ޢާއިޝަތު ރަފާޙް ޢަލީ
قيل لرسولِ اللهِ صلَّى اللهُ عليهِ وسلَّمَ أيُّ النساءِ خيرٌ ؟ قال : التي تسرُّه إذا نظر ، وتطيعُه إذا أمر ، ولا تخالفُه في نفسِها ومالها بما يكره
މާނައީ: ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް އާއި ޞަހާބީއަކު ސުވާލު ކުރެއްވިއެވެ. އެންމެ ހެޔޮ އަންހެނަކީ ކާކުތޯއެވެ. ދެން ރަސޫލާ ހަދީޘުކުރެއްވިއެވެ. "އެންމެ ހެޔޮ އަންހެނަކީ ފިރިމީހާ އޭނާ އަށް ބަލައިލުމުން އުފާވެރިކަންލިބޭ، ކަމަކަށް އަމުރުވެވިއްޖެނަމަ ކިޔަމަންތެރިވާ، ނަފްސާއި މުދަލުން ފިރިމީހާ ނުރުހޭފަދަ ކަންތަކުން ދުރުހެލިވެގެންތިބޭ އަންހެނުންނެވެ".
މިޙަދީޘްފުޅަށް ބަލައިފިނަމަ ކުރަން ހުރި ކަންކަމަކީ ޒަވާޖީޙަޔާތް ބާއްޖަވެރިކޮށް އުފާވެރިކުރުވަން ކޮންމެ އަންހެނަކުވެސް ކުރަންޖެހޭ ކަންކަމެވެ. އަމުރަށް ކިޔަމަންވުމަކީ ﷲ ތަޢާލާގެ މަގުގައި ކުރާ އަމުރަށް ކިޔަމަންވުމެވެ. ވީމާ އެއީވެސް ކުރަން ބުރަކަމެއް ނޫނެވެ.
(تُنكَحُ المرأةُ لأربَعٍ : لِمَالِهَا وَلِحَسَبِهَا وَجَمَالِهَا وَلِدِينِهَا فَاظفَر بِذَاتِ الدِّينِ تَرِبَت يَدَاكَ)
މާނައީ: "ހަތަރުކަމަކަށް އަންހެނުންނާއި ކައިވެނިކުރެވެ އެވެ. އޭނާގެ މުދާވެރިކަމާއި، ހަސަބާއިނަސަބުގެ މަތިވެރިކަމާއި، ރިވެތިކަމާއި، ދީންވެރިކަމަށެވެ. ތިޔަބައިމީހުން ދީންވެރި ކަމަށް އިސްކަންދޭށެވެ."