެމީހުންނަށް ނަރަކަ ފެނިފައިވޭތޯ؟" އާއި އަދި "އެބައިމީހުންނަށް ނަރަކަ ފެނުނު ނަމަ ކަންތައް ކުރާނީ ކިހިނަކުންތޯ؟" ﷲ ތަޢާލާ ސުވާލުކުރައްވަވާނެތެވެ. ޖަވާބުގައި "އެމީހުންނަށް ނަރަކަ ފެނިފައިވޭތޯ އާއި ފެނިފައިވާނަމަ ނަރަކައާއި ދުރަށް މާބާރަށް ދުވާނެ" ކަމަށް ދަންނަވާނެތެވެ.  

އެވާހަކަފުޅުތަކަށްފަހު މަލާއިކަތް ބޭކަލުން ހެކިކުރައްވަވައި އެ މަޖިލީހުގައި ތިބި އެންމެންގެ ކުށްތަކަށް ޢަފޫ ކުރައްވަވައިފިކަމަށް ﷲ ތަޢާލާ ވަޙީ ކުރައްވަވާނެތެވެ.  

އެހިނދު "އެވެނި މިވެނި މީހަކު އެތަނުގައި ތިބީ ދުނިޔަވީ ބޭނުމަކު" ކަމަށް މަލާއިކަތުން ދަންނަވާނެތެވެ. އެހިނދު ޢަފޫ ކުރެއްވެވީ އެމީހުންގެ ފާފަތަކާއިއެކުގައި ކަމަށް ﷲ ތަޢާލާ ވަޙީކުރައްވަވާނެތެވެ." މިއީ ޞަޙީޙް ޙަދީޘްފުޅުން އެނގެން ހުރި ކަންކަމެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިފަދަ ބައްދަލުވުމެއްގައި ބައިވެރިވެގެން ތިބާގެ ފާފަތައް ފުއްސަވައިދެއްވެވުމުގެ ފުރުޞަތު އޮތްއިރު އެކަމަށް ނުއެދެނީ ކީއްވެގެން ހެއްޔެވެ؟ ތިބާއަށް ކުރެވިފައިވާ ފާފަތައް ހެޔޮ އަމަލުތަކަށް ބަދަލުކުރުމުގެ ފުރުޞަތު އޮތްއިރު އެމަތިވެރި ނިޢްމަތް ލިބިގަންނަން ފަސްޖެހެނީ ކީއްވެގެން ހެއްޔެވެ؟  

އަހަރެން ބުނާނީ މިކަންކަން ތިބާއަށް އެނގުމަށްފަހު ތިބާގެ އުޅުމަށް ބަދަލެއް ނައިނަމަ ތިބާއަކީ ﷲގެ ރަޙްމަތްފުޅަށް އެދޭ މީހެއް ކަމާއިމެދު ސުވާލު އުފެދޭ ކަމަށެވެ.

 

- މުފްތީ މެންކްގެ ދަރުސަކުން                                                        

 

މިއަދު އޮންލައިން