މާޔޫސްނުވެ ޔަޤީންކުރާށެވެ! ހިތްދަތިކަން ލިބުމަކީ ލިބެން އޮތް އުފާވެރިކަމުގެ ނިމުމެއް ނޫން! ލިބެން އޮތް ރައްކައުތެރިކަމާ މާބޮޑު އުފާވެރިކަމުގެ ފެށުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
މާޔޫސްނުވެ ޔަޤީންކުރާށެވެ! ހިތްދަތިކަން ލިބުމަކީ ލިބެން އޮތް އުފާވެރިކަމުގެ ނިމުމެއް ނޫން! ލިބެން އޮތް ރައްކައުތެރިކަމާ މާބޮޑު އުފާވެރިކަމުގެ ފެށުން!

ގިނަ ބައަކަށް އެންމެ ބޮޑު ހިތްދަތިކަމެއް ލިބެނީ އެމީހަކަށްޓަކައި ތިމާ އެންމެ ގިނައިން ދުޢާކުރި، ރޭގަނޑުގެ ނިދިނަގާލައި ހޭލައި އިނދެގެންވެސް ދުޢާކުރި މީހާއަކީ ތިމާއަށް ހިތްދަތިކަންދީ ކަރުނައަޅަން ޖެއްސުވި މީހާ ކަމަށްވުމުންނެވެ.  

މިޙާލަތުގައި ވިސްނައިލެވޭނެއެވެ. "އަހުރެން އޭނާއަށް ތެދުވެރިވީމެވެ. އޭނާއަށްޓަކައި ޤުރްބާންވީމެވެ. ރޭގަނޑުގެ ނިދިނަގާލާފައި ދުޢާކުރީމެވެ. އަހުރެންނަށް ކުރިމަތިވީ ހަމަ ޙައްޤު ގޮތް ހެއްޔެވެ؟" ޖަވާބަކީ މެދުވެރިވި އެއްވެސް ކަމަކީ ތިބާއެއް ނޫނެވެ. އޭނާގެ ކިބައިގައި އިޚްލާޞްތެރިކަން ނެތުމެވެ.  

އެކަމަކު މިއީ ހިތްދަތިވާންޖެހޭ ކަމެއް ނޫނެވެ. އުފާކުރަންޖެހޭނެ ކަމެކެވެ. ސަބަބަކީ ތިބާގެ ޙަޔާތުން މީހަކު ދުރުކުރައްވަވާނީ ދެސަބަބަކަށެވެ. ފުރަތަމަ ސަބަބަކީ އޭނާގެ ސަބަބުން ތިބާއަށް ލިބެން އޮތް އުފާވެރިކަން ކުޑަވުމެވެ. ނުވަތަ އުފާވެރިކަން ނުލިބޭނެ ކަމެވެ. ދެވަނަ ސަބަބަކީ ﷲ ތަޢާލާ ތިބާއަށް ލައްވަވަން އޮތް ބޮޑު ރަޙްމަތަށް އޭނާގެ ސަބަބުން ހުރަސްއެޅޭނަމައެވެ. މިޘާލަކަށް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ޢަމަލުތައް އޭނާގެ ސަބަބުން ތިބާއަށް ކުރަންޖެހުން ފަދަ ކަންކަމެވެ.  

ޙައްލަކީ އަވަހަށް ސަޖިދަތައް ދިގުކޮށް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދެން ފެށުމެވެ. ތިބާއަށް ހެޔޮކޮށް ހިތައި ލޯތްބާއި އަޅައިލުން ދޭނީ ކާކުކަން ތިބާއަށް ނުއެނގުނަސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެދެންވީ ތިމާއަށް އެމީހާ ދެއްވެވުމަށެވެ.  

އެއީ ތިބާއަށް ފައިދާކުރާނެ މީހަކުނަމަ، ތިބާގެ މައްޗަށް ރަޙުމްހުރި މީހަކުނަމަ ތިބާގެ ހިތުގައި ޖައްސުވައި ރޮއްވުން ފަދަ ކަންކަމެއް ނުކުރާނެއެވެ. ލޯތްބަށް އެދި ސަލާންޖަހާކަށް ނުޖައްސުވާނެއެވެ. ވީމާ ޔަޤީންކުރާށެވެ! ލިބިގެން ތިއައުޅޭ ހިތްދަތިކަމަކީ ތިބާގެ އުފާވެރިކަމުގެ ނިމުމެއް ނޫނެވެ! އެއީ ތިބާއަށް ރައްކައުތެރިކަން ދެއްވަވަން ފެށްޓެވުމުގެ ފެށުމެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން