ސުންނަތް ރޯދަތައް ހިފަމުންގެންދާއިރުވެސް، އަދި އަބަދުވެސް ތިމާއަށްޓަކާ ދުޢާކުރާ ފަދައިން މައިންބަފައިންނަށާ އަދި ހުރިހާ މުއުމިނުންނަށް ކުރަން ރަނގަޅު ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ސުންނަތް ރޯދަތައް ހިފަމުންގެންދާއިރުވެސް، އަދި އަބަދުވެސް ތިމާއަށްޓަކާ ދުޢާކުރާ ފަދައިން މައިންބަފައިންނަށާ އަދި ހުރިހާ މުއުމިނުންނަށް ކުރަން ރަނގަޅު ދުޢާއެއް!

ހަރޯދަ ނުވަތަ ސުންނަތް ރޯދަތައް ހިފަމުންދާއިރުވެސް އަދި އަބަދުވެސް ތިމާއަށްޓަކައި ދުޢާކުރާފަދައިން މައިންބަފައިންނަށާއި ހުރިހާ މުއްމިނުންނަށްޓަކާ ދުޢާކުރުން ގިނަކުރުމަކީ އެކަމުގެ ފައިދާ އެމީހަކަށް ކުރާނެ ކަމެކެވެ.   

މިއީ އިބްރާހީމްގެފާނު ކުރެއްވެވި ދުޢާތަކުގެތެރެއިން ދުޢާއެކެވެ. އެމީހަކަށާއި އެމީހެއްގެ މައިން ބަފައިންނަށާއި އަދި އެންމެހައި މުއުމިނުންގެ ފާފަ ފުއްސެވުން އެދި މި ދުޢާކުރުން ގިނަ ކުރާށެވެ. (އިބްރާހީމް ސޫރަތުގެ 41) 

رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ 

"އަޅަމެންގެ ވެރިރަސްކަލާކޮ! ޙިސާބު ޤާއިމުވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، މުއުމިން ތަކުންނަށް ފާފަފުއްސަވާނދޭވެ!"  

މައިންބަފައިން މަރުވުމުން އެމީހުންގެ މައްޗަށް ހެޔޮލަފާ ދަރިން ކުރާ ދުޢާގެ ސަބަބުން ސުވަރުގޭގައި އެމީހުންގެ ދަރަޖަ އުފުލިގެންދެއެވެ. އެހެންކަމުން މައިން ބަފައިންގެ މައްޗަށް ވީހައި ގިނައިން ހެޔޮ ދުޢާ ކުރުމަކީ އެކަމުގެ ސަވާބު ދުޢާ ކުރި މީހަކަށްވެސް ލިބިގެންދާނެ ކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން