ﷲ ތަޢާލާ ވޮޑިގެންވާ ޢަރުޝިކޮޅާ ދުނިޔެއާ ހުރި ދުރުމިން ސައިންސްވެރިންނަށްވެސް ނުއެނގޭއިރު ޔަޤީންވާ ކަމަކީ ތިބާކުރާ ދުޢާ ކުރާއިރަށް ﷲ ގެ ޙަޟްރަތަށް ފޯރާކަމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ﷲ ތަޢާލާ ވޮޑިގެންވާ ޢަރުޝިކޮޅާ ދުނިޔެއާ ހުރި ދުރުމިން ސައިންސްވެރިންނަށްވެސް ނުއެނގޭއިރު ޔަޤީންވާ ކަމަކީ ތިބާކުރާ ދުޢާ ކުރާއިރަށް ﷲ ގެ ޙަޟްރަތަށް ފޯރާކަމެވެ!

މުސްލިމަކު އިޚްލާޞްތެރިކަމާއިއެކު ކުރާ ކޮންމެ ދުޢާއެއް ﷲ ތަޢާލާގެ ޙަޟްރަތަށް ވަޤުތުން ފޯރާކަން އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އެކަން އިމާމް އަޙްމަދުގެ މިބަސްފުޅުންވެސް އެނގިގެންދެއެވެ.  

އިމާމް އަހްމަދުގެ އަރިއަހުގައި ދެންނެވުނެވެ. "އަހަރެމެންނާއި (ﷲ ވޮޑިގެންވާ) ޢަރުޝި އާއި ދެމެދުގައިވާ ރާސްތާ ނުވަތަ ދުރުމިނަކީ ކޮބައިތޯއެވެ؟" ޖަވާބުގައި ވިދާޅުވިއެވެ. "އިޚްލާޞްތެރި ހިތަކުން އިޚްލާޞްތެރިކަމާއިއެކު ކުރާ ދުޢާއެވެ."

މީސްތަކުންނޭވެ! އިމާމް އަޙްމަދުގެ މި ބަސްފުޅުން ވެސް އެނގިގެންދަނީ އިޚްލާޞްތެރި ހިތަކުން، އިޚްލާޞްތެރިކަމާއިއެކު ކުރާ ދުޢާ ﷲ ތަޢާލާގެ ޙަޟްރަތަށް ވަގުތުން ފޯރަމުންދާނެ ކަމެވެ. ވީމާ ބޭނުންވާހައިވެސް ކަމަކީ ހަމަ އިޚްލާޞްތެރިކަން ކަމެވެ.  

ހިތުގެ އިޚްލާޞްތެރިކަމުގެ މާނަ ވަރަށް ގިނައެވެ. ހިތުގެ އިޚްލާޞްތެރިކަމަކީ އިޚްލާޞްތެރި ތައުބާއަކުން ތައުބާވުންމަތީގައި ދެމިހުރުމެވެ. ފާފައެއް ދެން ނުކުރަން އިޚްލާޞްތެރިކަމާއިއެކު ޢަޒުމް ކަނޑައަޅައިގެން ހުރުމެވެ. އެފަދައިން ހުރި އެއްވެސް މީހަކަށް މާޔޫސްވާކަށް ނުޖެހޭނެއެވެ! ފާފަތައް ގިނަވެ ފުއްސަވައި ނުދެއްވައިފާނެ ކަމަށް ޒައްރެއްގެ މިންވަރަށްވެސް ޝައްކުކުރުމެއް ނެތެވެ. އިން ޝާ ﷲ  

"ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފުސްތަކުގެ މައްޗަށް ފާފައިން އިސްރާފް ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިއަބައިމީހުން ﷲ ގެ ރަހްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަހީމް ވަންތަ ރަސްކަލާނގެއެެވެ." (އައްޒުމަރު: 53)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން