ބައިވެރިޔާއަށް ކުރާ ކޯލްތަކަށާ ކުރާ މެސެޖްތަކަށް ޖަވާބުނުދޭނަމަ އެއީ ލޯބިވާ މީހެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ބައިވެރިޔާއަށް ކުރާ ކޯލްތަކަށާ ކުރާ މެސެޖްތަކަށް ޖަވާބުނުދޭނަމަ އެއީ ލޯބިވާ މީހެއް ނޫން!

މަސައްކަތުގައި އުޅޭ ވަޤުތުތަކުގައި ބޮޑުކަމެއް ނެތި ހަމައެކަނި އަނގައިން ބުނެލަން ބައިވެރިޔާ ގުޅާނަމަ ގިނަމީހުން ނަފްރަތުކުރެއެވެ. ރުޅިއައުދެއެވެ. ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫނެވެ.

ހަމައެކަނި އަނގައިން ބުނެލަން އެގުޅަނީ ތިބާދެކެ ވަރަށް ބޮޑަށް ލޯބިވާތީއެވެ. ތިބާގެ އަޑުނުއިވި ގިނައިރުވުމުން އުނދަގޫތައް ކުރިމަތިވާތީއެވެ.  

ކުރަންހުރި މަސައްކަތުގެ ގޮތުން އެވަޤުތު ކޯލަށް ޖަވާބުދެވެން ނެތްނަމަ ބިޒީކޮށްލާށެވެ. އެކަމަކުން މައްސަލައެއް ނެތެވެ. މައްސަލައަކަށްވަނީ ފަހުން އެކަން ހަނދާންނައްތައިލެވޭތީއެވެ. ގުޅޭގޮތް ވީހާއަވަހަކަށް ގުޅައިލާފައި ކިތަންމެ ކުރުކޮށްނަމަވެސް ވާހަކަދައްކައިލާށެވެ. މެސެޖެއް ކޮށްފިނަމަ ކުރުކޮށް ނަމަވެސް ޖަވާބެއް ދޭށެވެ. އެއީ ބައްދަލުވުމެއްގައި އިންނަމަވެސް ފޯނު އަތުގައި އޮތްނަމަ ކުރެވޭނެ ކަމެކެވެ.  

ދެން އޮތީ ބައިވެރިޔާ ތަކުރާރުކޮށް ގުޅާ މައްސަލައެވެ. ކޯލަށް ޖަވާބު ނުދެވުމުން ބައިވެރިޔާ ތަކުރާރުކޮށް ގުޅާނަމަ ޤަބޫލުކުރަންވީ އެގުޅަނީ ވަރަށް ބޮޑު ކަމެއް ޖެހިގެން ކަމެވެ. އެޙާލަތުގައި ފޯނުނަގައި އަޑުއަހަންވާނެއެވެ.  

މިހުންނަނީ ވަރަށް އާދައިގެ ކުދިކުދި ކަންކަން ކަމަށް ހީކުރެވުނަސް މިއީ ކުޑަކަމެއް ނޫނެވެ. މިބުނި މަގުން ކަންކަން ނުކުރާނަމަ ބައިވެރިޔާއަށް ވިސްނޭނީ އޭނާއަށް ސަމާލުކަން ކުޑަކުރަނީ ކަމަށެވެ. ނަތީޖާއަކަށްވާނީ ހިތުގައި ޝައްކުތައް އުފެދެން ފެށުމެވެ.  

ހަމަ އެއާއިއެކު ވިސްނަންވާނެ ކަމެއްވެސް ބުނެލާނަމެވެ. އެއީ  ބައިވެރިޔާއަށް ކުރާ ކޯލްތަކަށާ ކުރާ މެސެޖްތަކަށް ޖަވާބުނުދޭނަމަ އެކަމުން އަންގައިދެނީ އެއީ ތިމާދެކެ ލޯބިވާ މީހެއް ނޫންކަމެވެ. ތިމާދެކެ ލޯބިވާ މީހަކު އެގޮތަކަށް ކަންތަކެއް ނުކުރާނެއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން 

 

މިއަދު އޮންލައިން