ކިޔުންތެރިއެއްގެ ފަރާތުން ތަފާތު ޢީދު ހަދިޔާއެއް! ލިބިގެންފިއްޔާ ދިރިއުޅުން އުފާވެރިކޮށްލުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ކިޔުންތެރިއެއްގެ ފަރާތުން ތަފާތު ޢީދު ހަދިޔާއެއް! ލިބިގެންފިއްޔާ ދިރިއުޅުން އުފާވެރިކޮށްލުވާނެ! އިން ޝާ ﷲ

"ހެޔޮލަފާ އަންތބަކު ލިބިއްޖެނަމަ އެއީ ހަމައެކަނި ބައިވެރިއެއް ނޫނެވެ. ﷲ ތަޢާލާ ތިބާއަށްޓަކައި ލެއްވެވި ބޮޑު ރަޙްމަތެކެވެ. އެފަދަ އަންތބަކު ﷲ ތަޢަލާ ދެއްވަވައިފިނަމަ އޭނާދެކެ ލޯބިވާށެވެ! ޤަދަރުކުރާށެވެ! އިޙްތިރާމްކުރާށެވެ! ޙިމާޔަތްކުރާށެވެ! ހެޔޮކޮށްހިތާށެވެ!  

ސަބަބުވެސް ބުނެލާނަމެވެ! އަނބިމީހާއަށް ހެޔޮކޮށްހިތައި އަނބިމިހާގެ އަގުވަޒަންކުރުމަކީ އެގެއެއްގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާ ކަމެކެވެ!"  

މިއީ އަޅުގަނޑު ދެންނެވިނަމަވެސް އަޅުގަނޑު ދަންނަވާ ވާހަކައެއް ނޫނެވެ. މިއީ މަޝްހޫރު ދީނީ ޢިލްމްވެރިޔާ މުފްތީ އިސްމާޢީލް މެންކް ވިދާޅުވެފައިވާ ބަސްފުޅެކެވެ. އަޅުގަނޑަކީ މިއަދުނޫހުގެ ކިޔުންތެރިއެކެވެ. ރަމަޟާން މަހު މިއަދުނޫހުން ކުރި ހުރިހާ ސުވާލަކަށް ޖަވާބުވެސްދިނީމެވެ. އެއް ދުވަހު އިނާމުވެސް ދިމާވިއެވެ.  

މިބަސްކޮޅު މިއަދުނޫހުގެ ކިޔުންތެރިންނަށް ޢީދު ހަދިޔާއެއްގެ ގޮތުގައި ފޮނުވާލަން ބޭނުންވި އެންމެ ބޮޑު ސަބަބަކީ ރަމަޟާންމަހަށްފަހު އަޅުގަނޑުމެން މިތިބީ ވަރަށް ހެޔޮ ގޮތުގައި ކަމަށްވާއިރު މުފްތީ މެންކުގެ މިވާހަކަކޮޅަށް ޢަމަލުކޮށްފިނަމަ ކުރިއަށް ދުވަސްތަކުގައި އުފާވެރިކަން ލިބުމުގެ އިތުރަށް ފާފައެއް ނުކޮށްތިބުމަށްވެސް މަގުފަހިވާނެކަމަށް ވިސްނޭތީއެވެ. ވީމާ ހުރިހާ ކިޔުންތެރިންވެސް އަޅުގަނޑުގެ މި ޢީދު ހަދިޔާ ޤަބޫލުކުރައްވަވާނެ ކަމަށް އުންމީދުކުރަމެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން