ޝައްވާލުމަހުގެ ހަރޯދަ ހިފަންޖެހޭނީ ޢީދުދުވަހަށްފަހު ވިދިވިދިގެންތަ؟
އެހީއެއް:
މުޅި މަހަށް ބަހާލައިގެންވެސް ހިފޭނެއެވެ. އަވަސްވެގަތުމުގެ ގޮތުން ވީހާ އަވަހަކަށް ހިފުމަކީވެސް އެންމެ ރަނގަޅު ކަމެކެވެ. ޙަދީޘްފުޅުގައި އޮތީ ރަމަޟާން މަހުގެ ރޯދަހިފުމަށްފަހު ޝައްވާލު މަހުގައި ހަ ދުވަހު ރޯދަ ހިފުމަށެވެ. ވީމާ ޤަޟާކުރަންޖެހޭ ރޯދަތައް ހިފުމަށްފަހުގައިވެސް ހިފޭނެއެވެ.
ބައެއް ޢިލްމްވެރިން ބުރަވެލައްވަނީ ޤަޟާކުރަންޖެހޭ ރޯދަ ހިފުމަށްފަހު ސުންނަތް ރޯދަހިފުމަށެވެ. ނަމަވެސް އެކަމުގައި މަޖުބުރުކަމެއް ނެތެވެ. މަދު ޢަދަދެއްގެ ރޯދަ ޤަޟާކުރަންޖެހޭނަމަ ޤަޟާރޯދަތައް ހިފުމަށްފަހުގައި ސުންނަތް ރޯދަތައް ހިފުމަކީ އެންމެ ރަނގަޅު ގޮތްކަމަށްވެސް ބައެއް ޢިލްމްވެރިން ދެކެލައްވައެވެ. ނަމަވެސް ނިފާސްކަމުގެ ސަބަބުން، ނުވަތަ ބައްޔެއްގެ ސަބަބުން، ނުވަތަ ގާތުން ޑޭންޖެހިގެން ފަދަ ކަންކަމުގައި ގިނަރޯދަތަކެއް ގެއްލިފައިވާނަމަ ޝައްވާލުމަހުގެ ހަރޯދަ ޝައްވާލުމަހުގައި ހިފަންވާނެއެވެ. އެއީ އެރޯދަތައް ފަހުން ޤަޟާކުރެވިދާނެތީއާއި ހަރޯދަ ޝައްވާލުމަހުގެ ފަހުން ނުހިފޭނެތީއެވެ.
ކޮންމެ ދުވަހަކުވެސް އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ދެއްވާ 1 ކިޔުންތެރިއަކަށެވެ. ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އިނާމުލިބުމަށް ހޮވޭ ކިޔުންތެރިއަކަށް ފޭސްބުކް މެސެންޖަރުން މެސެޖެއް ލިބިލައްވާނެއެވެ. މެސެޖް ލިބިލެއްވުމުން 7788020 އަށް ގުޅާލަދެއްވާށެވެ. ނޫނީ 7788020 އަށް ވަޓްސްއަޕުން މެސެޖެއް ކޮށްލަދެއްވާށެވެ.