ކުރާ ދުޢާ ޢިޖާބަކުރެއްވެވުމަށް ހުރި ހުރަސްތައް ނައްތާނުލައި ދުޢާކުރުމުން ކުރާނީ ކޮން ފައިދާއެއް؟ ކުރާ ދުޢާ ޢިޖާބަކުރައްވަވާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 2ސ
ކުރާ ދުޢާ ޢިޖާބަކުރެއްވެވުމަށް ހުރި ހުރަސްތައް ނައްތާނުލައި ދުޢާކުރުމުން ކުރާނީ ކޮން ފައިދާއެއް؟ ކުރާ ދުޢާ ޢިޖާބަކުރައްވަވާނެތަ؟

"(އެކަލާނގެ ވަޙީ ކުރެއްވިއެވެ.) އޭ ރަސޫލުންނޭވެ! ޙަލާލް ރަނގަޅު ތަކެތިން ތިޔަބޭކަލުން ފަރިއްކުޅުއްވައި އުޅުއްވާށެވެ! އަދި ޞާލިޙް ޢަމަލް ކުރައްވާށެވެ!

ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތިޔަބޭކަލުން ކުރައްވާ ޢަމަލްތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އަލްމުއްމިނޫން: 51)  

ޙަރާމް ތަކެތި ކައިބޮއި، ޙަރާމް ގޮތުގައި ހޯދާފައިހުރި ފޭރާން ލައިގެން ހުރެ ދެއަތް އުފުލައި ކިތަންމެ ގިނައިން، ކިތަންމެ ބާރަށް "ޔާ ﷲ! ޔާ ﷲ!" އެވެ ގޮވައި ކަންކަމަށް އެދި ދެންނެވިނަމަވެސް އޭނާގެ ދުޢާ ޢިޖާބަ ކުރައްވަވާނީ ކިހިނަކުންހެއްޔެވެ؟  

އެކަން މިޙަދީޘްފުޅުން އެނގިގެންދެއެވެ.  

Then he (peace and blessings be upon him) mentioned a man who travels a great deal and becomes disheveled and covered with dust, who raises his hands to the heavens (and says), ‘O Lord, O Lord,’ when his food is haraam, his drink is haraam, his clothes are haraam and he has been nourished with haraam, so how can he receive a response?

(Narrated by Muslim in his Saheeh).  

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ބޭނުންވާނީ އެމީހާ ކުރާ ދުޢާ ޢިޖާބަކުރެއްވެވުމެވެ. ފާފަ ފުއްސެވުމެވެ. ވީމާ އެކަމަށްޓަކައި ފުރަތަމަ ކަމެއްގެ ގޮތުންވެސް ތިމާގެ ގޮހޮރު ތައްޔާރުކުރަން އެބަޖެހެއެވެ.  

ދުޢާ އިޖާބަ ކުރައްވަވަން އެދޭމީ ޙަލާލް ރިޒްޤް ކައި އުޅުމަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވައިގެން ގިނަ ބައަކު ޝަކުވާ ކުރާއިރު ނުވަތަ އެކަމާއި ހިތާމަކުރަމުން ގެންދާއިރު ޙަލާލް ރިޒްޤް ކައިބޮއި ހެދުމަށް ސަމާލުކަން ދޭ މީހުންގެ އަދަދު ދަނީ މަދުވަމުންނެވެ.  

މަސައްކަތް ކުރުމުން އާމްދަނީ ލިބެއެވެ. މުސާރަވެސް ލިބެއެވެ. ނަމަވެސް ހިތެއް ނުފުރެއެވެ. މިއީ ތިމާއަށް ﷲ ތަޢާލާ ދެއްވެވި މިންވަރު ކަމަށް ޤަބޫލުކޮށް ޝުކުރުވެރިވާ މީހުންގެ އަދަދު ދަނީ މަދުވަމުންނެވެ. ގިނަ ބައަކު މަސައްކަތްކުރަނީ ހޯދުނު ގޮތަކަށް ފައިސާ ހޯދައިގެން ތިމާއަށްވުރެ ގިނަ ފައިސާ ލިބޭ މީހުންނާއި އެއް ފެންވަރުގައި ދިރިއުޅުމަށެވެ. 

ﷲ ތަޢާލާ ދެއްވަވަވާ މިންވަރަށް ހިތް ނުފުރުމުން ހިތް ފުރަން މިކުރާ ކަންކަމަކީ ވައްކަން ކުރުމާއި ކޮރްޕޝަނާއި އެނޫންވެސް ހުއްދަ ނޫން ގޮތްގޮތަށް ފައިސާ އާއި ތަކެތި ހޯދުމެވެ. އެގޮތަށް އެކަން ކުރުމުން އެމީހަކު ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވާނެ ކަމަށް އެނގެން އޮތުމާއިއެކުގައިވެސް އެގޮތަށް އެކަންކަން ކުރުމަށްފަހު ދުޢާ ވެސް ކުރަނީއެވެ. ދުޢާ ޢިޖާބަ ނުކުރެއްވެވުމުން ޝަކުވާ ވެސް ކުރަނީއެވެ.  

ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ ގޮތުގައި އާމްދަނީ ހޯދަން މަސައްކަތްކުރާށެވެ. ﷲ ތަޢާލާ އާމްދަނީ ދެއްވަވާނެތެވެ. އިތުރުކުރަން މަސައްކަތް ކުރަންވާނީ ވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައެވެ. ހުރިހާ ވެސް މައްސަލައަކީ ހިތް ނުފުރޭ ކަމެކެވެ. އެންމެ ހިތާމަހުރި އެއް ކަމަކީ ހިތް ނުފުރިގެން ޙަރާމް ގޮތުގައި އާމްދަނީ ހޯދަނީވެސް ﷲ ތަޢާލާ އާމްދަނީ ދެއްވަވާ މީހުންކަމެވެ. ދެއްވަވާ މިންވަރަށް ޝުކުރު ނުކުރެވިގެން ޙަރާމް ކަންކަންކޮށް ޙަރާމް ގޮތުގައި ފައިސާ ހޯދާކަމެވެ.   

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަން ﷲ ތިއަބައިމީހުންނަށް ދެއްވެވި ރަނގަޅު ތަކެތިން ތިއަބައިމީހުން ކައި އުޅޭށެވެ! އަދި، ތިއަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަން ކުރާ ކަމުގައި ވާނަމަ، އެކަލާނގެއަށް ޝުކުރުވެރިވާށެވެ!" (ބަޤަރާ ސޫރަތުގެ 172) 

މިއާޔަތުން އެނގިގެންދަނީ ކައިބޮއި ހަދަން ޖެހޭނީ ﷲ ތަޢާލާ ޙަލާލް ކުރައްވަވާފައިވާ ތަކެތި ކަމެވެ. އެހެންކަމުން ޙަރާމްވެގެންދަނީ ހަމައެކަނި ޙަރާމް ކުރެއްވެވި ތަކެއްޗެއް ނޫނެވެ. ޙަލާލު ތަކެތި ހޯދާ ގޮތުން އެތަކެތި  ޙަރާމްތަކެއްޗަށް ބަދަލުވެގެންދެއެވެ. ވީމާ ދުޢާ އިޖާބަ ކުރެއްވެވުމަށް އެދޭ ނަމަ ޙަރާމް ކުރައްވަވާފައި ބާވަތްތައް ނުކެއުމުގެ އިތުރުން ޙަލާލް ކުރއްވަވާފައިވާ ތަކެތި ޙަރާމް ތަކެއްޗަށް ބަދަލުކޮށްގެން ކައިބޮއި ހަދާ ބައަކު ކަމުގައި ނުވާށެވެ! އަދި ﷲ ތަޢާލާ ދެއްވެވި މިންވަރަށް ޝުކުރުވެރިވާ ބައަކު ކަމުގައިވާށެވެ!  

ﷲ ތަޢާލާ ޙަލާލް ކުރެއްވެވި ތަކެތި ހަލާލް ގޮތުގައި ހޯދައިގެން ކެއުމަކީ އަބަދުވެސް ކުރަން ޖެހޭނެ ކަމެކެވެ. ޙަލާލު ތަކެތި ޙަލާލު ގޮތުގައި ހޯދައިގެން ނުކާނަމަ އެމީހަކު ކުރާ އަޅުކަމުގައި މައްސަލަ ހުންނާނެތީއެވެ. އެއީ ތައުބާވާންޖެހޭ ބޮޑު ފާފައަކަށްވާތީއެވެ. ދުޢާ އިޖާބަ ނުކުރައްވަވާނެތީއެވެ.  

މަސައްކަތް މިކުރަނީ ފަރުޟް ރޯދަތަކުގެ އިތުރަށް ސުންނަތް ރޯދަތައްވެސް ހިފައި ވީހައި ގިނައިން އަޅުކަން ކުރުމަށެވެ. ބޭނުމަކީ ތިމާއަކީ ކުރެވިފައިވާ ފާފަތަކުން ސަލާމަތްވެވި ފާފަ ފުހެވިފައިވާ މީހަކު ކަމުގައި ވުމަށެވެ. ފާފަ ނުފޮހެވޭ އަބާއްޖަވެރިންގެތެރޭގައި ނުވުމަށެވެ. އެހެންކަމަށްވާނަމަ ފުރަތަމަ ކަމެއްގެ ގޮތުންވެސް އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނީ ތިމާ ކައިބޮއި ހަދާތަކެއްޗަކީ ﷲ ތަޢާލާ ޙަލާލު ކުރެއްވެވި އަދި ޙަލާލު ކުރައްވަވާފައިވާ ގޮތުގައި ހޯދާފައިވާ ތަކެތި ކަމުގައި ހެދުމަށެވެ.

އެހެން ނޫންނަމަ ރޯދަ ހިފުމާއި އަޅުކަން ކުރުމުގެ ވެސް އެއްވެސް ބޭނުމެއް ނެތް ކަމަށް ބުނެވިދާނެއެވެ. ދުޢާ ކުރުމުގެ އެއްވެސް ބޭނުމެއް ޢަމްދުން ނެތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން