ދަރިންގެ ލޯބިވެސް ބައިވެރިޔާގެ ލޯބިވެސް ލިބޭނީ މިއީ ތިބާގެ ކުޑަދަރިފުޅު ތިބާއަށް ބުނި ބަހެއްކަމަށް ވިސްނައިގެން މިކުއްޖާ އެދައްކާ ވާހަކައަށް ރަނގަޅަށް ވިސްނައިލީމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ދަރިންގެ ލޯބިވެސް ބައިވެރިޔާގެ ލޯބިވެސް ލިބޭނީ މިއީ ތިބާގެ ކުޑަދަރިފުޅު ތިބާއަށް ބުނި ބަހެއްކަމަށް ވިސްނައިގެން މިކުއްޖާ އެދައްކާ ވާހަކައަށް ރަނގަޅަށް ވިސްނައިލީމަ!

ކުޑަކުއްޖަކު މަންމަގެ ގާތަށް ޖެހިލާފައި ބުންޏެވެ!

"މަންމަ ދެކެ އަހުރެން ވަރަށް ލޯބިވެއެވެ!" ޖަވާބުގައި މަންމަ ބުނީ ތިއައުޅެނީ ބައްޕަ ގޭގައި ނެތީމައި މަންމަ މަތިން ހަނދާންވެގެން ކަމަށެވެ. 

ޖަވާބުގައި ކުއްޖާ ބުންޏެވެ! "އަހުރެން ބައްޕަދެކެ އެހާބޮޑަށް ލޯބިވާ ސަބަބު އެނގޭ ހެއްޔެވެ؟ ބައްޕަގެ ގާތުގައި ބައްޕަދެކެ ލޯބިވާކަމަށް ބުނެފިނަމަ ބައްޕަ ބުނާނީ ބައްޕަވެސް ބައްޕަގެ ކުޑަކުޑަ ދަރިފުޅުދެކެ ވަރަށް ބޮދަށް ލޯބިވާ ކަމަށެވެ! އެއިގެ ބަދަލުގައި މަންމަ އަހުރެންނަށް ޖަވާބުދެނީ ތިއަ ޒާތުގެ ބަހަކުންނެވެ. މަންމަ އަބަދު ތިއަ ހުންނަނީ ބައްޕައަށް ހަސަދަލައިގެންނެވެ. ބައްޕަދެކެ އަހުރެން ލޯބިވާތީ އަހުރެންނަށްވެސް ޙަސަދަ ލައިގެންނެވެ!"  

މަންމައަށް ބާރަށް ރޮވެނެ ފެށިއެވެ. ރޮމުން ދަރިފުޅުގެ ގައިގަ ބައްދާލާފައި ބުންޏެވެ. "މަންމަގެ ދެލޯ ފަދައިން ލޯބިވާ ދަރިފުޅާއެވެ! މަންމަގެ ހިތުގައި ދަރިފުޅަކަށްވެސް އަދި ބައްޕައަކަށްވެސް އެއްވެސް ޙަސަދަވެރިކަމެއް ނެތެވެ. އެބާވަތުގެ ބަސްތައް މަންމައަށް ބުނެވެނީ ދަރިފުޅު ބައްޕަދެކެ އެހާބޮޑަށް ލޯބިވާތީ އުފާވާ ވަރުންނެވެ. ދަރިފުޅު ދެން ބުނާ އެއްޗެއް ބަލަންވެގެންނެވެ!"  

މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައްވީގޮތެވެ. މިއީ ކުޅެފައި އޮތް ވީޑިއޯއެއް ނަމަވެސް އެބުނެދެނީ ވަރަށް ބޮޑު ޙަޤީޤަތެކެވެ. ދަރިން ދެކެވެސް އަދި ބައިވެރިޔާދެކެވެސް ލޯބިވާކަން ހާމަކުރުމުން އެއަށްވުރެ ފުރިހަމައަށް ތިމާވެސް ލޯބިވާކަން ހާމަނުކުރެވޭނަމަ އަނެކާއަށް ކުރާނީ ވަރަށް ނުބައި އަސަރުތަކެކެވެ. ޤަބޫލުކުރެވޭނީ ތިމާދެކެ ލޯބިނުވަނީ ކަމަށެވެ.  

ވީމާ ލޯބިވާކަން ހާމަކުރާށެވެ! އަނެކާ އެކަން ހާމަކޮށްފިނަމަ އެއަށްވުރެ ފުރިހަމަ ޢިބާރާތަކުން ތިބާވެސް ލޯބިވާކަން ހާމަކުރާށެވެ!

 

- ޒައިނާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން