ތަނަވަސްކަން ހުރެވެސް ޢާއިލާގެ މީހުންނަށް އެހީތެރިވަނީ މަދުމީހެކެވެ.
ތިމާޢަށް ފުދިގެން އުޅެވޭނަމަ އެނިމުނީކަމަށް ވިސްނާ މީހުން އަންނަނީ ގިނަވަމުންނެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ޢުމުރުވެސް ދިގުކޮށްދެއްވަވާ ކަމެކެވެ. ވިސްނާލަންވީ އެވަރުގެ ބޮޑު ރަޙްމަތެއް ލައްވަވާނީ އެކަމުގެ ބުރަދަން ﷲ ތަޢާލާގެ ޙަޟްރަތުގައި ކިހާބުރަވީޟައިކަމާއިމެދުގައެވެ.
ރަޙީމުގެ ގުޅުން ދަމަހައްޓަން މަސައްކަތްކުރާ މީހަކަށް ހެޔޮގޮތްތައް މިންވަރުކުރައްވަވާނެތެވެ. އެކަމަށް މަގުފަހިވެސްކޮށްދެއްވަވާނެތެވެ. ތިރީގައި އެވަނީ އެފަދަ ވަރަށް އާދަޢާޚިލާފް ކަމެއް މެދުވެރިވި ޙާދިސާއެއްގެ ވާހަކައެވެ. ވިދާޅުވެ ޢިބްރަތް ޙާޞިލުކުރައްވާށެވެ!
އަޅުގަނޑަކީ މިއަދުނޫހުގައި ޝާއިޢުކުރާ ޢިބްރަތްތެރި ވާހަކަތަކާ ހަޤީޤީ ހާދިސާތައް ޤަވައިދުން ކިޔަމުން އަންނަ މީހެކެވެ. މި ގޮތުން އަޅުގަނޑު މިލިޔަނީ އަޅުގަނޑުގެ ކުރިމަތީގައި ހިނގާފައިވާ ވަރަށް އާދަޔާ ޚިލާފު ހަޤީޤީ ހާދިސާ އެކެވެ. އެއީ 2015 ގައިނޫނީ 2016 ގައި ހިނގާފައިވާ ހާދިސާއެކެވ
އަޅުގަނޑުގެ މަންމަ ގެ ކޮއްކޮ ވަރަށް ބޮޑު ކަމެއްގައި އެއްދުވަހެއްގައި 3000ރުފިޔާ ބޭނުން ވެގެން މަންމަ ގާތުގައި ފަހުން އަންބުރާދޭގޮތަށް ދޭށޭ ބުންޏެވެ. ވަންމަ އަޅުގަނޑުގާތުގައި އެއަދަދު ދެވޭނެހޭ ބުނުމުން އެއީ މަހުގެ ފަހުކޮޅުކަމަށް ވުމުން އެއަދަދެއް ދެވެން ނެތްކަމަށް ބުނީމެވެ. އެހެން ނަމަވެސް މަންމަ ބޭނުންވީ ކޮންމެ ގޮތެއްހަދާފައި ނަމަވެސް އެފައިސާ ހޯދާފައި މަންމަގެ ކޮއްކޮ އަށް ދިނުމެވެ.
އެހެން ކަމުން ވަރަށް ދެރަ ވެފައި ހުރެމެ ބުނެފިއެވެ. "ދަރިން ކުޑައިރުގައި ވެސް ހާލުގައި އުޅުނީމެވެ. އެކަމު މަންމައަކީ ދުވަހަކުވެސް މީހެއްގެ އަތުން ފައިސާ ނަގާފައިވާ މީހެއް ނޫނެވެ." މި ގޮތަށް ވަރަށް ދެރަވެފައި މަންމަ އަޅުގަނޑުމެން ކުޑައިރުގައި ގެންގުޅެފައިވާ ގޮތުގެ ވާހަކަ ދައްކަމުން ދިޔައެވެ. އެވަގުތު ކުއްލިއަކަށް އަޅުގަނޑުގެ ފޯނަށްކޯލެއްއައެވެ. އެއީ މަންމަ ގެ ވަރަށް ގާތް އެކުވެރިއެކެވެ.
މަންމަގެ އެކުވެރިޔާ ބުންޏެވެ. "މިއުޅެނީ މަންމަ ގެ އަތުން ކުރިން ނަގާފައިވާ 3000 ރުފިޔާ ދޭން ވެގެން ނެވެ. މަންމަ އެ ފައިސާ ގެ މަތިން ހަނދާން ހުންނާނެ ކަމެއް ވެސް ނޭނގެއެވެ. މިފައިސާ އަށް ހަވާލުކުރަން ހަނދާނެ ގޮތެއް ބުނާށެވެ." (އޭރުގައި މަންމަ ގެ ރަހްމަތްތެރިޔާ ހުރީ ރަށުގައެވެ. މަންމަ ހުރީ މާލޭގައެވެ.) އެވަގުތުގައި ބުނާނެ އެއްޗެއް ނޭނގި ގަނޑުވިއެވެ. އަދި ގައިގެ އިސްތަށިތައް ކޮޅަށް ޖެހި ރޫރު އަޅާގެން ދިޔައެވެ. މަންމަ ބުންޏެވެ. ވީ ކީއްހެއްޔެވެ. އަހަރެން ވީ ގޮތް ބުނުމުން މަންމަ ﷲ އަށް ޙަމްދުކުރިއެވެ.
ދެން އަޅުގަނޑު އަމިއްލައަށް އަމިއްލަ ނަފުސް ހަމައަކަށް އަޅުވާލުމަށް ފަހު ބުނީމެވެ. "ތި ފައިސާ އަހަރެންގެ ތިމާގެ ކުއްޖެއްގެ ނަން ބުނުމަށް ފަހު އޭނާ އާ ހަވާލުކޮށްލާށެވެ"
ދެން މަންމަ ގެ އަތަށް ފޯނު ދިނުމުން މަންމަގެ އެކުވެރިޔާ އަށް އެވާހަކަ ކިޔާދިނެވެ. އެވަގުތު މަންމަގެ ރަހުމަތްތެރިޔާ ބުންޏެވެ. މިއަދު ހަމަ ކުއްލި އަކަށް އެފައިސާ ގެ މަތިން ހަނދާން ވެގެން ގުޅީއެވެ.
މިހާދިސާ އިން އަޅުގަނޑަށް ލިބުނު އިބުރަތަކީ ﷲ އަށް ވަކީލު ކުރާ އަޅުންނަށް އެކަލާނގެ ފުދި ވޮޑިގެންވާ ކަމެކެވެ. އަދި މަންމަ އަކީ ތަޤްވާވެރި އަންހެނަކަށް ވުމުން ﷲ އެކަން އެ ގޮތަށް މިންވަރު ކުރެއްވީކަމެވެ.
(--މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު އަމިއްލަފުޅު ޢިބާރާތުން ލިޔުއްވައި ޙިއްޞާކުރައްވާފައިވާ ވާހަކައެކެވެ.)
- ޢުބްރަތްތެރި ވާހަކަ