މިއަހަރުގެ ރޯދަމަސް ނިމުނަސް ކުރިއަށް އޮތީ ސުންނަތް ރޯދައިގެ މޫސުން! ހިފާ ރޯދައިގެ ފުރިހަމަ ޘަވާބު ލިބިގަންނަން މިކަންކަމަށް ސަމާލުކަންދެމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
މިއަހަރުގެ ރޯދަމަސް ނިމުނަސް ކުރިއަށް އޮތީ ސުންނަތް ރޯދައިގެ މޫސުން! ހިފާ ރޯދައިގެ ފުރިހަމަ ޘަވާބު ލިބިގަންނަން މިކަންކަމަށް ސަމާލުކަންދެމާ!

މިއަަހަރުގެ ރޯދަމަސް އަޅުގަނޑުމެންނާއި ވަކިވެގެންދިއަ ނަމަވެސް މިފެށެނީ ސުންނަތް ރޯދަތައް ހިފުމާއި ޤަޟާރޯދަތައް ހިފުމުގެ މޫސުމެވެ. ގަރޯދަވެރިންގެ މޫސުމެވެ. ތަފާތު ސަބަބުތައް މެދުވެރިވެ ޤަޟާކުރަންޖެހޭ ރޯދަތައް ހިފުމުގެ މޫސުމެވެ. އެހެންކަމަށްވާއިރު ސަމާލުކަން ދިނުން ވަރަށް މުހިންމު ކަމެއް ފާހަގަކޮށްލާނަމެވެ.  

މީސްތަކުންނޭވެ! މިއަދު ބަރަހަނާ މަންޒަރުތައް ބަލަން ކޮންމެހެން ޓީވީއެއް ކޮންޕިޔުޓަރެއް ބޭނުމެއް ނުވެއެވެ. އަތުގައި އޮންނަ ފޯނުން ނުބެލޭ މަންޒަރެއް ނެތެވެ. ރޯދައަށް ހުރެ ކުރެވޭ މިފަދަ ކޮންމެ ކަމަކުން އެދަނީ ހިފާ ރޯދައަށް ގެއްލުން ލިބެމުންނެވެ. އުނިކަން ލިބެމުންނެވެ.  

އެއީ ފާފައެއް ކަމަށް ނުބެލި ނަމަވެސް ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި އަންގަވާފައިވާ މިންވަރަށް ނިވާނުވެ ހުރި އަންހެނަކަށްވެސް ފިރިހެނަކަށްވެސް ބެލުމަކީ ހަމަ ފާފަވެރިވާނެ ކަމެކެވެ. ވީމާ މިއީ ވަރަށް ބޮޑަށް ސަމާލުކަންޑޭންޖެހޭނެ ކަމެކެވެ.  

ރަމަޟާން މަސް ކައިރިވެގެން އަންނައިރު މިކަންކަމަށް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ! މިހާރުންސުރެ މަސައްކަތްކުރަންވީ ތިމާގެ ކިބައިގައި ހުރިނަމަ ހުރި މިބާވަތުގެ ހުރިހާ ކަންކަން އިޞްލާޙްކުރުމަށެވެ. ފުރިހަމަ ގޮތުގައި ރޯދަ ހިފި ރަމަޟާންމަހުގެ ފައިދާ ފުރިހަމަގޮތުގައި ޙާޞިލުކުރެވޭނީ އެއިރުންނެވެ.

ރޯދަހިފަމުންގެންދާއިރު އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއްކަމަކީ ޙަރާމް ކަންކަމާއި ދުރުހެލިވުމެވެ. ޙަޤީޤަތުގައި ހިފާ ރޯދަ ރޯދައަކަށްވެގެންދާނީ އަޅުކަންކުރުން އިތުރުކުރުމުގެ އިތުރުން ﷲ ތަޢާލާ ނަހީކުރެއްވެވި އެންމެހައި ކަންކަމުން ދުރުހެލިވެހުރުމުންނެވެ.  

ޙަޤީޤަތުގައި ރޯދަ ރޯދައަކަށްވެގެންދަނީވެސް ޙަރާމް ކަންކަމާއި ދުރުހެލިވެހުރުމުންނެވެ. ރޯދައަކީ ޙަރާމްކަންކަމާއި މީހާ ދުރުހެލިކޮށްދޭ އައްޑަނައެއްކަމަށް ވެގެންދަނީ އެކަމަށް ޢަމަލުކުރުމުންނެވެ. އެހެންކަމުން މިރޭ މިފާހަގަކޮށްލަނީ ރޯދައަށް ހުރެ މީސްތަކުންނަށް އެންމެ ގިނައިން ކުރެވޭ އެއް ފާފައަށެވެ. އެއީ ބެލުންތައް ތިރިނުކުރެވުމެވެ.  

ރޯދައަށް ތިބެ ގިނަ ބައަކު ހަވީރު ޕާކްތަކަށްދެއެވެ. ކާރާއި ސައިކަލް ދުއްވައިލަންވެސްދެއެވެ. މިގޮތަށް ބޭރަށް ނުކުމެ އުޅުމުގައި ބެލުންތައް ތިރިނުކުރާނަމަ އެދަނީ ބޮޑު ފާފައެއް ކުރެވެމުންނެވެ. އެކަމުގެ ސަބަބުން ހިފާ ރޯދައަށް އުނިކަން ލިބޭނެ ފާފައެއް ކުރެވެމުންނެވެ.  

ހަމަ އެއާއިއެކު ވަޒީފާއަށް ނުކުމެ އުޅޭ ވަގުތުގައިވެސް ބެލުންތައް ތިރިކުރާށެވެ! ފާފައަކަސްވެދާނެ އެއްވެސް ތަނަކަށް ނުބަލާށެވެ!

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން