އެކުވެރިއަކަށް ދެރައެއް ދީފިނަމަ އެމީހަކަށް ލިބޭނެ އެންމެ ބޮޑު ދެރަ އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
އެކުވެރިއަކަށް ދެރައެއް ދީފިނަމަ އެމީހަކަށް ލިބޭނެ އެންމެ ބޮޑު ދެރަ އެނގޭތަ؟

އެކުވެރިއަކަށް ނުވަތަ އެހެން މީހަކަށް ނަމަވެސް، ހަމަ އެއްވެސް މީހަކަށް ދެރައެއް ދީފިނަމަ އެމީހަކަށް ލިބޭނެ އެންމެ ބޮޑު ދެރަ އެނގޭނަމަ އެކަކުވެސް އެއްވެސް މީހަކަށް ދެރައެއް ނުދޭނެއެވެ. ވީމާ ރަނގަޅަށް އަޑުއަހާށެވެ!  

އެންމެ ގިނަ ބައަކު ސުވަރުގެ ވައްދަވާ ސަބަބަކީ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމާއި ރިވެތި އަޚްލާޤްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ރިވެތި އަޚްލާޤްގެ އެންމެ މުހިންމު ބައަކީ މީސްތަކުންނަށް ހެޔޮކޮށް ހިތުމެވެ. އެއްވެސް މީހަކަށް ދެރައެއް ލިބޭނެ އެއްވެސް ކަމެއް ނުކުރުމެވެ.  

އެއްވެސް މީހަކަށް ދެރައެއްދީފިނަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހެއްގެ ދަރަޖަ ވެއްޓިގެންދާނެއެވެ. އެއީ ރިވެތި އަޚްލާޤުގެ ބައިން ބޮޑުތަނުން އެމީހަކު ފޭލްވެގެންދާތީއެވެ. ދެނަވާނެ ގޮތަކީ ސުވަރުގެ ވަދެވުމަށްޓަކައި އެމީހަކަށް ހޯދިފައހުރި ޕޮއިންޓްތައް ބޮޑުތަނުން މަދުވެގެންދަނީއެވެ. މީހަކަށް ލިބޭނެ އެއަށްވުރެ ބޮޑު ދެރައެއް އޮންނާނެ ހެއްޔެވެ؟

ފަށަމުން އެކުވެރިންނަށް ދެރައެއް ދިނުމުގެ ވާހަކަ އިސްކުރީ ސަބަބެއް އޮތީމައެވެ. އެސަބަބަކީ އެކުވެރިންނަށް ހެޔޮކޮށްހިތަންޖެހޭނެ މިންވަރު ބޮޑުކަމުންނެވެ. ތިމާއަށް ހެޔޮއެދޭ އިޚްލާޞްތެރި އެކުވެރިންނަކީ މަދުބައެކެވެ. ތިމާއަށް ހެޔޮއެދޭ އިޚްލާޞްތެރިއަކަށް ދެރައެއް ދިނުމުން އެކަމުގެ ފާފަ ބޮޑުވެގެންދާނެތީއެވެ.  

ވީމާ ސުވަރުގެ ހޯދަން ކުރާ މަސައްކަތް ބޮޑުތަނުން ފޭލްވެގެންދާނެ ކަންކަން ނުކުރާށެވެ. ކުރާ ހެޔޮ ޢަމަލުތަކުގެ ނަތީޖާ ރަނގަޅު ގޮތުގައި ފެންނާނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން