ހިތްދަތި ކުރުވި މީހާއަށް އާދޭސްކުރަމުން ފަހަތުން ހިނގުމަކީ ލިބެން އޮތް މާބޮޑު އުފާވެރިކަން ނަގައިލުން! މާބޮޑު އުފާވެރިކަމެއް ދެއްވަވަން ނޫނީ ހިތްދަތިކަން ކުރިމަތިނުކުރައްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ހިތްދަތި ކުރުވި މީހާއަށް އާދޭސްކުރަމުން ފަހަތުން ހިނގުމަކީ ލިބެން އޮތް މާބޮޑު އުފާވެރިކަން ނަގައިލުން! މާބޮޑު އުފާވެރިކަމެއް ދެއްވަވަން ނޫނީ ހިތްދަތިކަން ކުރިމަތިނުކުރައްވަވާނެ!

"ތިބާއަށް ހިތްދަތިކަންދިން މީހަކަށްޓަކައި ކަރުނަ ނުއަޅާށެވެ! އާދޭސްކުރަމުން ފަހަތުން ނުހިނގާށެވެ! ހިނިތުންވެހުރެ ބުނާށެވެ! "ތިބާ ފަދައިން އަނިޔާވެރި ނުވެ، އަހުރެންނަށް އުފާވެރިކަން ހޯދައިދޭނެ މީހަކު ހޯދުމުގެ ފުރުޞަތު ދިންކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ.!"  

މިހެން ބުނަންޖެހޭ ސަބަބަކީ އަނިޔާވެރިންގެ ކުރިމަތީގައި ނިކަމެތިވެ އާދޭސްކުރާ ވަރަކަށް އެމީހުންނަށް ލިބޭނީ އިތުރު ހިތްވަރެކެވެ. ދެން ދޭނެ އަނިޔާ މާބޮޑުވާނެއެވެ.  

އެއީ ކީއްވެގެންކަންވެސް ބުނާނަމެވެ. އެއްވެސް މީހަކަށް އަނިޔާވެރިވާނީ އެމީހެއްގެ ހިތުގައި ރަޙުމް ނުހުންނަ މީހުންނެވެ. އެމީހުންނަށް ހިތްހަމަޖެހުން ލިބޭނީ މީހަކަށް ދެރައެއް ނުވަތަ އަނިޔާއެއް، ނުވަތަ ހިތްދަތިކަމެއް ދެވުމުން ކަމަށްވާތީއެވެ.  

އަދިވެސް ބުނެލާނަމެވެ! ހިތްދަތިކަމެއް ލިބުމުން މިޙާލަތު ކުރިމަތިވީ ކީއްވެގެންތޯ ނުވަތަ ކޮން ކުށެއް ކޮށްގެންތޯ ސުވާލުވެސް ނުކުރާށެވެ! ރަނގަޅު ގޮތުގައި އުޅެމުން ދަނިކޮށް އެމީހަކަށް މާފައިދާހުރި، މާއުފާވެރި ގޮތެއް މިންވަރުކުރައްވަވަން ނޫނީ އެއްވެސް މީހަކަށް ހިތްދަތިކަމެއް ކުރިމަތި ނުކުރައްވަވާނެތެވެ.  

އަބަދުވެސް މިބުނާ ފަދައިން އަހުރެމެން އާދޭސްކުރަން އޮތީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތަށެވެ. އެކަމުގައި ޘާބިތުވެވިއްޖެ މީހަކަށް ދެއްވަވާނެ ހިތްހަމަޖެހުމާ އުފާވެރިކަން މާބޮޑުވާނެއެވެ! އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން